24 ސެޕްޓެމްބަރ 2024
މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހު ފެނަކައިގެ ހަރަދު 60 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ފުރަތަމަ 8 މަސް ދުވަހު ފެނަކައިގެ ހަރަދު 60 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މުއާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ފެނަކައިން ބޭއްވި މީޑިއާ ބްރީފިންއެއްގައި އޭނާ ވިދާޅުވީ، ހަރަދު އެންމެ ބޮޑަށް ކުޑަ ކުރެވުނީ، ސީއެސްއާރާއި ދަތުރުފަތުރުގެ ހަރަދު ކަމަށެވެ.
މުއާޒް ވިދާޅުވީ، މިދިޔަ އަހަރުގެ އެ މުއްދަތުގައި ކުރީގެ ސަރުކާރުގެ ދުވަސްވަރު ސީއެސްއާރަށް 9.4 މިލިއަން ރުފިޔާ ހަރަދުކުރި ނަމަވެސް އިރު މި އަހަރު ހޭދަކުރީ 174،000 ރުފިޔާ ކަމަށެވެ. އެއީ 98 ޕަސެންޓުގެ ދަށްވުމެކެވެ.
މުއާޒް ވިދާޅުވީ، ދަތުރުތައް ކުރުމުގެ ހަރަދުތައް ވެސް 84 ޕަސެންޓަށް ކުޑަކޮށްފައިވާ ކަމަށެވެ. އެކަން ކުރީ ދަތުރުތަކަށް ދޯނި ކުއްޔަށް ނެގުމުގެ ބަދަލުގައި ފެނަކައިގެ ދަތުރުތަކަށް ހާއްސަ ދޯންޏެއް ހޯދައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެވްރެޖުކޮށް މިދިޔަ ފަސް އަހަރުގެ ތެރޭގައި 85 މިލިއަން ރުފިޔާ ކޮންމެ އަހަރަކު ހަރަދު ކުރެވިގެން ގޮސްފައިވޭ. ދެހާސް ތޭވީސް ވަނަ އަހަރު އެބައޮތް މި މުއްދަތުގެ ތެރޭގައި 74 މިލިއަން ރުފިޔާ ހޭދަކޮށްފައި،" އެމްޑީ ވިދާޅުވި އެވެ.
މުއާޒް ވިދާޅުވީ، 150 ރަށަކަށް އާންމުކޮށް ވަރަށް ގިނަ މުދާތައް ގެންދަން ޖެހޭ ކަމަށާއި އެހެންވުމުން، ޓްރާންސްޕޯޓުގެ ހަރަދު ވަރަށް ބޮޑުވާ ކަމަށެވެ. އެކަމަކު، މިހާރު އެކަން ކުރަނީ އޭނާ ވިދާޅުވި ގޮތުގައި ދޯންޏެއް ކުއްޔަށް ނަގައިގެންނެވެ.
"މި ދޯނި ނެގުމުގެ ސަބަބުން އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ހަރަދު ކުޑަ ކުރެވިގެން ގޮސްފައި. ކުރިން ކޮންމެ ދަތުރަކަށް ފަސް ލައްކައެއްހާ ރުފިޔާ ހޭދަވޭ. މަހެއްގެ ތެރޭގައި ހަތަރު ފަސް ދަތުރު ވެސް ކުރަން ޖެހިދާނެ،" އޭނާ ވިދާޅުވި އެވެ.
ފެނަކަ އިން ވަނީ ބޭރަށް ކުރާ ދަތުރުތަކަށް ކުރި ހޭދަ 70 ޕަސެންޓަށް ކުޑަ ކޮށްފަ އެވެ. ކެއުމާއި އެކޮމޮޑޭޝަނާއި ރަށުން ބޭރުގެ އެލަވަންސާއި އޯޓީ އަށް ކުރި ހޭދަ ވެސް ވަނީ 22 ޕަސެންޓަށް ދަށްކޮށްފަ އެވެ. މި އަހަރު އެފަދަ އެލަވަންސްތަކަށް 42 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. އެކަމަކު، މިދިޔަ އަހަރުގެ ފުރަތަމަ 8 މަހު އެލަވަންސްތަކަށް ވަނީ 54 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.
މުއާޒް ވިދާޅުވީ، އެމްޑީގެ ދަތުރުތަކުގައި ޕެޓީ ކޭޝް އިން ކުރާ ހޭދަ ވެސް 96 ޕަސެންޓަށް މިހާރު ކުޑަ ކޮށްފައިވާ ކަމަށެވެ. އަދި ޖުމްލަކޮށް ޕެޓީ ކޭޝް އަށް ކުރާ ހޭދަ އާއި އިވެންޓްތައް ބޭއްވުމަށް ކުރާ ހޭދަތައް ވެސް ވަނީ ކުޑަކޮށްފަ އެވެ.
އައްޑޫގެ އާ އިންޖީނުގެ އަޅަން ބިން ހަމަޖައްސަނީ
މުވައްޒަފުން ޗުއްޓީ ނެގުމުން ދޭ އެލަވަންސް ހުއްޓާލައިފި
ފެނަކައިން މިހާތަނަށް 800 މިލިއަން ރުފިޔާ ދައްކައިފި
ސްމާޓް މީޓަރުން ކަރަންޓު އިގްތިސާދުކުރެވޭނެ: މުއާޒް
ކުޑަހުވަދޫގައި ސްމާޓް މީޓަރުތައް ބޭނުންކުރަން ފަށައިފި
އުސޫލު ބަދަލުކުރީ ބޯޑުގެ ބައިވެރިވުން އިތުރުކުރަން
ފެނަކައިން އައިސް ޕްލާންޓްތައް ހިންގުން ހުއްޓާލައިފި
ހަރަދުކުޑަކޮށް، ދެ ކުއާޓަރުގައި ވެސް ފެނަކައަށް ފައިދާ
144 ރަށެއްގެ މަގުބައްތި ހުރީ މިންގަނޑާ ހިލާފަށް
ކޮންޓްރެކްޓަރުންނަށް 300 މިލިއަން ދީފިން: ފެނަކަ