Roadha Mihaaru
އަރަބިއްޔާ ކުދިންގެ ރައްކާތެރިކަން ކަށަވަރު: މިނިސްޓްރީ

އަރަބިއްޔާ ކުދިން ތިބީ ރައްކާތެރި މާހައުލެއްގައިކަން ވަނީ ކަށަވަރު ކޮށްފައި: ސޯޝަލް އެންޑް ފެމިލީ މިނިސްޓްރީ

05 ޑިސެމްބަރ 2023

އަރަބިއްޔާ ސްކޫލްގެ ޓީޗަރެެއް ކަމަށްވާ ޝައިހް ޒަމްޒަމް ފާރިޝް އެ ސްކޫލްގެ ކުދިންތަކަކަށް ފުރައްސާރަކުރި ކަމަށް ތުހުމަތުކުރާ މައްސަލަ ބަލަމުން އަންނަ ކަމަށާއި ދަރިވަރުންގެ ރައްކާތެރިކަން ވާނީ ކަށަވަރުކޮށްފައި ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

އަރަބިއްޔާ ސްކޫލްގެ ޓީޗަރެެއް ކަމަށްވާ ޝައިހް ޒަމްޒަމް ފާރިޝް އެ ސްކޫލްގެ ކުދިންތަކަކަށް ފުރައްސާރަކުރި ކަމަށް ތުހުމަތުކުރާ މައްސަލަ ބަލަމުން އަންނަ ކަމަށާއި ދަރިވަރުންގެ ރައްކާތެރިކަން ވާނީ ކަށަވަރުކޮށްފައި ކަމަށް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މިދިޔަ މަހުގެ 8 ގައި ފުލުހުންނާއި އެ މިނިސްޓްރީ އަށް މައްސަލަ ހުށަހަޅައި އެކަމާ ބެހޭ ގޮތުން ފުލުހުން އެޑިއުކޭޝަން މިނިސްޓްރީ އަށް ރިޕޯޓެއް ފޮނުވި ނަމަވެސް އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވެސް ދައުރު ނިންމަވާލެއްވީ އެކަމުގައި ޒަމްޒަމްއާ މެދު އެއްވެސް ފިޔަވަޅެއް ނާޅުއްވަ އެވެ.

އެ މައްސަލައިގައި ކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އަރަބިއްޔާގެ ޓީޗަރެއްގެ މައްސަލަ އެ މިނިސްޓްރީ އަށް ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

"އަރަބިއްޔާ ސްކޫލް ޓިޗަރެއްގެ މައްސަލަ މި ސާވިސް އަށް ހުށަހެޅިފައިވޭ. އަދި ކުދިންގެ ރައްކާތެރިކަން މި ސާވިސް އިން ވަނީ ކަށަވަރުކޮށްފައި،" މިނިސްޓްރީން ބުންޏެވެ.

ނަމަވެސް އެއީ ތަހުގީގު ކުރަމުން އަންނަ މައްސަލައަކަށް ވާތީ އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

އެ މައްސަލައަށް މަހެއް ވާން ކައިރިވެފައި ވާއިރު ވެސް އެއްވެސް ފިޔަވަޅެއް ނާޅާތީ ސުވާލުކުރުމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ ހަފުތާގައި ވިދާޅުވީ ފިޔަވަޅު އަޅާނީ ލިބޭ އިތުރު މައުލޫމާތަށް ބެލުމަށް ފަހު ކަމަށެވެ.

ޖިންސީ ފުރައްސާރައިގެ ތުހުމަތުތަކަށް ޒަމްޒަމް ފާރިޝް ވަނީ އިންކާރު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ތުހުމަތު ކުރަނީ ފްރޭމްކުރަން ކަމަށެވެ.

ޒަމްޒަމް ފާރިޝް ވިދާޅުވީ މިއީ ސީރިއަސް ތުހުމަތަކަށް ވިޔަސް މިފަދަ މައްސަލަތަކުގައި މީގެ ކުރިން އަވަސް ފިޔަވަޅު އަޅާ ގޮތަށް މިހާތަނަށް އެއްވެސް އިދާރާއަކުން އޭނާއާ އެއްވެސް ސުވާލެއް ނުކުރާ ކަމަށެވެ.