އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ އަދަދަށް ކްލަބްތަކުގެ ސޮއި ހަމަކުރެވިފައިވާ ކަމަށް އެ މަސައްކަތުގައި އުޅޭ އޮފިޝަލަކު ބުނެފި އެވެ.
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅަން ބޭނުންވާ އަދަދަށް ކްލަބްތަކުގެ ސޮއި ހަމަކުރެވިފައިވާ ކަމަށް އެ މަސައްކަތުގައި އުޅޭ އޮފިޝަލަކު ބުނެފި އެވެ.
އޮފިޝަލް ބުނީ، އެފްއޭއެމްގެ މެންބަރު ކްލަބްތަކުގެ ތެރެއިން ދެބައިކުޅައެއްބައި ކްލަބްތަކަށް ވުރެ ގިނަ ކްލަބްތަކުން ސޮއިކޮށްފައިވާ ކަމަށެވެ.
އެފްއޭއެމްގެ މެންބަރު ކްލަބްތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި ކްލަބްތައް ހުށަހެޅުމުން، އެ އެސޯސިއޭޝަންގެ ރައީސްގެ އިތުބާރު ނެތް ކަމަށް ހުށަހެޅޭނެ އެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅުމުން، އެކަމަށް ހާއްސަ ކޮންގްރެސްއެއް ބާއްވައި އެ މައްސަލަ އެޖެންޑާކޮށް ވޯޓަށް އަހަން ޖެހޭނެ އެވެ.
"ހަމަގައިމު ވެސް ދެބައިކުޅައެއްބައި ކްލަބްތަކުން ސޮއިކޮށްފި. ސީދާ އަދަދު ކަށަވަރު ވާނީ މިރޭ ނޫނީ މާދަމާ،" ކްލަބްތައް ލައްވައި ސޮއި ކުރުމުގެ މަސައްކަތުގައި އުޅޭ އޮފިޝަލް ބުންޏެވެ.
"މަސައްކަތް މި ކުރަނީ މާދަމާ ހުށަހެޅޭ ވަރަށް ނިންމާލެވޭތޯ. ނޫނީ އެންމެ ލަސް ވެގެން ވެސް ހޯމަ ދުވަހު ހުށަހެޅޭނެ."
ބައްސާމްގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ކްލަބްތަކުގެ ސޮއި ހޯދުމުގެ މަސައްކަތް ފެއްޓެވީ، އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގް (ޓޮމް) އެވެ. އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވާނެކަން އޭނާ ވަނީ އިއުލާންކޮށްފަ އެވެ.
މިހާރު ކުރިއަށްދާ ބައްސާމްގެ ދައުރު ނިމެން ބާކީ ދެން އޯތީ ހަ މަސް ދުވަހެވެ. އޭނާގެ މި ދައުރު ހަމަވާނީ އަންނަ އަހަރު ޖުލައި ދެވަނަ ދުވަހު އެވެ. އެވެ. އެކަމަކު އިތުބާރު ނެތްކަމުގެ މައްސަލަ ފާސް ވެއްޖެނަމަ، މާ ކުރިން އިންތިހާބެއް ބާއްވަން ޖެހޭނެ އެވެ.
މިއީ ބައްސާމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން މަސައްކަތް ކުރާ ދެވަނަ ފަހަރެވެ. ބައްސާމްގެ ފުރަތަމަ ދައުރުގައި، 2018 ވަނަ އަހަރު ޑިސެމްބަރު މަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އޭނާގެ އިތުބާރު ނެތް ކަމަށް ހުށަހަޅަން އުޅުމުން، ކުޅުންތެރިންނަށް މުސާރަ ނުދޭ މައްސަލައިގައި އެފްއޭއެމުން އެ ކްލަބް ސަސްޕެންޑް ކުރި އެވެ. ނިއު ސަސްޕެންޑް ކުރުމުން ދެން އެ މަސައްކަތުގައި އުޅުނީ ވިކްޓަރީ ސްޕޯޓްސް ކްލްބެވެ.
ކުރީގެ ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް ފަހަތުގައި ހުންނަވައިގެން، ކްލަބްތައް ލައްވައި ސޮއިކޮށް އިތުބާރު ނެތް ކަމުގެ މައްސަލަ އެފްއޭއެމް އަށް ހުށަހެޅުއްވީ ވިކްޓަރީންނެވެ.
އެކަމަކު އެ މައްސަލަ ކުރިއަށް ނުދިޔައީ، ސޮއި ކުރި ބައެއް ކްލަބްތަކުން ނަން އަނބުރާ ގެންދިއުމުންނެވެ. އޭރު ސޮއި ކުރި ބައެއް ކްލަބްތަކުގެ ތެރޭގައި، ބައްސާމް އަށް ފަހުން އެންމެ ބޮޑަށް ތާއިދު ކުރި، މާޒިޔާ އާއި ގްރީން ސްޓްރީޓްސް، ޓީސީ އާއި ޔުނައިޓެޑް ވިކްޓަރީ ވެސް ހިމެނެ އެވެ. އެ ހަތަރު ކްލަބުން ވެސް ސޮއި އަނބުރާ ގެންދިޔަ އެވެ. އެކަމަކު މިފަހަރު އަނެއްކާ ވެސް އޭގެ ތެރެއިން ކްލަބްތަކުން ވަނީ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކޮށްފަ އެވެ.
އެފްއޭއެމް މައްސަލާގައި އަމިން އަށް ވެސް ދައުވާކޮށްފި
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
އެފްއޭގެ ދަރަނި 150 މިލިއަން ރުފިޔާ އަށް އަރައިފި
އެފްއޭއެމް ސަލާމަތް ކުރަން ކުރެވޭނީ ކޮން ކަމެއް؟
އެފްއޭއެމްގެ އެކައުންޓްތަކުގައި ފައިސާއެއް ނެތް: ޒުހޫރު
ބައްސާމް ފީފާ ކޮންގްރެސްއަށް ދަނީ، ފުރުން މަނާ!
އެފްއޭއެމް ކޮރަޕްޝަން ތަހުގީގު އަވަސްކުރަން މަޝްވަރާއަށް
ކޯރަމް ހަމަނުވި، 15 މިނެޓްފަހުން ދެވަނަ ޖަލްސާއެއް
ބައްސާމާ އެކު އިންސާފުވެރި އިންތިހާބެއް ބޭއްވޭނެތަ؟
ބައްސާމް އެކަނިވެއްޖެ، ރީތިގޮތަކީ އިސްތިއުފާ ދެއްވުން!