މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންޒީރުކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުން މަނާކޮށްފައި ވަނިކޮށް، އެ މަނިކުފާނު އިސްވެ ހުންނަވާ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށް މިރޭ ސޮއިކުރައްވައިފި އެވެ.
މަނީ ލޯންޑަރިން އާއި ރިޝްވަތުގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންޒީރުކުރަމުން އަންނަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ސިޔާސީ ހަރަކާތްތަކުގައި އުޅުއްވުން މަނާކޮށްފައި ވަނިކޮށް، އެ މަނިކުފާނު އިސްވެ ހުންނަވާ އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށް މިރޭ ސޮއިކުރައްވައިފި އެވެ.
ޔާމީން ޕީއެންއެފް އަށް ސޮއިކުރެއްވީ އެ ޕާޓީގެ އޮފީހުގައި މިރޭ ބޭއްވި ހަފްލާއެއްގަ އެވެ. ޔާމީންގެ ފޯމާ ހަވާލުވެވަޑައިގަތީ ޕީއެންއެފްގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލެވެ.
ނަމަވެސް، މި ހަފުލާގައި ޔާމީން ވާހަކަފުޅެއް ނުދައްކަވަ އެވެ.
ޔާމީން ޖަލުގައި ހުންނަވަނިކޮށް، ވެރިކަން ބަދަލުވުމާ އެކު ގެއަށް ބަދަލުކުރި ފަހުން ޕީޕީއެމްގެ އޮފީހަށް ވަޑައިގެން ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ގެންދެވީ ސިޔާސީ އެއްވުންތައް ބާވަމުންނެވެ. ނަމަވެސް، އެއީ، ޖަލުތަކާއި ޕެރޯލްގެ ގާނޫނާ ހިލާފު ކަމަކަށް ވުމުން ކަރެކްޝަންސް އިން އޮތީ އިގުރާރާ ހިލާފުވާ ނަމަ ލުއިތައް އުވާލާނެ ކަމުގެ އިންޒާރު ވެސް ދީފަ އެވެ. އެ އިންޒާރާ އެކު، ސިޔާސީ ބައްދަލުވުންތައް ބޭއްވުމާއި ސިޔާސީ ވާހަކަތައް ދެއްކެވުން ޔާމީން އޭރު ހުއްޓާލެއްވި އެވެ. އޭގެ ފަހުން، ސިޔާސީ ކަމެއްގައި މި ބައިވެރިވެޑައިގަތީ އަދި ކިރިޔާ އެވެ.
ޕީޕީއެމާއި ޕީއެންސީ ދޫކޮށްލައްވައި ޔާމީން އުފެއްދި ސިޔާސީ ޕާޓީ، ޕީއެންއެފް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދިނީ މިދިޔަ މަހުގަ އެވެ. އެ ޕާޓީގެ މުއައްސިސްގެ ގޮތުގައި ހުށަހަޅާފައި ވަނީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން އެވެ.
ޔާމީނަކީ ގައިދީއަކަށް ވާތީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އެ މަނިކުފާނަކަށް ނެތެވެ. ޕީޕީއެމްގެ ރައީސަކީ ޔާމީން ކަމަށް އެ ޕާޓީން ނިންމާފައި އޮތަސް މަނީލޯންޑްރިން އާއި ރިޝްވަތު ހުށަހެޅުމުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައި ވާތީ، ޕީޕީއެމް ވަކިވެވަޑައިގެންނެވި އިރު ވެސް އެ މަނިކުފާނުގެ ގާނޫނީ އެއްވެސް ހައިސިއްޔަތެއް ނެތެވެ.
ޔާމީންގެ ފަރާތްޕުޅުން ޕީއެންއެފްގައި އިސްކޮށް އުޅުއްވަނީ އެމަނިކުފާނުގެ އިސް ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ މިނިސްޓަރު މަލީހެވެ.
ޔާމީން، ޕީޕީއެމް ދޫކޮށްލެއްވީ އެ ޕާޓީގެ ލީޑަޝިޕާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުންތަކާ ގުޅިގެންނެވެ. އެ މަނިކުފާނުގެ ފަރާތްޕުޅުން ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވެފައިވާ ގޮތުގައި ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ޔާމީން ދޫކޮށްލެއްވީ އެވެ.
އެކަމަކު ޔާމީން ހިތްހަމަޖެހިވަޑައިނުގަތީ އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގާނޫނީ ގޮތުން ބަންދުވުމުން، އިންތިހާބު ބޮއިކޮޓްކުރަން އެންގެވި އެންގެވުމަށް އަމަލުނުކުރި ހިސާބުން ކަމަށް ޕީޕީއެމާއި ޕީއެންސީގެ އިސް ބޭފުޅުން ވިދާޅުވެ އެވެ.
ޔާމީންގެ އަމާޒަކީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އާ ޕާޓީން މެޖޯރިޓީ ނެގުމެވެ.
ޔާމީންގެ ޕީއެންއެފް ޕާޓީ ރަޖިސްޓްރީކޮށް ދީފި
ޕީއެންއެފްއިން 3،000 މެމްބަރުން ހަމަކޮށްފި
ޔާމީންގެ އާ ޕާޓީގެ މުއައްސިސަކީ ދަރިކަލުން ޒެއިން
ޔާމީންގެ އާ ޕާޓީގެ ނަމަކީ ޕީޕަލްސް ނެޝަނަލް ފްރޮންޓް
އަލީރަޝީދާއި ޝަކީލްގެ މައްސަލަ ނުބަލާތީ ފާޑުކިޔުން
ރީޑިން ނެގުމާ ގުޅޭ ތުހުމަތު ސްޓެލްކޯ އިން ދޮގުކޮށްފި
ސިޔާސީ މައިދާނުން އެކަހެރިއެއް ނުކުރެވޭނެ: ޔާމީން
ގެއަށް ބަދަލުކުރި އިލްތިމާސް ވެސް ޔާމީން ގަބޫލުނުކުރޭ!
ބޮޑު ހިޔާނާތް ރިޔާސީ ކޮމިޝަނަކުން ބަލަން "ޗެލެންޖެއް"
އެމްޑީޕީ އަށް ތާއީދެއް ނުކުރާނަން: ޔާމީން