ސްކޫލުތަކުގެ ހުރިހާ ކަމެއް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމުގެ ބަދަލުގައި ޕްރިންސިޕަލުންނަށް ބާރުތައް ދޫކޮށްލައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
04 ޑިސެމްބަރ 2023
ސްކޫލުތަކުގެ ހުރިހާ ކަމެއް އެޑިއުކޭޝަން މިނިސްޓްރީން ނިންމުމުގެ ބަދަލުގައި ޕްރިންސިޕަލުންނަށް ބާރުތައް ދޫކޮށްލައްވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.
މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު، މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ ސްކޫލުގެ ހޯލުތައް ދިނުމާއި އެ ނޫން ކަންކަމަށް ފުރިހަމަ އުސޫލުތައް އޮންނަ ކަމަށެވެ. ނަމަވެސް، ކަންތައް ކުރާނެ ގޮތް ހަމަޖައްސާފައި ހުއްޓަސް އެ ބަޔަކަށް ހޯލު ކުއްޔަށް ދިނުމުގެ ހުއްދައަށް އެދި ސްކޫލުތަކުން މިނިސްޓްރީ އަށް ސިޓީ ފޮނުވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ، އޭނާގެ ވިސްނުމަކީ ސްކޫލު ހިންގުމުގެ އެންމެ ރަނގަޅު ނިޒާމަށް ބަހާއި އަމަލުން ވެސް ދިއުން ކަމަށެވެ. އޭގެ ތެރެއިން، ކަންކަމުގެ ބާރުތައް ޕްރިންސިޕަލުންގެ އަތަށް ދޫކޮށްލާނެ ކަމަށް ވިދާޅުވި އެވެ.
އަތޮޅުތެރޭގެ ހުރިހާ ސަރުކާރު ސްކޫލުތަކުގެ އިސްވެރީންނާ މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީޢު ވަނީ މިއަދު ވަރޗުއަލްކޮށް ބައްދަލުކުރައްވާފައި. pic.twitter.com/rQlvbb4RJN
— Ministry of Education (@MoEdumv) November 20, 2023
"އަޅުގަނޑުގެ ވާހަކައަކީ އެފަދަ ބާރުތައް އަޅުގަނޑު ދޫކޮށްލާނަމޭ ޕްރިންސިޕަލުންނަށް. މިނިސްޓްރީގެ ތެރެއަށް އެ ކަހަލަ ސިމްޕަލް ކަންކަމުގައި މިނިސްޓްރީއަށް އައިސްގެން ނުވާނެއޭ. އެ ބޭފުޅުންގެ ޑިސްކްރީޝަނަށް ދޫކޮށްލާނެ ކަންތައްތަކޭ. ސްކޫލުގެ ތެރެއިން ނިންމަން ޖެހޭ ނިންމުންތައް ނިންމުމުގެ ބާރުތައް ދާނީ އިރާދަކުރެއްވިއްޔާ ސިސްޓަމެޓިކަލީ އެ ބޭފުޅުންނަށް ދޫކޮށްލަމުންނޭ. އަދި ސްކޫލުތަކުގެ ކެޕޭސިޓީއާ ކަންކަމަށް ރިއާޔަތްކުރުމަށްފަހު." މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން އިންޓަވިއުގައި މިނިސްޓަރު ވިދާޅުވި އެވެ.
ބައެއް ޖަމިއްޔާތަކުން ދީނީ ދަރުސްތައް ދިނުމާއި ދީނީ ހަރަކާތްތަކަށް ސްކޫލު ހޯލު ހޯދަން އެދެ އެވެ. އޭގެ އިތުރުން ސިޔާސީ ބައެއް ޕާޓީތަކުގެ ބައްދަލުވުންތަކަށް ވެސް ހޯލު ހޯދަން ސްކޫލަށް ހުށަހަޅަ އެވެ.
އެކަމަކު، އެ ތަންތަން ކުއްޔަށް ދިނުމުގައި މިނިސްޓްރީގެ އިއުތިރާޒެއް ނެތްތޯ ބަލަން ހުށަހެޅުމުން، އެ ފަރާތްތަކަށް ހޯލު ދިނުން ހުއްޓުވާފައި ވެސް މީގެ ކުރިން އެބަހުއްޓެވެ.
ޔުނިފޯމު 2027ގައި ބަދަލުވާ ގޮތުގެ ނަމޫނާ ފޮނުވައިފި
ސްކޫލު ރަސްމީ ޔުނީފޯމް 2027އިން ފެށިގެން ބަދަލުވަނީ
ވޮކޭޝަނަލް ތަމްރީނަށް ހާއްސަ ސްކޫލު ހުޅުވައިފި
އެތެރޭގެ ތަހުގީގުން ސާބިތުވާ ނަމަ ޓީޗަރުން ވަކިކުރެވޭނެ
އޭއައިއިން ކިޔަވައިދޭން ޓީޗަރުން ތަމްރީނުކުރަނީ
މި އަހަރުގެ ޕްރިންސިޕަލުންގެ ކޮންފަރެންސް ފަށައިފި
ދިރާސީ އަހަރު ދަރިވަރުން ނުކުންނާނީ އޭސީ ކްލާސްތަކަށް
"އެޗްއެސްސީ ޕޭޕަރުގެ ދޭހަ އެއްގޮތްވީ އިއްތިފާގަކުން"
ޔޫތު ޕްރޮގްރާމަށް 11 ސްކޫލެއްގެ ދަރިވަރުން ޗައިނާއަށް
ހުޅުމާލެ 2 ގެ އާ ސްކޫލްގެ ޖާގަ ހުޅުވާލައިފި