އެހެން ބަޔަކު ޕާޓީއެއް އުފައްދަން އުޅޭތީ އެކަމާ ނުވިސްނަވާ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
07 ޑިސެމްބަރ 2023
އެހެން ބަޔަކު ޕާޓީއެއް އުފައްދަން އުޅޭތީ އެކަމާ ނުވިސްނަވާ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޗެއާޕާސަން އަދި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ޕީޕީއެމް ހިންގެވުމުގައި ކުރިން އިސްކޮށް ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ޕާޓީ ދޫކުރައްވައި އާ ސިޔާސީ ޕާޓީއެއް އުފައްދަވަން މަސައްކަތް ކުރައްވާތީ ނޫސްވެރިއަކު ސުވާލު ކުރުމުންނެވެ.
ޕީއެންސީގެ އާ އޮފީސް ހުޅުވުމަށް ފަހު، އެ ޕީއެންސީ/ޕީޕީއެމް ކޯލިޝަންގެ އިސްބޭފުޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޔާމީންގެ ޕީއެންއެފް އަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަޣުލަބިއްޔަތު ހޯދުމަށް އުނދަގުލަކަށް ވެދާނެތޯ ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީން މަސައްކަތް ކުރާނީ ޖޯޝާއި ފޯރީގައި މަޖިލީހުގެ އަޣުލަބިއްޔަތު ހޯދަން ކަމަށެވެ.
"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މިއަދުގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ރައްޔިތުން މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދަން. އެ މަސައްކަތް އަޅުގަނޑުމެން ވަރަށް ޖޯޝާއި ފޯރިއާ އެކު ވަރަށް ބާރަށް ކުރިއަށް ގެންދާނަން،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް ވިދާޅުވި އެވެ.
"ސިޔާސީ ޕާޓީ އުފައްދައި ހިންގުމަކީ އެއީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްގެއް. އެހެންވީމާ އެހެން ބަޔަކު ޕާޓީއެއް އުފައްދާތީ ނުވަތަ އެހެން ބަޔަކު ކުރިމަތިލާނެތީ އަޅުގަނޑުމެން ނުވިސްނަން. އަޅުގަނޑުމެން މި ވިސްނަނީ އަޅުގަނޑުމެންގެ ކޯލިޝަނަށް މަޖިލީހުގެ ސާފު އަޣުލަބިއްޔަތު ހޯދަން."
ރޭ ބޭއްވި ޕީޕީއެމާއި ޕީއެންސީ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަންގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ--- ފޮޓޯ: ނިޝާން އަލީ| މިހާރު
ޕީއެންއެެފް އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ޕީއެންސީ/ޕީޕީއެމްގެ މެމްބަރުންގެ އަދަދު މަދުވޭތޯ ސުވާލު ކުރުމުން އަބްދުއްރަހީމް ވިދާޅުވީ، ކޯލިޝަނުން މެމްބަރަކު ނުގެއްލޭ ކަމަށާއި މިހާރު ވެސް ކޯލިޝަނަށް މީހުން އަންނަނީ އިތުރުވަމުން ކަމަށެވެ.
މިދިޔަ މަހުގެ 17 ގައި ޕީއެންސީ ވެރިކަމަށް އައިއިރު، ޕީއެންސީގައި ތިބީ 3،022 މީހުން ކަމަށާއި މިހާރު އިލެކްޝަންސް ކޮމިޝަންސް (އީސީ) ގެ ދަފުތަރަށް ބަލާއިރު އެ އަދަދު އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެންގެ ކޯލިޝަނަކަށެއް އަދި ވަކި ޕާޓީއެއް އުފައްދައިގެން އެއަކުން އަސަރެއް ނުކުރޭ މިހާތަނަށް އައިއިރު،" އަބްދުއްރަހީމް ވިދާޅުވި އެވެ.
ރޭ ބޭއްވި ޕީޕީއެމާއި ޕީއެންސީގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވާހަކަ ދައްކަވަނީ--- ފޮޓޯ: ނިޝާން އަލީ/ މިހާރު
މަޖިލީހުގެ ސުޕަމެޖޯރިޓީ މިހާރު އޮތީ އެމްޑީޕީގައި ކަމަށާއި އާ ޕާޓީއެއް އޮތް ނަމަވެސް އިންތިހާބު ކާމިޔާބު ކުރައްވާނެ ފޯމިއުލާއަކީ ކޮބައިތޯ ސުވާލު ކުރުމުން އޭނާ ވަނީ ހަތަރު ކަމެއް ފާހަގަ ކުރައްވާފަ އެވެ.
"ފޯމިއުލާއަކީ ގަދަ އަޅައި މަސައްކަތް ކުރުން، ރައްޔިތުންނަށް އަޅުގަނޑުމެންވީ ވައުދުތައް ފުއްދަމުން ގެންދިއުން. އެ ވައުދުތައް ފުއްދާތަން ރައްޔިތުންނަށް ފެނުން، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނާ ގާތުން މަސައްކަތް ކުރުން. މި ފޯމިއުލާގައި އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ތަނަވަސް އަޣުލަބިއްޔަތެއް ނަގާނަން،" އަބްދުއްރަހީމް ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވިއިރު، ޕީއެންސީގެ އާ އޮފީސް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ގޮންޖެހުންތައް ހުއްޓަސް އެ ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ ސުޕާ މެޖޯރިޓީ ހޯދޭނެ ކަމަށް ވިދާޅުވެފަ އެވެ.
ޕީއެންސީގެ އާ އޮފީސް ގާއިމްކުރީ ސީ ޓްރެކްސް ބިލްޑިންގްގެ ހަތްވަނަ ބުރީގަ އެވެ. އެއީ ބޭންކް އޮފް މޯލްޑިވްސް ބާޒާރު ބްރާންޗު އެންމެ ފަހުން ހިންގި އިމާރާތެވެ.
ޔާމީނާއެކު ތިބީ ރަނގަޅު ކަމަށް ހެދިގެން އުޅޭ ބައެއް!
އަބްދުއްރަހީމްގެ ނުސީދާ ރައްދު ޔާމީނަށް
އަބްދުއްރަހީމްގެ ނުސީދާ ރައްދެއް ޔާމީނަށް!
ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމްގެ ރައްދު: ފަސްއެނބުރި ބެލުމެއް ނެތް!
ޔާމީނަކީ ވަރަށް ކަންނެތް މީހެއް: އަބްދުއްރަހީމް
ޔާމީނަށް ރައީސް ގޯސްވި ސަބަބު އަބްދުއްރަހީމް ކިޔައިދީފި
އަދުރޭގެ ހިސާބަކީ ސަމާސާއެއް ނޫން، ސިޔާސީ ހަގީގަތް
ޔާމީން މިނިވަންވާނެ ކަމަށް އުއްމީދުކުރަން: ރައީސް
ސައީދުގެ ރައްދު: މައްސަލައަކީ ވެރިކަން ހަޖަމް ނުވުން!