ފެނަކައިގެ އެއްވެސް މުވައްޒަފަކު އަދި ވަކިނުކުރާ ކަމަށާއި ނަމަވެސް ކުރާނެ މަސައްކަތެއް ނެތް "ކޮންޓްރެކްޓް ސްޓާފުން" ގެ މުއްދަތު ހަމަވުމުން، އެފަދަ މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރައްވާނެ ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
05 ޑިސެމްބަރ 2023
ފެނަކައިގެ އެއްވެސް މުވައްޒަފަކު އަދި ވަކިނުކުރާ ކަމަށާއި ނަމަވެސް ކުރާނެ މަސައްކަތެއް ނެތް "ކޮންޓްރެކްޓް ސްޓާފުން" ގެ މުއްދަތު ހަމަވުމުން، އެފަދަ މުވައްޒަފުންގެ އެއްބަސްވުން އާ ނުކުރައްވާނެ ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
"މިހާރު" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ކޮންޓްރެކްޓްގެ މުއްދަތު ހަމަވާއިރު، އެ ސައިޓެއްގައި ކުރާނެ މަސައްކަތެއް ނެތް ނަމަ އެ މުވައްޒަފެއްގެ ކޮންޓްރެކްޓް މުއްދަތު އިތުރު ނުކުރާ ކަމަށެވެ.
"މިސާލަކަށް އިންޖީނުގެއެއް އަޅަން ނަގާފައި ހުރި މީހެއް. އެ ތަނުގެ ކޮންޓްރީޓް މަސައްކަތަށް ނަގާފައި ހުރި ސްޓާފަކު، ކޮންކްރީޓް މަސައްކަތް ނިމިފައިވާ ކަމުގައިވާ ނަމަ އެ ކޮންޓްރެކްޓެއް އާ ނުކުރާނެ. އެކަން [ކޮންޓްރެކްޓް މުއްދަތު އާ ނުކުރަނީ] ކުރަނީ ޓެކްނިކަލް މުވައްޒަފުން ލަފާ ދެއްވާ ގޮތަށް،" އޭނާ ވިދާޅުވި އެވެ.
ފެނަކަ ކުންފުނީގައި ވަކި މަސައްކަތަކަށް ހާއްސަ ކޮށްގެން "ކޮންޓްރެކްޓް ސްޓާފުން" ގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ 2،000 މީހުން ނަގައިފަ އެވެ. އޭގެ ތެރެއިން 1،800 މީހުން ނަގާފައި ހުރީ ކުދިކުދި ޕްރޮޖެކްޓްތަކަށް ކަމަށް މުއާޒު ވިދާޅުވި އެވެ.
ފެނަކައަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެންމެ ގިނަ މުވައްޒަފުން ތިބި ކުންފުންޏެވެ. އެ ކުންފުނީގައި 7،300 މުވައްޒަފުން އެބަ ތިއްބެވެ. މިއީ އެ ކުންފުންޏަށް ބޭނުންވާ ވަރަށް ވުރެ މާ ގިނަ އަދަދެއް ކަމަށް ކުރިން މުއާޒު ވިދާޅުވެފައި ވެ އެވެ.
ފެނަކައިގެ މުވައްޒަފުން ވަކިކުރާ ކަމަށް ވިދާޅުވެ، ފުވައްމުލަކު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހުސައިން މުހައްމަދު ދީދީ ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލައެއް ވެސް ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ ބަލައިގަނެ މިހާރު އަންނަނީ ބަހުސް ކުރަމުންނެވެ
މުވައްޒަފުން ޗުއްޓީ ނެގުމުން ދޭ އެލަވަންސް ހުއްޓާލައިފި
"ވަޒީފާގެ ކޮންޓްރެކްޓް އާނުކުރީ މަސައްކަތް ހުއްޓުމުން"
ފެނަކައިގެ އާ އެމްޑީއަކަށް ނަޖާހު އައްޔަންކޮށްފި
ފެނަކައިގެ އެމްޑީ މުއާޒު އިސްތިއުފާ ދެއްވައިފި
ފެނަކައިގެ ދަރަނިން 900 މިލިއަން ރުފިޔާ ދައްކައިފި
ފެނަކަ އިނދަޖެހިފައި، މުސާރަ ވެސް ދެވޭ ވަރެއް ނޫން!
އައްޑޫގެ އާ އިންޖީނުގެ އަޅަން ބިން ހަމަޖައްސަނީ
ފެނަކައިގެ ހަރަދުތައް 60 ޕަސެންޓް ކުޑަކޮށްފި
ފެނަކައިން މިހާތަނަށް 800 މިލިއަން ރުފިޔާ ދައްކައިފި
ސްމާޓް މީޓަރުން ކަރަންޓު އިގްތިސާދުކުރެވޭނެ: މުއާޒް