ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެންފުޅި ރާއްޖޭގައި ވިއްކުން މަނާކުރުން އަންނަ އަހަރަށް ފަސްކޮށްފި އެވެ.
01 ޑިސެމްބަރ 2023
ސިންގަލް ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ތެރެއިން އެއް ލީޓަރާއި އެއަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ފެންފުޅި ރާއްޖޭގައި ވިއްކުން މަނާކުރުން އަންނަ އަހަރަށް ފަސްކޮށްފި އެވެ.
ކުރީގެ ސަރުކާރުގެ ސިޔާސަތުގެ ދަށުން، އެންވަޔަަރަމަންޓް މިނިސްޓްރީން ކުރިން އިއުލާންކޮށްފައިވާ ގޮތުގައި އެއް ލީޓަރަށް ވުރެ ކުދި ފްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އުފެއްދުމާއި ރާއްޖެ އެތެރެކުރުން މިއަދުން ފެށިގެން މަނާ ވާނެ އެވެ. އަދި އަންނަ މާޗް މަހުން ފެށިގެން އެ ފެން ބާޒާރަށް ނެރުން ވެސް މަނާވާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.
ނަމަވެސް މި ސަރުކާރުގައި ތާރީހް ބަދަލުކުރަން ނިންމައި ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރުގައި ވަނީ އަންނަ އަހަރަށް ފަސްކުރައްވައިފަ އެވެ.
އެ ގަރާރުގައި ބުނެފައިވާ ގޮތުގައި، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، އެތެރެކުރުމާއި އުފެއްދުން މަނާކުރާ މުއްދަތު އަންނަ އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ވަނީ ފަސްކޮށްފަ އެވެ.
އަދި އެ ތަކެތި ބާޒާރަށް ނެރުން މަނާކުރާ ތާރީހު ވަނީ އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ފަސްކޮށްފައި ކަމަށް ވެސް އެ ގަރާރުގައިވެ އެވެ.
ރާއްޖެ އަށް އެތެރެކުރުމާއި އުފެއްދުމާއި ބާޒާރަށް ނެރުން މަނާ، އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓެއް އެކުލަވާލީ މިދިޔަ ސަރުކާރުގަ އެވެ. އޭގެ ދަށުން އެކި ތާރީހުތަކަށް ބަހާލައިގެން ސަރުކާރުން އައީ އެ ތަކެތި މަނާކުރަމުންނެވެ.
އަންނަ މަހުން ފަށައިގެން ކުދި ޕްލާސްޓިކް ފެންފުޅި މަނާ
ދެ ރަށެއްގައި ނަރުދަމާ އާއި ފެނުގެ ނިޒާމު ގާއިމުކުރަނީ
ފެނާއި ނަރުދަމާގެ ނިޒާމް ހަރުދަނާކުރަން ގާނޫނެއް ހަދަނީ
ތިމާވެށީގެ ޖޫރިމަނާތައް ނުދައްކާ ވިޔަފާރިތައް ހުއްޓުވަނީ
ދެ މިނިސްޓްރީ ރަނގަޅަށް ބެލެހެއްޓޭނެ: ތޯރިގް
އުޅަނދުތަކުގެ ބުރަފަތީގައި ގާޑު އެޅުވުން މަޖުބޫރުކޮށްފި
ފެހުރިހި ބަލަންދާ ޓޫރިސްޓުންގެ ސަލާމަތަށް ހާއްސަ ކަމެއް
ތިމާވެށީގެ ޖޫރިމަނާތަކުން 825 މިލިއަން ރުފިޔާ ނުލިބޭ
މޫސުމީ އިންޒާރުގެ މެސެޖް ފޯނަށް ލިބޭނެ ގޮތް ހަދަނީ
ލަނޑުދަނޑިތަކަށް ދެމެހެއްޓެނެވި ގޮތެއްގައި އެހީދޭންޖެހޭ