Roadha Mihaaru
ޓެކާސް ރިސޯޓް ކަޕް ފަށަނީ ސައުތު ކާފު މުބާރާތުން

ޓެކާސް ރިސޯޓް ކަޕް ފަށަނީ ސައުތު ކާފު މުބާރާތުން

14 ޖުލައި 2024

ކ. އަތޮޅު ދެކުނު ބިތަށް ނިސްބަތްވާ ރިސޯޓްތައް ބައިވެރިވާ ސައުތު ކ. އަތޮޅު ބުރުން، މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕް މާދަމާ ފަށަން ތައްޔާރު ވެއްޖެ އެވެ.

ކ. އަތޮޅު ދެކުނު ބިތަށް ނިސްބަތްވާ ރިސޯޓްތައް ބައިވެރިވާ ސައުތު ކ. އަތޮޅު ބުރުން، މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕް މާދަމާ ފަށަން ތައްޔާރު ވެއްޖެ އެވެ.

މިދިޔަ އަހަރު ޒޯންގެ ޗެމްޕިއަން ކްރޮސްރޯޑްސް މޯލްޑިވްސް އާއެކު މި ބުރުގައި ޖުމްލަ ހަ ރިސޯޓަކުން ވާދަ ކުރެ އެވެ. އެއީ ހާޑްރޮކް ހޮޓެލް މޯލްޑިވްސް، ސަން ސިޔާމް އޮޅުވެލި، ސައީ ލެގޫން މޯލްޑިވްސް، އޯޒެން ލައިފް މާދޫ އަދި އަދާރަން ޕްރިވިލެޖް ވަދޫ އެވެ.

ޓީމުތައް ދެ ގުރޫޕަކަށް ބަހާލައިފައި ވާއިރު، ގުރޫޕް އޭ ގައި ހިމެނެނީ އަދާރަން ވަދޫ އާއި ހާޑްރޮކް އަދި ސައީ ލެގޫން އެވެ. ކްރޮސްރޯޑްސް އާއި ސަން ސިޔާމް އޮޅުވެލި އަދި އޯޒެން މާދޫ ހިމެނެނީ ގުރޫޕް ބީގަ އެވެ.

ސައުތު ކާފްގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ޓެކާސް

ސައުތު ކާފްގެ ގުރުނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. -- ފޮޓޯ: ޓެކާސް

ޖުމްލަ ހަތް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 5،000 ޑޮލަރުގެ އިނާމު ކަނޑައެޅިފައިވާ ރަނަރަޕް ޓީމަށް 2،500 ޑޮލަރު ދިނުމަށް ހަމަޖެހިފައިވެ އެވެ.

ހަތް ޒޯނުގެ ޗެމްޕިއަނުންގެ މެދުގައި ނޮކްއައުޓް ބުރު ކުޅެގެން، މިދިޔަ އަހަރުގެ ޓެކާސް ކަޕްގެ ފައިނަލްގައި ސެއިންޓް ރެޖިސް ވޮއްމުލި ރިިސޯޓާ ވާދަކޮށް ޗެމްޕިއަންކަން ހޯދީ ވެލާ ޕްރައިވެޓް އައިލެންޑް ރިސޯޓެވެ.