Roadha Mihaaru
އައްޑޫ މާރާމާރީ: ހަތިޔާރުތަކެއް ހޯދައިފި

އައްޑޫ މާރާމާރީ: ހަމަލާ ދޭން ތައްޔާރުކޮށްފައި ހުރި ހަތިޔާރު ހޯދައިފި

06 ޑިސެމްބަރ 2023

އައްޑޫގައި ގޭންގް މާރާމާރީތަކާ ގުޅިގެން ފުލުހުންގެ ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން، މާރާމާރީ ހިންގަން ތައްޔާރު ކޮށްފައިހުރި ހަތިޔާރުތަކެއް ފުލުހުން ހޯދައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އައްޑޫގައި ގޭންގް މާރާމާރީތަކާ ގުޅިގެން ފުލުހުންގެ ހިންގަމުންދާ އޮޕަރޭޝަންގެ ތެރެއިން، މާރާމާރީ ހިންގަން ތައްޔާރު ކޮށްފައިހުރި ހަތިޔާރުތަކެއް ފުލުހުން ހޯދައިފި އެވެ.

އައްޑޫ ޕޮލިސް ސްޓޭޝަނުން ފޭސްބުކްގައި ކުރި ޕޯސްޓުގައި ބުނީ ގޭންގް މާރާމާރީތައް ހުއްޓުވަން އައްޑޫގެ ޕޮލިސް ސްޓޭޝަންތަކާއި ސައުތު ޕޮލިސްގެ ސީރިއަސް ކްރައިމް ސެލް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުން ގުޅިގެން އައްޑޫގައި ހާއްސަ މަސައްކަތްތަކެއް ކުރިއަށް ގެންދާ ކަމަށެވެ.

އެ މަސައްކަތުގައި މިހާތަނަށް 10 މީހަކު ހައްޔަރު ކޮށްފައިވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ވާއިރު، ދެން ތިބި މީހުންގެ ބަންދަށް އެކި މުއްދަތުތައް ކޯޓުން އިތުރު ކޮށްފައިވެ އެވެ.

ފުލުހުން ބުނީ މާރާމާރީ ހިންގަން ތައްޔާރު ކޮށްފައި ހުރި ކަމަށް ބެލެވޭ ތޫނު ހަތިޔާރާއި އެހެނިހެން އާލަތްތައް ހޯދާފައިވާ ކަމަށެވެ.

އައްޑޫގައި މާރާމާރީތައް ފެށުނީ ފާރެއްގައި ކުރަހާފައި ހުރި ގްރެފިޓީތަކެއްގެ މައްޗަށް އެހެން ގޭންގެއްގެ ބަޔަކު މިދިޔަ މަހުގެ ގްރެފިޓީތަކެއް ޖެހުމުންނެވެ. އެކަމާ ގުޅިގެން ހިތްހަމަނުޖެހުންތައް ބޮޑުވެ، އެކަން އެންމެ ފަހުން ޒުވާބަކަށް ބަދަލުވެ، ގޭންގް ހަމަނުޖެހުމަކަށް ބަދަލުވެ، އެކަކަށް ހަމަލާ ދިނެވެ.

އެކަމުގެ ބަދަލު ހިފުމުގެ ހަމަލާއެއް މިދިޔަ އާދިއްތަ ދުވަހު ދިނެވެ.

މި މާރާމާރީތަކުގައި ދެ މީހަކަށް އަނިޔާވި އެވެ. ފުރަތަމަ މާރާމާރީގައި ހާލު ސީރިއަސްވި މީހާ ވަނީ މިދިޔަ ހަފުތާގައި މާލެ ގެނެސްފަ އެވެ.