Roadha Mihaaru
ތޮއްޑޫ އެކްސިޑެންޓްގައި ޒަހަމްވި މީހާގެ ހާލު ސީރިޔަސް

ތޮއްޑޫގައި ހިނގި އެކްސިޑެންޓެއްގައި ޒަހަމްވި މީހަކަށް އައިސީޔޫގައި ފަރުވާދެނީ

11 ފެބުރުއަރީ 2017

އއ. ތޮއްޑޫގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި މީހަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އއ. ތޮއްޑޫގައި އިއްޔެ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަހަމްވި މީހަކަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

އެނގިފައިވާ ގޮތުގައި އެކްސިޑެންޓް ހިނގީ ތިން މީހަކު އަރައިގެން ދުއްވި ސައިކަލެއް ކޮންޓްރޯލް ނުކުރެވި ގޮސް ރުކެއްގައި ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި ސީރިއަސް ޒަހަމްތަކެއް ލިބުނީ ސައިކަލް ދުއްވަން އިން މީހާއަށެވެ. އޭނާ އިއްޔެ ހަވީރު މާލެ ގެނެސް، އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ތޮއްޑޫގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި 34 އަހަރުގެ މީހާގެ ހާލު ސީރިއަސް ކަމަށެވެ.

"ނޭވާލަމުން ދަނީ ވެންޓިލޭޓަރެއްގެ އެހީގައި،" އޮފިޝަލް ވިދާޅުވި އެވެ.

ޒަހަމްވި މީހާގެ މޫނު މައްޗަށާއި ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށްވެ އެވެ.

އެކްސިޑެންޓް ހިނގި އިރު ސައިކަލުގައި ތިބި އަނެއް ދެ މީހުންނަށް ފަރުވާދިނީ އެ އަތޮޅު ރަސްދޫ ހޮސްޕިޓަލުންނެވެ. އެ މީހުންގެ ހާލު ރަނގަޅު ކަމަށްވެ އެވެ.

ލ. ލިންކް ރޯޑުގައި އިއްޔެ ހަވީރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި އުމުރުން 27 އަހަރުގެ ޒުވާން ފިރިހެނަކު ވަނީ މަރުވެފަ އެވެ. މިއީ ލާމު ލިންކް ރޯޑުގައި ތާރު އަޅައި ރަނގަޅު ފެންވަރަކަށް ހަދައި މިދިޔަ އަހަރުގެ ޖުލައި ހިސާބުގައި ބޭނުންކުރަން ފެށި ފަހުން، އެ މަގުގައި ހިނގި އެކްސިޑެންޓެއްގައި މަރުވި ފުރަތަމަ މީހާ އެވެ.