ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، ހިޔާ ފްލެޓްގެ ފިނިޝިންއަށް ކުރި ހަރަދުގެ ބަދަލު ދިނުމުގެ ގޮތުން ދޭ 200،000ރ. ހަމަކުރަނީ ޖުމްލަ ކުލިން އިތުރު 100،000ރ. މާފުކޮށްދީގެން ކަމަށް އާބަންކޯގެ އާ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
06 ޑިސެމްބަރ 2023
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް، ހިޔާ ފްލެޓްގެ ފިނިޝިންއަށް ކުރި ހަރަދުގެ ބަދަލު ދިނުމުގެ ގޮތުން ދޭ 200،000ރ. ހަމަކުރަނީ ޖުމްލަ ކުލިން އިތުރު 100،000ރ. މާފުކޮށްދީގެން ކަމަށް އާބަންކޯގެ އާ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްގެ ކުއްޔަށް ގެނައި ބަދަލާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އާބަންކޯ އިން މިއަދު ހަވީރު ބޭއްވި ޕްރެސް ކޮންފަރެންސްގައި ފަޒުލް ވިދާޅުވީ ރައީސް އިއްޔެ އިއުލާން ކުރެއްވި ގޮތަށް ކުލި ދައްކަން ފަށަން ޖެހޭނީ އަންނަ މަހުން ފަށައިގެން ކަމަށެވެ.
ރައީސް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ފިނިޝިން އަށް، ފްލެޓް ލިބުނު މީހުން ކުރި ހަރަދުން 200،000ރ. އުނިކުރުމަށް އެތަނުގެ ކުލި ހަތް އަހަރަށް ކުޑަކުރަން ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެގޮތަށް ހަމަޖެއްސުމުން ކުރިއަށް އޮތް ހަތް އަހަރު ހިޔާ ފްލެޓްގެ މަހު ކުއްޔަށް ދައްކަން ޖެހޭނީ 3،984ރ. ކަމަށް ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ކަނޑައެޅި މި ލުޔާ އެކު ހިޔާ ފްލެޓްގެ ޖުމްލަ ކުލިން އުނިވަނީ 110،000ރ. އެވެ.
ހިޔާ ފްލެޓާއި ވިނަރެސް ފްލެޓްގެ ކުއްޔަށް ގެނައި ބަދަލާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް އާބަންކޯ އިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކުންފުނީގެ އެމްޑީ ފަޒުލް ވާހަކަދައްކަވަނީ --- މިހާރު ފޮޓޯ/ފަޔާޒް މޫސާ
ފަޒުލް މިއަދު ވިދާޅުވި ގޮތުގައި މި ބަދަލާ އެކު ކުރިން ޖުމްލަ ކުލި ދައްކަން ޖެހޭ މުއްދަތު 27 އަހަރުން 26 އަހަރާއި ތިން މަސްދުވަހަށް ކުޑަވެއްޖެ އެވެ. އަދި ބަދަލުގެ ގޮތުގައި ދޭން ނިންމާފައިވާ އެވްރެޖް އަގު ކަމަށްވާ 200،000ރ. ހަމަކުރުމަށްޓަކާ ކުލިން 100،000ރ. މާފުކޮށްދިނުމުން ޖުމްލަ 220،000ރ. ކުލިން ކެނޑޭނެ އެވެ.
"ތިބޭފުޅުންނަށް އެންމެ ބޮޑަށް ސުވާލު އުފެދޭ އެއް ކަމަކީ މި އަދަދު [200،000ރ.] ހަމައެއް ނުވެއޭ. އެއް ލައްކަ ރުފިޔާއެއްގެ ވާހަކަ އެބަ ދެކެވޭ އެކި ދިމަދިމާލުގައި. އެ އެއް ލައްކަ ރުފިޔާ އަކީ މިއަދުން ފެށިގެން ހަމަ މާފުވެގެން އަންނަ އަދަދެއް. އެހެންވީމަ ހަތް އަހަރު ދުވަހަށް މި ބަހާލެވެނީ އޭގެ ވަކި އަދަދެއް. އެއްލައްކަ ކޮންމެސް އެއްޗެއް، އެ އެއް ލައްކަ ރުފިޔާ މި ބަހާލެވެނީ ހަތް އަހަރު ދުވަހަށް،" ފަޒުލް ވިދާޅުވި އެވެ.
ފަޒުލް ވިދާޅުވީ ހިޔާ ފްލެޓްގެ މަހު ކުއްޔަށް 3،984ރ. ކަނޑައަޅާފައި ވަނީ މެއިންޓަނަންސް ފީ އަށް މަހަކު ދައްކަން ޖެހޭ 1،000ރ. ނުހިމަނާ ކަމަށެވެ.
އޭނާ ވިދާޅުވީ ސަރުކާރުން މި ގެނެސްދިން ބޮޑު ލުޔާ އެކު ހިޔާ ފްލެޓްގައި ދިރިއުޅޭ ހުރިހާ ފަރާތްތަތަކުން ވެސް ދެން ބަރާބަރަށް ކުލި ދައްކަމުން ގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.
ހިޔާ ފްލެޓްގައި ދިރިއުޅޭ ގިނަ ބަޔަކު ކުލި ނުދައްކާ މައްސަލަ ވަރަށް ބޮޑެވެ. އާބަންކޯ އިން އެންމެ ފަހުން ދިން މައުލޫމާތު ގައިވާ ގޮތުން ހިޔާގެ 60 ޕަސެންޓް ފްލެޓުން ކުލި ނުދައްކަ އެވެ.
ހިޔާގެ 16 ޓަވަރުގައި 6,720 ފްލެޓު ހުރެ އެވެ. އެތަނުގެ ކުލީގެ ގޮތުން އެންމެ ފުރަތަމަ ކުރީގެ ސަރުކާރުން ކަނޑައެޅީ މަހަކު 7،500ރ. އެވެ. ނަމަވެސް ކުރީ ސަރުކާރުން ވަނީ ރިޔާސީ އިންތިހާބާ ދިމާކޮށް މިދިޔަ މެއި މަހު، ހިޔާގެ ކުލި 5،300ރ. އަށް ކުޑަކޮށްދީފަ އެވެ.
ޒުހޫރުގެ ސިޓީ ލިބުނު ނަމަ ފިޔަވަޅު އަޅާނަން: ރައީސް
އެޗްޑީސީގެ އެމްޑީ ފަޒުލް އިސްތިއުފާ ދެއްވައިފި
ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓް ހަރުކުރަން ފަށައިފި
ސޯޝަލް ހައުސިން ފްލެޓްތަކުގެ ޖޫރިމަނާ މާފުކޮށްދީފި
މާލެ އިން 17 މިނިޓް: މުސްތަގުބަލުގެ ސިޓީގެ މަލަމަތި
ބިޔަ މަޝްރޫއަށް ފުށިދިއްގަރު މިއަދު ހިއްކަން ފަށަނީ
ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލުކުރި ވާހަކަ ދޮގުކޮށްފި
ވިނަރެސްގެ ބާކީ މައްސަލަ ޖެހުނު ފްލެޓްތަކުގެ ވެރިންނަށް
ހިޔާ ފްލެޓްގެ ފިނިޝިންގެ ފައިސާ ދޭ ގޮތް ބަލަނީ
ހިޔާގެ ފިނިޝިންއަށް ދިޔަ ހަރަދު ދޭނަން: މުއިއްޒު