19 ޑިސެމްބަރ 2023
ވޭތުވެދިޔަ ފަންސަވީހަކަށް އަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ވަކި ހިއްޕާލައިގެން ތިބީ ލަންކާ އާއި އިންޑިއާގެ އެކައުންޓެންޓުންނެވެ. އެހެންވެ، ދިވެހިންނަށް އެ ދާއިރާއަށް ވަނުމުގެ ދޮރު އޮތީ ވަރަށް ހަނިކޮށެވެ. ބޭރުގެ އެކައުންޓެންޓަކު ރާއްޖޭގެ ޓޫރިޒަމް ސެކްޓަރުގައި ތިން ހަތަރު އަހަރު ހޭދަކުރުމުން، ރިސޯޓެއްގެ ފައިނޭންޝަލް ކޮންޓްރޯލްތަކާއި މުޅި އޮޕަރޭޝަންތައް ވަރަށް ރަނގަޅަށް ދަސްވެ އެތަނުގެ އެތަނުގެ ސީނިއާ ޕޯސްޓުތަކަށް އާދެ އެވެ. މިކަން ހައްލުވާނެ މަގެއް ފެނުނީ ރާއްޖޭގެ އެކައުންޓިން ދާއިރާ ބެލެހެއްޓުމުގެ ގާނޫނީ ބާރު ލިބިފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް (ސީއޭ މޯލްޑިވްސް) އުފެދި، މުޅި ދާއިރާ ރެގިއުލޭޓު ކުރަން ފެށި ހިސާބުންނެވެ. އެ އިދާރާއިން އަނެއްކާ ވެސް އަޅަން މިއުޅެނީ މުޅި ދާއިރާގެ "ލޭންޑްސްކޭޕް" ބަދަލުކޮށްލާނެ ފަދަ ފިޔަވަޅެކެވެ.
ވޭތުވެދިޔަ ފަންސަވީހަކަށް އަހަރު ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ވަކި ހިއްޕާލައިގެން ތިބީ ލަންކާ އާއި އިންޑިއާގެ އެކައުންޓެންޓުންނެވެ. އެހެންވެ، ދިވެހިންނަށް އެ ދާއިރާއަށް ވަނުމުގެ ދޮރު އޮތީ ވަރަށް ހަނިކޮށެވެ. ބޭރުގެ އެކައުންޓެންޓަކު ރާއްޖޭގެ ޓޫރިޒަމް ސެކްޓަރުގައި ތިން ހަތަރު އަހަރު ހޭދަކުރުމުން، ރިސޯޓެއްގެ ފައިނޭންޝަލް ކޮންޓްރޯލްތަކާއި މުޅި އޮޕަރޭޝަންތައް ވަރަށް ރަނގަޅަށް ދަސްވެ އެތަނުގެ އެތަނުގެ ސީނިއާ ޕޯސްޓުތަކަށް އާދެ އެވެ. މިކަން ހައްލުވާނެ މަގެއް ފެނުނީ ރާއްޖޭގެ އެކައުންޓިން ދާއިރާ ބެލެހެއްޓުމުގެ ގާނޫނީ ބާރު ލިބިފައިވާ އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް (ސީއޭ މޯލްޑިވްސް) އުފެދި، މުޅި ދާއިރާ ރެގިއުލޭޓު ކުރަން ފެށި ހިސާބުންނެވެ. އެ އިދާރާއިން އަނެއްކާ ވެސް އަޅަން މިއުޅެނީ މުޅި ދާއިރާގެ "ލޭންޑްސްކޭޕް" ބަދަލުކޮށްލާނެ ފަދަ ފިޔަވަޅެކެވެ.
ރާއްޖޭގެ މަޝްހޫރު ރިސޯޓުތަކުގެ އެކައުންޓިން ދާއިރާގެ ތަޖުރިބާ ހޯދައިގެން އެފަދަ ފަރާތްތަކުން ދެން ދަނީ ދުބާއީ ފަދަ ގައުމުތަކުގެ ބޮޑެތި ކުންފުނިތަކަށެވެ. އެހެންވެ ރާއްޖޭގެ އެކައުންޓިން ދާއިރާގެ "ނޮލެޖް" ގައުމުގައެއް ނުއެއް ހިފެހެއްޓެ އެވެ. އަދި ދިވެހި އެކައުންޓެންޓުންނަށް އެ ދާއިރާއިން ކުރިއަށް ދާން ބޮޑެތި ހުރަސްތައް ވެސް ދިމާވެ އެވެ.
އޮޑިޓާ ޖެެނެރަލް ނިޔާޒީ "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ދިވެހިންނަށް ފުރުސަތު ނުލިބޭ އެންމެ ބޮޑު ސަބަބަކީ އެކައުންޓިންގެ މަޝްހޫރު ކުންފުނިތައް ނުވަތަ "ބިގް ފޯ" ފާމުތަކުގެ ތެރޭގައި ހިމެނޭ ޕްރައިޒްވޯޓާހައުސް ކޫޕާސް (ޕީޑަބްލިއުސީ)، ކޭޕީއެމްޖީ، އާނެސްޓް އެންޑް ޔަގްން (އީވައި) ފަދަ ކުންފުނިތައް ހިންގަނީ ލަންކާ އާއި އިންޑިއާއިން އެކައުންޓެންޓުން ކަމަށް ވާތީ އެވެ. އެތަންތަނުގެ އިސް މެނޭޖްމެންޓުގައި ވެސް ތިބެނީ އެ ދެ ގައުމުގެ މީހުންނެވެ. އެހެންވެ ދިވެހި އެކައުންޓެންޓުންނަށް ވުރެ ބޭރުގެ އެކައުންޓެންޓުނަށް ރާއްޖޭގެ ބޮޑެތި ކުންފުނިތަކުން ލިބޭ ފުރުސަތުތައް ވެސް އިތުރުވެ އެވެ.
"މިސާލަކަށް ރިސޯޓުގެ ޖޮބަކަށް އެޕްލައި ކުރަނީ. ކުރާ އިރު އޭނަ [ލަންކާ މީހާއަށް] އިންނާނެ އީވައިގަ ތިމަންނަ ވިލާ ގްރޫޕް އޮޑިޓް ކުރީމޭ، ޔުނިވާސަލް އޮޑިޓް ކުރީމޭ. އެކަމަކު ދިވެހި ކުއްޖާގެ ސީވީގައެއް ނީންނާނެ. އެހެންވެ، ނެޗުރަލީ ވެސް ދިވެހިން މިތިބެނީ ޑިސްއެޑްވާންޗޭޖު ޕޮޒިޝަންގައި،" "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ޗާޓަޑް އެކައުންޓިން މޯލްޑިވްސް (ސީއޭ) ގެ ރައީސް އަދި އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ ވިދާޅުވި އެވެ.
ސީއޭ އިސްވެރިން ޓްރެއިނިން އެއްގެ ތެރެއިން-- ފޮޓޯ: ސީއޭ މޯލްޑިވްސް
ރާއްޖޭގެ އެންމެ ބޮޑު ސިނާއަތުން އެކައުންޓެންޓުންނަށް ފުރުސަތުތައް ހަނިގޮތަކަށް ލިބެމުން އަންނަ އިރު ދިވެހިން އެކައުންޓިން ދާއިރާއިން ކިޔަވާ، ޕްރޮފެޝަނަލް އެކައުންޓެންޓުން ރާއްޖޭގައި ވެސް ގިނަ އެވެ.
ދިވެހިންނަށް ކިރިއާ ވެސް އެކައުންޓިން ދާއިރާގައި ފުރުސަތު ލިބެން ފެށީ ޓެކްސް ނެގުމާ ގުޅޭ ގާނޫނު 2010 ވަނަ އަހަރު އޮތް އިރު މީރާއަށް ހުށަހަޅަންޖެހޭ ޓެކްސް ބަޔާންތަކުގައި ލައިސެންސް ލިބިފައިވާ އޮޑިޓަރެއް ސޮއިކުރަން ޖެހޭނެ ކަމަށް ކަނޑައެޅި ހިސާބުންނެވެ. އެކަމަކު އެއީ ވެސް މުޅި ދާއިރާގައި ޑޮމިނޭޓު ކުރާ ބޭރުގެ އެކައުންޓެންޓުން ފަހަތަށް ޖައްސާލެވުނު ފުރުސަތަކަށެއް ނުވި އެވެ.
އެކައުންޓިން ދާއިރާ ރެގިއުލޭޓުކޮށް ބެލެހެއްޓުމާއި ލައިސެންސިން ދިނުމުގެ ގާނޫނީ ހައިސިއްޔަތު ލިބުނީ 2020 ވަނަ އަހަރު ޗާޓަޑް އެކައުންޓިން އިންސްޓިޓިއުޓް އުފެއްދި ހިސާބުންނެވެ.
"އިންޑަސްޓްރީ މެޗުއާވެފައި އޮތް ހިސާބުން އަޅުގަނޑުމެން ނިންމައިފިން ދިވެހިންނަށޭ ކުރިއަށް އޮތްތަނުގައި އޮޑިޓް ރިޕޯޓުތަކުގައި ސޮއި ކުރެވެން ވާނީ. އެހެން ނަމަވެސް ފޮރިނާސްތަކަށް ވެސް ލައިސެންސް ދެވިފައި އޮތީމާ ގްރޭސް ޕީރިއަޑެއްގެ ގޮތުގައި ތިން އަހަރު ދިނީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ދާއިރާއެއް ހިމެނޭ ގޮތަށް މަސައްކަތް ކުރާ އެކައުންޓެންޓުންގެ އަދަދު 4،500 އަށް އަރަ އެވެ. އޭގެ ތެރެއިން ދިވެހި އެކައުންޓެންޓުންގެ ގޮތުގައި އުޅެނީ 300 އެވެ. އެއީ މުޅި ދާއިރާގެ ހަތް ޕަސެންޓުވަރެވެ.
ސީއޭ ރައިސާއި ނައިބު ރައީސް ބައްދަލުވުމެއްގައި -- ފޮޓޯ: ސީއޭ މޯލްޑިވްސް
ބޭރުގެ އެކައުންޓެންޓުން ހުސް އޮތުމުން އެފަދަ ފަރާތްތަކުން ދިވެހިން ރެކޮމެންޑްކޮށް، ވަޒީފާތަކަށް ނަގާ ވަރު މަދެވެ. އެއް ސަބަބަކީ ބޭރު މީހުންނަށް ކުޑަ މުސާރައެއްގައި ވެސް ގެންގުޅެވުމެކެވެ. ކުންފުނިތަކުން އިންޑިއާގެ ނުވަތަ ލަންކާގެ ނަން ނޭންގޭ ޔުނިވާސިޓީތަކުން ގެންނަ އެކައުންޓެންޓުންގެ އަސްލު ފެންވަރު ދިވެހި އޭ ލެވެލް ނިންމާ ކުދިންނަށް ވުރެ ދަށް ކަމަށް މި ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ. އެކަމަކު އެ ގައުމުތަކުން އަންނަ އެކައުންޓެންޓުންނަށް 500 ޑޮލަރުން ހަމަޖައްސާލެވުނަސް، ދިވެހި އެކައުންޓެންޓުންނަށް އެވަރުގެ މުސާރައެއް ދީގެން ނުދާނެ ކަމަށެވެ.
"ދިވެހި ކުދިން ވަޒީފާއަށް ކުރިމަތިލީމަ އަހާނީ އެކްސްޕީރިއެންސް ކޮބައިހޭ؟ އެކަމަކު ފުރުސަތު ނުލިބެންޏާ ކިހިނެއް އެކްސްޕީރިއަންސް ހޯދާނީ. އޮޕޮޗުޓީ ނުލިބެނީ. ފާމްތަކުގައި ލީޑު ކުރަން ދިވެހިން ތިބޭ ނަމަ ދިވެހިންނަށް ފުރުސަތުތައް ލިބޭނެ ކަމަށް،" އޭނާ ވިދާޅުވި އެވެ.
ސީއޭ މޯލްޑިވްސް އިން އެސެސްމަންޓުން 300 އެއްހާ ދިވެހި އެކައުންޓެންޓުން ރާއްޖޭގައި އެބަ ތިއްބެވެ. އެކަށީގެންވާ ވަރަށް ލައިސެންސް ނަގާފައިވާ އެކައުންޓެންޓުން ވެސް މިވަގުތު ތިބި އިރު، ދިވެހި އެކައުންޓެންޓުންނަށް ފުރުސަތުތައް މަދުން ލިބެން ޖެހޭ ސަބަބެއް ނެތެވެ. ވޭތުވެދިޔަ ދެ އަހަރު ތެރޭ 500 އަށް ވުރެ ގިނަ ކުދިން އެކައުންޓިން ދާއިރާއިން ތައުލީމު ހާސިލުކުރަން ފަށާފައިވާ ކަމަށެވެ.
އޮޑިޓާ ޖެނެރަލް ނިޔާޒީ "މިހާރު" އަށް ދެއްވި އިންޓަވިއުގެ ތެރެއިން -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
ރާއްޖޭގައި 25 އޮޑިޓް ފާމާއި 12 އަމިއްލައަށް އެކައުންޓިން ޕްރެކްޓިސް ކުރާ ފަރާތްތައް އެބަތިއްބެވެ. އޭގެ ތެރޭގައި ޕަބްލިކް އިންޓްރެސްޓް ހިމެނޭ 10 ކުންފުންޏެއް ވެސް އެބަ އޮތެވެ.
މި ބަދަލު ގެންނަން ޖެހުނީ، އެކައުންޓިން ދާއިރާގެ އެންމެ މަތީ ލެވެލްގައި ވެސް ދިވެހިންނަށް ފުރުސަތު އިތުރު ކުރުމަށް ކަމަށް ނިޔާޒީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މިގެންނަ ބަދަލާ އެކު ރާއްޖޭގެ ހުރިހާ އޮޑިޓް ކުންފުންޏަކަށް ވެސް، ޕާޓްނަރުންގެ ގޮތުގައި ދިވެހިން ގެންގުޅެން މަޖުބޫރުވާނެ ކަމަށެވެ. އެހެންވެ، ރާއްޖޭގައި ހިންގާ "ބިގް ފޯ" ކުންފުނިތަކަށް ވެސް ދިވެހި އެކައުންޓެންޓުން ޕާޓްނަރުންގެ ގޮތުގައި ގެންގުޅެވޭނެ އެވެ.
ނިޔާޒީ ވިދާޅުވީ، 26 އަހަރަށް ފަހު މި ބަދަލު ގެންނަނީ އެ ދާއިރާގައި ގާބިލް ދިވެހިން ތިބިކަން ޔަގީން ވާތީ ކަމަށެވެ. އަދި އެފަދަ ބަދަލެއް ނުގެނެސް، ދިވެހިންނަށް އެ ދާއިރާގެ މަތީ ފަޑިން ޖާގަ ހޯޑަން ދަތިވާނެ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ކުރިއަށް 10 އަހަރުގެ ތެރޭ އެކައުންޓިން ދާއިރާގައި ބޭރު މީހުންނަށް ވެސް ދިވެހިން އިސް މަގާމުތަކުގައި ތިބުމުގެ ފުރުސަތު މި ބަދަލުގެ ތެރެއިން ފަހި ކުރެވުނީ ކަމަށެވެ.
އެކައުންޓިން ގާނޫނުގެ ދަށުން ސީއޭ އިން ވަނީ ބޮޑެތި ހުރިހާ ފާމެއްގައި 50 ޕަސެންޓާ ހަމައަށް ދިވެހިން ތިބޭނެ ގޮތަށް ބަދަލުކޮށްފަ އެވެ. އެކަމަކު އެ ގަވައިދާ އެއްގޮތަށް ބޮޑެތި އެކައުންޓިން ކުންފުނިތައް އަދި ބަދަލެއް ނުގެނެވެ އެވެ.
"މި ބަދަލާ އެކު މުޅި ދާއިރާގެ "ގޭމް ޗޭންޖާ" އަކަށް ވާނެ. އެއް ޕާޓްނަރުގެ ގޮތުގައި ދިވެއްސަކު ހުންނަން ޖެހުމުން، ދެން މަޝްހޫރު އެކައުންޓިން ފާމުތަކުން ވެސް ދިވެހިންނަށް ފުރުސަތުތައް ދީ، ދިވެހިން ޓްރެއިން ކުރަން އިސްކަން ދޭނެ. އޭރުން ރާއްޖޭގެ ކުންފުނިތަކުގެ އެކައުންޓިން މަސައްކަތްތަކުގައި ދިވެހި އެކައުއެންޓެނުން، ފުރުސަތު ލިބޭނެ،" އޭނާ ވިދާޅުވި އެވެ.
ކައިވެނިކޮށްގެން އުޅުނު ބަޔަކަށް އެންސްޕާއިން އެލަވަންސް
އޮޅުވާލައިގެން ފަސް މިލިއަން، ހޯދުނީ ދެ ލައްކަ
ހާލަތަކީ ކޮރަޕްޝަނަށް ހުޅުވޭ ދޮރެއް ނޫން!
9 މިލިއަނަށް ވީ ގޮތް ލިޔެކިޔުމުން އެނގޭނެ:އެންޑީއެމް
ހުޅުމާލެ ފެސިލިޓީން ގެއްލުމެއް ނުވާނެ: އެންޑީއެމްއޭ
އަގުބޮޑުކޮށް ގަތް މުދަލުގެ ފައިސާ އަނބުރާ ހޯދިން
ޑިޒާސްޓާގެ އިން ހަރަދުކުރުމުގައި ބޮޑެތި މައްސަލަތަކެއް
ކެއުމަށް ހޭދަކުރި 9 މިލިއަނާ މެދު ސުވާލުއުފައްދައިފި!
ބޭރުގައި ތާށިވި ދިވެހިންނަށް އެހީ ދިނުމުގައި ގޯސްތަކެއް
ފޮރިން މިނިސްޓްރީން ޚަރަދުތައް ކުރީ ރަނގަޅަށް