ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ލާފައި ވަނީ މާފުށީ ޖަލުގެ "ކޮންކްރީޓް ހޮހޮޅައެއް"ގެ ތެރެއަށް، އިރަށް ދޮންވާ ގޮތަށް ކަމަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އިއްޔެ ވިދާޅުވެއްޖެ އެވެ.
11 ފެބުރުއަރީ 2017
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ލާފައި ވަނީ މާފުށީ ޖަލުގެ "ކޮންކްރީޓް ހޮހޮޅައެއް"ގެ ތެރެއަށް، އިރަށް ދޮންވާ ގޮތަށް ކަމަށް، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އިއްޔެ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ދައުރު އަދާކުރަން ދަތިކުރުމުގެ ދެ މައްސަލައެއްގައި ކުށް ސާބިތުވެ، 10 މަހަށް ޖަލަށް ލާފައިވާ މަހްލޫފް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި، ޖަލު އަދަބެއްގެ ގޮތުން ވިޔަސް އެކަހެރިކޮށްފައި ގައިދީއަކު ބެހެއްޓޭނީ އެއް މަސް ދުވަހަށެވެ.
ނަމަވެސް "ކޮންކްރީޓް ހޮހޮޅައެއް"ގެ ތެރޭގައި އަދީބު އޮންނަވާތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށް މަހްލޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަދީބުގެ އިތުރުން ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހްސިނާއި މަރަށް ހުކުމްކޮށްފައި ތިބި ގައިދީންނާއި އެހެން ކުށްތަކުގައި ޖަލުގައި ތިބި ބައެއް ގައިދީން ވެސް ތިބީ އެ ހާލުގަ އެވެ.
އެކަމަކު މަހުލޫފްގެ ތުހުމަތުތަކާ މެދު ކަރެކްޝަނަލް ސާވިސްގެ ބަހެއް އަދި ނުލިބެ އެވެ.
އަދީބާ ހިޔާލުތަފާތު ވިޔަސް، އޭނާއާ މެދު އަމަލު ކުރަމުންދާ ގޮތުން އިންތިހާއަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް މާފުށީ ޖަލުގެ ޔުނިޓް ދިހައެއްގައި ހުންނަވައި މަހްލޫފް ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.
"ޔުނިޓް ދިހައެއްގައި އަޅުގަނޑާއި އަދީބު، ބިތްގަނޑު ޖަހައި ވަކިކޮށްފަައިވާ ބައިތަކުގައި ތިބޭއިރު، އޭނާގެ ސިއްހީ މައްސަލަތަކަށް ސަރުކާރުން ސަމާލުކަމެއް ނުދޭކަން އޭނާއާ އެކު ކުރެވޭ މުއާމަލާތްތަކުން އަޅުގަނޑަށް އެނގިފައިވެ އެވެ،" މަހްލޫފްގެ ބަޔާނުގައިވެ އެވެ.
އޭނާ ވަނީ "ސިޔާސީ ހައްޔަރީންގެ" ހާލު ބަލައި، ނުހައްގުން ހުކުމް ކޮށްފައިވާ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހާނެ ހިތްވަރެއް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާއި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) މެމްބަރުންގެ ކިބައިގައި ނެތީތޯ ސުވާލު އުފައްދަވައިފަ އެވެ.
ރާއްޖޭގެ ތާރީޚުގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަން ކަމަށްވާ އެމްއެމްޕީއާރުސީގެ ވައްކަމުގައި އަމަލީ ގޮތުން އެންމެ އިސް ދައުރެއް އަދާކުރެއްވުމާ ގުޅިގެން އެކި މައްސަލަތަކުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް އައިސްފައިވެ އެވެ.
މުހުތާޒް ޖަލަށްލީ ރައީސް ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ކޯޓު އަމުރެއް ހެދި މައްސަލާގައި އޭނާގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވެ، 17 އަހަރަށެވެ. އަދީބާ ގާތް ގުޅުމެއް އޮތް މުހުތާޒު ޕީޖީއަކަށް ހުންނެވި އިރު އޭނާ ވަނީ ބައެއް މީހުންނާ ދެކޮޅަށް ނުހައްގުން ދައުވާ އުފުލާފައި ކަމަށް، ސަރުކާރާ އިދިކޮޅު އެތައް ބަޔަކު ގަބޫލުކުރެ އެވެ.
އަދީބު ހުންނަވަނީ ހޮހޮޅައެއްގައެއް ނޫން: ކަރެކްޝަންސް
އަދީބު ގެއަށް ބަދަލުކުރުމުގެ އަމުރު ހުއްޓުވައިފި
އަދީބު ގޭގައި ބެހެއްޓުމުގެ ވަގުތީ އަމުރަކަށް އެދިއްޖެ
އަދީބު އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފި
އަދީބު އޮންނެވީ ބަލި މީހުންނަށް އެކަށީގެންވާ ތަނެއްގައި
އަދީބު އެޑްމިޓްކޮށް އިމަޖެންސީގައި ފަރުވާދެނީ
އަޅުވެތި ނުވެ، މައުމޫން ގެއަށް ބަދަލުކޮށްދީ: މަހްލޫފް
އަދީބަށް ހާއްސަ ހިމާޔަތެއް ދެވޭކަށް ނެތް: ކަރެކްޝަންސް
މުހުތާޒް ޖަލަށް ގެންދިޔަ ފަހުން ފިޒިއޮތެރަޕީއެއް ނުދޭ
މުހުތާޒަށް ނުކުޅެދުންތެރިކަމެއް ކުރިމަތިވެދާނެ: އާއިލާ