Roadha Mihaaru
އެސްއީޒެޑް: މި ފަސް އަހަރުން ހަގީގަތަކަށް ހަދާނަން

އެސްއީޒެޑް: ފަސް އަހަރުން ހަގީގަތަކަށް ހަދާނަން

19 ޑިސެމްބަރ 2023

ޓޫރިޒަމް ކަހަލަ ނާޒުކު ދާއިރާއަކަށް ރާއްޖެ ބަރޯސާވުން ކުޑަކޮށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ތަކެއް ހަދައި، އާ ދާއިރާތަކުން ބޮޑެތި އިންވެސްޓްމެންޓްތަކެއް ގެނެސް އިގްތިސާދު ފުޅާ ކުރުމުގެ ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. އެކަމާ ގުޅޭ ގާނޫނު 2014 ވަނަ އަހަރު އެކުލަވައިލާ، 2015 ވަނަ އަހަރު އެސްއީޒެޑް އިއުލާނުކުރި އެވެ. އެހެން ނަމަވެސް، މިއަދާ ހަމައަށް ވެސް ބޮޑެތި އިންވެސްޓްމެންޓްތައް ހުރީ، ފޮތްތަކުގައި ހަރުލާފަ އެވެ. އެކަން ހަގީގަތަކަށް ބަދަލެއް ނުކުރެވުނެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ޓޫރިޒަމް ކަހަލަ ނާޒުކު ދާއިރާއަކަށް ރާއްޖެ ބަރޯސާވުން ކުޑަކޮށް ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ތަކެއް ހަދައި، އާ ދާއިރާތަކުން ބޮޑެތި އިންވެސްޓްމެންޓްތަކެއް ގެނެސް އިގްތިސާދު ފުޅާ ކުރުމުގެ ވާހަކަ އަކީ އާ ވާހަކައެއް ނޫނެވެ. އެކަމާ ގުޅޭ ގާނޫނު 2014 ވަނަ އަހަރު އެކުލަވައިލާ، 2015 ވަނަ އަހަރު އެސްއީޒެޑް އިއުލާނުކުރި އެވެ. އެހެން ނަމަވެސް، މިއަދާ ހަމައަށް ވެސް ބޮޑެތި އިންވެސްޓްމެންޓްތައް ހުރީ، ފޮތްތަކުގައި ހަރުލާފަ އެވެ. އެކަން ހަގީގަތަކަށް ބަދަލެއް ނުކުރެވުނެވެ.

"މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ސައީދު ވިދާޅުވީ، އެސްއީޒެޑް ވުޖޫދަށް އައީ ރާއްޖެ އަށް ތިން ވަނަ އިންޑަސްޓްރީއެއް ބޭނުން ވާތީ ކަމަށެވެ. އޭނާ ވިދާޅުވީ، ކުރިން އެކަން ނުކުރެވުނީ ސިޔާސީ ގޮތުން ކުރިމަތިވި ލޮޅުންތަކުގެ ސަބަބުން ކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖެއިން ވަރަށް ގިނަ ސިޔާސީ ލޮޅުންތައް ތަޖުރިބާކޮށްފައިވާ އިރު މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަކީ ކަންކަން ހާސިލުކުރައްވަން ބޭނުންވާ ބޭފުޅެއް ކަމަށެވެ.

ސައީދު އިއްޔެ "މިހާރު އާ ވަހަކަދައްކަވަނީ: އޭނާ ވިދާޅުވީ، އިންވެސްޓަރުން ރާއްޖެ އަށް ގެނެވޭނެ ދާއިރާތައް އެބަހުރި ކަމަށް-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ސައީދު އިއްޔެ "މިހާރު އާ ވަހަކަދައްކަވަނީ: އޭނާ ވިދާޅުވީ، އިންވެސްޓަރުން ރާއްޖެ އަށް ގެނެވޭނެ ދާއިރާތައް އެބަހުރި ކަމަށް-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"ވަރަށް ޕްރޮމްޕްޓްކޮށް، ޓައިމްލައިނަކަށް މަސައްކަތް ކުރައްވާ ބޭފުޅެއް [ޑރ. މުހައްމަދު މުއިއްޒަކީ]. އެހެންވީމަ އެ މަނިކުފާނުގެ ވިސްނުންފުޅުގައި އެސްއީޒެޑްގެ ޕްރޮޖެކްޓެއް ނުވަތަ ޕްރޮޖެކްޓްތަކެއް ފެށުން ރާއްޖެއަށް ތިން ވަނަ އިންޑަސްޓްރީއެއް ގެނެވޭނެ ޖާގަ ލިބޭ ކަމުގައި ވަނީ ނަމަ،" އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، ރާއްޖޭގެ ވެށީގައި ކުރެވޭނެ ކަމެއް ނަމަ، އެކަމަށް އިންވެސްޓް ކުރާނެ ފަރާތްތައް ވާނެ ކަމަށެވެ. އޭނާ ވިދާޅުވީ، މިސާލަކަށް މެޑިކަލް ޓޫރިޒަމާއި ހަކަތައިގެ ދާއިރާއަކީ ވެސް ފުޅާ ކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ތެލަށް ބަރޯސާވާ ވަރު ކުޑަ ކުރުމަށް އިޔާދަކުރަނިވި ހަކަތައާ ގުޅުން ހުރި ޕްރޮޖެކްޓްތައް ރާއްޖޭގައި ހިންގޭނެ ކަމަށެވެ.

ސައީދު ވިދާޅުވީ، މި ކަންކަންކަމަކީ އެކަމަށް މަސައްކަތް ކޮށްފި ނަމަ، ކުރެވޭނެ ކަންކަން ކަމަށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ކުރާ މަސައްކަތުން އެފަދަ އެއް ޕްރޮޖެކްޓް ނުވަތަ ދެ ޕްރޮޖެކްޓެއް ގެނެސް، ރާއްޖޭގެ އާމްދަނީ އެތައް ގުނައަކަށް އިތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންވެސްޓަރުން ހޯދަނީ، އިންވެސްޓްމެންޓް ފޯރަމްތަކެއް ބާއްވާނެ

އާ ސަރުކާރުން ވަނީ އެސްއީޒެޑްގެ ގާނޫނުގެ ތެރެއިން އެންމެ މަދުވެގެން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އިންވެސްޓް ކުރަން ޖެހޭ ގޮތަށް ކަނޑައަޅައިފަ އެވެ. އަދި އިންވެސްޓް ކުރާނެ ނުވަ ދާއިރާއެއް ވެސް ފާހަގަކޮށްފައިވެ އެވެ. އޭގެ ތެރޭގައި މެނުފެކްޗަރިން މަސައްކަތްތަކާއި ޓްރާންސްޝިޕްމެންޓް ބަނދަރާއި ޓާޝަރީ ހޮސްޕިޓަލާއި އިންޓަނޭޝަނަލް ފައިނޭންސިން ދާއިރާ އާއި އިޔާދަކުރަނިވި ހަކަތަ ފަދަ ދާއިރާތައް ހިމެނެ އެވެ. "ގައުމެއްގެ ސްޓެބިލިޓީއަކީ ވަރަށް މުހިއްމު ކަމެއް ބޮޑެތި އިންވެސްޓްމެންޓްތައް ގެނައުމަށް. ހާއްސަކޮށް ޕޮލިޓިކަލް ސްޓެބިލިޓީ. އަޅުގަނޑުމެން ޑރ. މުއިއްޒުގެ ސަރުކާރުން އޯޕަން އާމްއެއް [ހުޅުވާލަނީ] އިންވެސްޓްމެންޓްތަކަށް. އެސްއީޒެޑްގެ އަމާޒު އެކުލަވާލެވިއްޖެ،" އޭނާ ވިދާޅުވި އެވެ.

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫއު ފެށުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ސައީދު ވިދާޅުވީ، އެސްއީޒެޑަށް އިންވެސްޓަރުން ހޯދުމަށް، އިންވެސްޓްމެންޓް ފޯރަމްތަކެއް ބާއްވާނެ ކަމަށެވެ. އަދި ކުރިން ކުރެވުނު ތަޖުރިބާއިން އިންވެސްޓަރުން ހޯދޭނެ ގޮތްތައް މާ ފަސޭހައިން ދެނެގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސައީދު ވިދާޅުވީ، އިޔާދަކުރަނިވި ހަކަތަ ބޭނުން ކުރާ ވަރު 34 ޕަސެންޓަށް ގެންދިއުމަށް ސަރުކާރުން މަސައްކަތް ފަށާފައިވާ އިރު އެއީ އެސްއީޒެޑްގެ ޕްރޮޖެކްޓްތައް ފެށުމުގައި ވަރަށް ބޮޑު އިސްކަމެއް ދޭނެ ދާއިރާއެއް ކަމަށެވެ.

"އެނާޖީ އުފެއްދުމުގައި ލޯ ކޮސްޓް އެންވަޔަރަމަންޓް ފްރެންޑްލީ ރެނިއުވަބަލް އެނާޖީ އަށް އިންވެސްޓް ކުރަން ބޭނުންވާ ނަމަ އަޅުގަނޑުމެން އެކަން ފަހިކޮށްދޭން ތައްޔާރު. ކޯ އިންވެސްޓްމެންޓަކީ 100 މިލިއަން ޑޮލަރު. އޭގެ ތެރެއިން ކުޑަ ޕަސެންޓެއް އެލޮކޭޓް ކުރެވޭނެ އޭ ޓޫރިޒަމަށް. ޓޫރިޒަމަކީ ރާއްޖޭގައި ޓެސްޓެޑް އެންޑް ޕްރޫވަން ކަމެއް،" އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި ޑޮލަރު ހިފެހެއްޓޭ ވަރު އިތުރުކޮށް ޑޮލަރުގެ ތާށިކަން ކުޑަ ކުރުމަށާއި އިގްތިސާދީ މައްސަލަތަކަށް ހައްލެއް ހޯދެން ވެސް އޮތީ ބޮޑެތި އިންވެސްޓްމެންޓްތައް ރާއްޖެއަށް ގެނެވިގެން ކަމަށް ސައީދު ވިދާޅުވި އެވެ. އެހެންވެ، މިއީ ސަރުކާރުން އިސްކަން ދޭނެ އެންމެ މުހިއްމު އެއް ކަން ކަމަށެވެ.

އިންވެސްޓް ކުރުމާއި އިންވެސްޓަރުން ހޯދަން އާ ސަރުކާރުން އިގްތިސާދު ފުޅާ ކުރަން އިސްކަންދެ އެވެ. ސަރުކާރުން އަންނަނީ އެސްއީޒެޑްގެ ޕްލޭންތައް ތައްޔާރު ކުރަމުންނެވެ. ސައީދުގެ ވިސްނުން ހުންނެވީ އިންވެސްޓަރުން ގެނައުމުގައި ވަކި ގައުމަކަށް ނުބަލައި ހުރިހާ ހިސާބަކަށް ވެސް އިސްކަން ދީގެން މަސައްކަތް ފެށުމެވެ.