Roadha Mihaaru
ފައިނަލް މިރޭ، ގާފަރާއި ބީޖީގެ ކުރިމަތިލުމެއް

ޓެކާސް ގްރޭޓާ މާލެ ކަޕް: ފައިނަލް މިރޭ، ގާފަރާއި ބީޖީގެ ކުރިމަތިލުމެއް

20 ޑިސެމްބަރ 2023

ގާފަރު ފުޓްސަލް ޓީމާއި ބީޖީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ ޓެކާސް ގްރޭޓާ މާލޭ ކަޕްގެ ފައިނަލް މެޗު މިރޭ ކުޅޭން ތައްޔާރު ވެއްޖެ އެވެ.

ގާފަރު ފުޓްސަލް ޓީމާއި ބީޖީ ސްޕޯޓްސް ކްލަބް ބައްދަލުކުރާ ޓެކާސް ގްރޭޓާ މާލޭ ކަޕްގެ ފައިނަލް މެޗު މިރޭ ކުޅޭން ތައްޔާރު ވެއްޖެ އެވެ.

ސެމީ ފައިނަލްގެ މެޗުތައް ކުޅެފައި ވަނީ ހޯމަ ދުވަހުގެ ރެއެވެ. އެންމެ ފުރަތަމަ ބައްދަލުކުރީ ބީޖީ ސްޕޯޓްސް ކްލަބާއި ޖޭޖޭ ސްޕޯޓްސް ކްލަބެވެ.

ބީޖީ އިން، މިއަހަރު ރަނގަޅު ނަތީޖާތަކެއް ނެރެމުން ދިޔަ ޖޭޖޭ ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ.

ބީޖީ އިން މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބު ކުރީ، މެޗުގެ އެންމެ ފަހު ސިކުންތުކޮޅު ތެރޭގަ އެވެ. އެ މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ބީޖީގެ ގޯލްކީޕަރު ވިސާމް އަބްދުﷲ އެވެ.

ސެމީގެ ދެވަނަ މެޗުގައި ގާފަރުން ކުރި ހޯދީ ފަސްގަނޑު ސްޕޯޓްސް ކްލަބާ ވާދަކޮށް 4-2 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ގާފަރު ޓީމުގައި ތަފާތު ދައްކަމުން އަންނަ އަލީ މާއިސް (މައްޓު) އެވެ.

ހުޅުމާލޭ ރެހެންދި ޓާފް ދަނޑުގައި ކުޅޭ މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިރޭ 8 ޖަހާއިރެވެ.

ފައިނަލް މެޗުގެ ޗީފް ގެސްޓުގެ ގޮތުގައި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ބައިވެރިވެ ވަޑައިގަންނަވާނެ އެވެ. އަދި ހާއްސަ މެހެމާނުންގެ ގޮތުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް، ޝަމްއާން މުހައްމަދު ވަހީދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެ އެވެ.