މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި، ރަންބީރް ކަޕޫރްގެ އާ ފިލްމު "އެނިމަލް" އަށް އެންމެ ހަ ދުވަސް ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި 500 ކްރޯޑް ރުޕީސް (59 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު ލިބިއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހު ސިނަމާތަކުގައި ދައްކަން ފެށި، ރަންބީރް ކަޕޫރްގެ އާ ފިލްމު "އެނިމަލް" އަށް އެންމެ ހަ ދުވަސް ތެރޭގައި ދުނިޔޭގެ ބޮކްސް އޮފީހުގައި 500 ކްރޯޑް ރުޕީސް (59 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު ލިބިއްޖެ އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އިއްޔެގެ ނިޔަލަށް މި ފިލްމަށް ވަނީ ދުނިޔޭގެ ބޮކްސް އޮފީހުގައި ޖުމްލަ 587 ކްރޯޑް ރުޕީސް (70 މިލިއަން ޑޮލަރު) ލިބިފަ އެވެ. އޭގެ ތެރެއިން 313 ކްރޯޑް ރުޕީސް (37 މިލިއަން ޑޮލަރު) އަކީ ހަމައެކަނި އިންޑިއާގެ ސިނަމާތަކުގައި ދައްކައިގެން ލިބުނު އާމްދަނީ އެވެ.
"އެނިމަލް" އަކީ 100 ކްރޯޑް ރުޕީސް (11 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން ހެދި ފިލްމެކެވެ.
މިއީ މި އަހަރު 500 ކްރޯޑް ރުޕީސް (59 މިލިއަން ޑޮލަރު) ހަމަކުރި ބޮލީވުޑްގެ ހަތަރު ވަނަ ފިލްމެވެ. ކުރިން މި ވަރުގެ އާމްދަނީއެއް ލިބުނީ ޝާހްރުކް ހާންގެ "ޖަވާން" އާއި "ޕަތާން" އަދި ސަނީ ޑިއޯލްގެ "ގަދަރް 2" އަށެވެ.
ރަންބީރުގެ ފިލްމީ ކެރިއަރުގައި އޭނާ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެސް "އެނިމަލް" މިހާރު ވަނީ ވެފަ އެވެ.
"އެނިމަލް" އަކީ ދަރިއެއްގެ ހިތުގައި ބައްޕައަށް އޮތް ލޯތްބާ އަދި ބަދަލުގައި ދަރިފުޅަށް ބައްޕަގެ ފަރާތުން ބޭނުންވި ލޯބި އެންމެ ރަނގަޅަށް ނުލިބުމުން، ދެބަފައިންގެ މެދުގައި ހިނގާ ކަންތައްގަނޑެއް ދައްކާ އެކްޝަން ފިލްމެކެވެ. މި ފިލްމުގައި އެކްޝަންގެ ވަރުގަދަ އަދި ވަރަށް އަނިޔާވެރި މަންޒަރުތަކެއް ހިމެނެ އެވެ.
މި ފިލްމަކީ "ކަބީރް ސިންގް" އާއި "އަރުޖުން ރެއްޑީ" ކަހަލަ ފިލްމުތައް ހެދި ސަންދީޕް ވެންގާ ރެއްޑީގެ ޑައިރެކްޝަނެކެވެ.
ރަންބީރްއާ އެކު "އެނިމަލް"ގެ މުހިންމު ރޯލުތައް ކުޅުނީ ރަޝްމީކާ މަންދަނާ، އަނިލް ކަޕޫރް، ބޮބީ ޑިއޯލް އަދި ތުރިޕްތީ ދިމްރީ އެވެ.
މިއީ ޓީ ސީރީޒް އާއި ސިނޭ ވަން ސްޓޫޑިއޯސް އަދި ބަދުރަކަލީ ޕިކްޗާސް ގުޅިގެން ޕްރޮޑިއުސްކުރި ފިލްމެކެވެ.
ދަނުޝް އާއި ކްރިތީގެ ފިލްމަށް ރަނގަޅު ފެށުމެއް
"ހައްގު"އަށް ތައުރީފު، ބޮކްސް އޮފީހުގައި ކާމިޔާބު
ރަޝްމިކާ އާއި އަޔުޝްމަންގެ "ތައްމާ"އަށް 100 ކްރޯޑް
ހަރްޝްގެ އާ ފިލްމަށް ވެސް ތަރުހީބު ރަނގަޅު
ރަޝްމިކާ އާއި އަޔުޝްމަންގެ ފިލްމަށް ރަނގަޅު ފެށުމެއް
"ސައްޔާރާ"އަށް ރެކޯޑް އާމްދަނީއެއް ލިބިއްޖެ
"ދަޅަކް 2" އާއި "ސަން އޮފް ސަރްދާރު 2" ވާދަވެރި
ސައްޔާރާ ބަލައިގެން ރޯން ފައިސާ ބެހި ކަމަށް ތުހުމަތު
"ސައްޔާރާ"އަށް ހީނުކުރާ ވަރުގެ ބޮޑު ތަރުހީބެއް!
އަހާން ޕާންޑޭގެ ފުރަތަމަ ފިލްމަށް ރަނގަޅު ފެށުމެއް