ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ ހދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ރަނގަޅަށް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.
09 ޑިސެމްބަރ 2023
ވަރިވާން ކޯޓަށް ދިޔަ އަންހެނަކަށް ގުޅި ކަމަށް ތުހުމަތުވާ ހދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ފަނޑިޔާރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ރަނގަޅަށް ކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފި އެވެ.
އަލީ އާދަމް ވަކި ކުރަން ނިންމައި، ދެ މައްސަލައެއް ޖޭއެސްސީން މަޖިލީހަށް ފޮނުވާފައި ވާއިރު، އެ ދެ މައްސަލަ ދިރާސާ ކުރުމަށްފަހު ޖުޑިޝަރީ ކޮމިޓީން ނިންމީ އޭނާ ވަކި ކުރުމަށްޓަކައި ޖޭއެސްސީން މަޖިލީހަށް ފޮނުވީ ގާނޫނުއަސާސީ އާއި ގާނޫނުގައި ބުނާ އިޖުރާއަތާ އެއްގޮތަށް ކަމަށެވެ.
ކޮމިޓީގެ މެންބަރުންގެ އަގުލަބިއްޔަތުން އެގޮތަށް ނިންމުމަށްފަހު މިހާރު ވަނީ މަޖިލީހުގެ ތަޅުމުން ގޮތެއް ނިންމަން ފޮނުވައިފަ އެވެ. ގާނޫނު އަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ޖޭއެސްސީން އެކަމަށް އެދި ހުށަހެޅުމުން މަޖިލީހުގެ ތަޅުމުން ފާސްކޮށްގެންނެވެ.
ވަރިވާން ދިޔަ އަންހެނަކަށް ގުޅައި، މެސެޖް ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި އަލީ އާދަމް ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން އެންމެ ފުރަތަމަ ހުށަހެޅީ މިދިޔަ ޖުލައި މަހުގެ ތެރޭގަ އެވެ. އެ މައްސަލާގައި މަޖިލީހުން ގޮތެއް ނުނިމި އޮއްވާ އިތުރު މައްސަލައެއްގައި ޖޭއެސްސީން ވަނީ އޭނާގެ މަގާމު ދަށްކުރަން ނިންމައިފަ އެވެ. އެ ފިޔަވަޅުގެ ދަށުން އިސް މެޖިސްޓްރޭޓްކަމުން މެޖިސްޓްރޭޓަކަށް އޭނާ ވަނީ ބަދަލުކޮށްފަ އެވެ.
އަލީ އާދަމްގެ މައްސަލައިގައި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން އޭނާ ހާޒިރުކޮށް ޖަވާބުދާރީވާން ފުރުސަތު ދިނެވެ. މިއީ މިފަދަ މައްސަލައެއްގައި ޖަވާބުދާރީވާން ފުރުސަތު ދިން ފުރަތަމަ ފަހަރެވެ.
ސިއްރުން ކުރިއަށް ގެންދިޔަ ކޮމިޓީގެ ބައްދަލުވުމުގައި އަލީ އާދަމް ވަނީ ޖޭއެސްސީގެ މެންބަރަކު އޭނާއަށް އިންޒާރު ދިން ކަމަށާއި އަދި މެންބަރުން އޭނާއާ މުއާމަލާތް ކޮށްފައިވަނީ ވަރަށް "ރޫޑް" ކޮށް ކަމަށް ވެސް ތުހުމަތުކޮށްފަ އެވެ.
ނަމަވެސް ޖޭއެސްސީން ކޮމިޓީއަށް ލިޔުމުން ދިން ޖަވާބުގައި ބުނެފައިވަނީ އެ ކޮމިޝަންގެ އެއްވެސް މެންބަރަކު އޭނާއާ އެގޮތަށް ވާހަކަ ދައްކާފައި ނުވާނެ ކަމަށާއި އަދި އެކަން ތަހުގީގުގެ އަޑުއެހުންތަކުގެ ރެކޯޑިން އިން އެނގޭނެ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.
އަލީ އާދަމަށް އިތުރު މައްސަލައެއްގައި ފިޔަވަޅު އަޅައިފި
އަލީ އާދަމް ކޮމިޓީއަށް ޖަވާބުދާރީވުމުގެ ފުރުސަތު ދެނީ
ފުޅަދޫގެ އިސް މެޖިސްޓްރޭޓްގެ މައްސަލަ ކޮމިޓީއަށް
ފަނޑިޔާރު ހަމީދު ވަކިކުރަން ފާސްކޮށްފި
ފަނޑިޔާރުން ވަކިކުރުން އަދުލުވެރިތަ؟
ދެ ފަނޑިޔާރުންގެ މައްސަލަ:މަޖިލީހާއި ޖޭއެސްސީ ކޯޅެނީ
ފަނޑިޔާރުންނަށް ސެކިއުރިޓީ ކަށަވަރު ކޮށެއް ނުދެވޭ!
އިސް މެޖިިސްޓްރޭޓް ޝުކޫރު ވަކިކުރަން ކޮމެޓީން ފާސްކޮށްފި
މެޖިސްޓްރޭޓް މައުސޫމް ވަކިކުރަން ކޮމިޓީން ފާސްކޮށްފި
ޖުޑިޝަރީ ކޮމިޓީގެ ފާޑުކިޔުން ސުޕްރީމްކޯޓާއި ޖޭއެސްސީއަށް