ސޮނީ ޓީވީން ގެނެސްދިން، ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލުވި ކްރައިމް ސީރީޒެއް ކަމަށްވާ "ސީއައިޑީ"ގައި ފްރެޑްރިކްސްގެ ރޯލު ކުޅުނު އެކްޓަރު ދިނޭޝް ފަންޑްނީސް އަށް ހާޓް އެޓޭކެއް ޖެހިއްޖެ އެވެ.
ސޮނީ ޓީވީން ގެނެސްދިން، ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލުވި ކްރައިމް ސީރީޒެއް ކަމަށްވާ "ސީއައިޑީ"ގައި ފްރެޑްރިކްސްގެ ރޯލު ކުޅުނު އެކްޓަރު ދިނޭޝް ފަންޑްނީސް އަށް ހާޓް އެޓޭކެއް ޖެހިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، ދިނޭޝް އަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާދޭން ފެށީ މިދިޔަ ހުކުރު ދުވަހު އެވެ. އަދި މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން އޭނާގެ ހާލު ވަރަށް ބޮޑަށް ގޯސްވެ މިހާރު އޮތީ ވެންޓިލޭޓަރުގައި ކަމަށް ވެސް ރިޕޯޓްތައް ބުންޏެވެ.
އުމުރުން 57 އަހަރުގެ ދިނޭޝް އަށް ފަރުވާދެމުން އަންނަނީ ބޮންބޭގެ ޓުންގާ ހޮސްޕިޓަލުގަ އެވެ.
ދިނޭޝް އެޑްމިޓްކުރުމުން "ސީއައިޑީ"ގައި އޭނާއާ އެކު މަސައްކަތްކުރި ބައެއް ކޯ-ސްޓާރުންނާއި ކްރޫގެ ބައެއް މީހުން ވެސް ހޮސްޕިޓަލަށް ދިޔަ ކަމަށް ރިޕޯޓްތައް ބުންޏެވެ.
ދިނޭޝްގެ ހާލު ގޯސްވިކަން އެނގުމުން ސޯޝަލް މީޑިއާގައި "ސީއައިޑީ"ގެ ފޭނުންނާއި އާންމުންގެ ގިނަ ބަޔަކު އަންނަނީ އޭނާ އަށް އަވަސް ޝިފާއެއް ލިބުމަށް އެދި މެސެޖުތައް ފޮނުވަމުންނެވެ.
"ސީއައިޑީ" ގެނެސްދޭން ފެށީ 1998 ވަނަ އަހަރުގަ އެވެ. ދިނޭޝް ވަނީ އެ ސީރީޒް ފެށުނީއްސުރެ ފްރެޑްރިކްގެ ރޯލު ކުޅެފަ އެވެ. އެ ސީރީޒް އެއްކޮށް ނިންމާލީ 1،500 އަށް ވުރެ ގިނަ އެޕިސޯޑް ގެނެސްދިނުމަށް ފަހު 2018 ވަނަ އަހަރުގަ އެވެ.
ފޮތްކިޔާ އައިނު ދޫކޮށްލެވޭ ވަރުގެ ބޭހަކަށް ހުއްދަދީފި
ބެންގަލޫރުގެ ދެ ހޮސްޕިޓަލަކަށް އާސަންދަ މެދުކަނޑާލައިފި
ކެރެލާގައި ފެތުރޭ ބައްޔަށް ދިވެހިން ސަމާލުވާން އެދިއްޖެ
މަނިޕާލް ހޮސްޕިޓަލަށް އާސަންދަ ދިނުން މެދުކަނޑާލައިފި
ސޮނީ އިންޑިއާ އާއި ޒީގެ ވަރުގަދަ ޕާޓްނާޝިޕް ރޫޅާލަނީ
އިންޑިއާއިން ބޭސް ކުންފުނިތަކުގެ ގަވައިދު ހަރުކަށިކޮށްފި
ދެކުނު އިންޑިއާގައި ކޮވިޑްގެ އާ ވޭރިއަންޓް ފެތުރެނީ
ފައިލޭރިއާ އަށް މިހާތަނަށް 452 މީހަކު ޓެސްޓުކޮށްފި
ފައިލޭރިއާ ޖެހިފައިވާ ބިދޭސީއަކު ހުޅުމާލެ އިން ފެނިއްޖެ
ނިޕާ ވައިރަސް ފެތުރޭތީ އިންޑިއާގެ ކެރަލާ ބަންދުކޮށްފި