23 ޖުލައި 2024
ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގެ ސައުތު ކާފް ޒޯންގެ ފައިނަލަށް ކްރޮސްރޯޑްސް އާއި ހާޑްރޮކް މޯލްޑިވްސް ދަތުރު ކޮށްފި އެވެ.
ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގެ ސައުތު ކާފް ޒޯންގެ ފައިނަލަށް ކްރޮސްރޯޑްސް އާއި ހާޑްރޮކް މޯލްޑިވްސް ދަތުރު ކޮށްފި އެވެ.
ކްރޮސްރޯޑްސްގައި އިއްޔެ ކުޅުނު ސެމީފައިނަލް މެޗުގައި ހާޑްރޮކުން ވަނީ 6-5 އިން އޯޒެން ލައިފް މާދޫ ބަލިކޮށްފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު 1-1 އިން އެއްވަރުވި މި މެޗުގެ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ.
އެއަށް ފަހު ކުޅުނު ސެމީގައި، އެންމެ ފަހުގެ ޗެމްޕިއަން ކްރޮސްރޯޑްސް ވަނީ ސައި ލެގޫންސް މޯލްޑިވްސްއާ ވާދަކޮށް 8-3 އިން މޮޅުވެފަ އެވެ.
ސައުތު ކާފް ޒޯންގެ ޗެމްޕިއަނުން ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ހޮވިފަ އެވެ. ސެމީގައި ވާދަކުރަން ޖެހޭނީ ދ. ޒޯނުގެ ޗެމްޕިއަނުންނާ ދެކޮޅަށެވެ.
ހަތް ޒޯނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިއަހަރުގެ ޓެކާސް ރިސޯޓް ފުޓްސަލް ކަޕްގެ ދ. ޒޯނުގެ ކުޅުން އޮގަސްޓް 1 ގައި އިރު ވެލި ރިސޯޓުގައި ފަށާނެ އެވެ.
މުބާރާތުގެ ސެމީ ފައިނަލާއި ފައިނަލް މެޗު އަންނަ އޮކްޓޫބަރު މަހު ބޭއްވުމަށް ހަމަޖެހިފައި ވަނީ ކުރުނބާ މޯލްޑިވްސްގަ އެވެ.
ޅ. ޒޯނުގެ ފައިނަލަށް ލެ މެރީޑިއެން، ސެމީގައި ކަނިފުށި އަދި ކަނުހުރާ
ލެ މެރީޑީއެން އިން ޅ. ޒޯންގެ ޗެމްޕިއަންކަން ހޯދައިފި
ޅ. ޒޯންގެ ފައިނަލަށް ސިކްސް ސެންސެސް ކަނުހުރާ
ޅ. ޒޯންގެ ކުޅުން ލެ މެރީޑިއެން ރިސޯޓުގައި ފަށައިފި
ޖޯލި މޯލްޑިވްސް މިއަހަރު ވެސް މިލައިދޫ ބަލިކޮށްފި
ޖޯލި މޯލްޑިވްސް އިން ރ. ޒޯންގެ ތަށި ދިފާއުކޮށްފި
ރ. ޒޯން ފައިނަލްގެ ފަހު ޖާގަ ޖޯލި މޯލްޑިވްސް އަށް
ޒޯންފައިނަލުގެ ޖާގައަކަށް ޖޯލި މޯލްޑިވްސް އާއި ޖޯލިބީން
ރ. ޒޯން, ޖޯލި މޯލްޑިވްސްގައި މާދަމާ ފަށަނީ
ބ. ޒޯނުގެ ޗެމްޕިއަންކަން މިފަހަރު ވެސް މިލައިދޫ އަށް