ރައީސާއި ނައިބު ރައިބު ރައީސް އަދި ކެބިނެޓް ވަޒީރުންގެ މުސާރަ ބޮޑުކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއިދުނުކުރައްވާ ކަމަށް، ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
20 ޑިސެމްބަރ 2023
ރައީސާއި ނައިބު ރައިބު ރައީސް އަދި ކެބިނެޓް ވަޒީރުންގެ މުސާރަ ބޮޑުކުރަން، ރައީސް ޑރ. މުހައްމަދު މުއިއްޒު ތާއިދުނުކުރައްވާ ކަމަށް، ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
ކުރިން ވެރިކަންކުރި ޕާޓީ، އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ މާލިއްޔަތު ކޮމިޓީން ވަނީ ދައުލަތުގެ ތިން ބާރުގެ ވެރިންނާއި ނައިބު ރައީސާއި މިނިސްޓަރުންގެ އިތުރުން މަޖިލީހުގެ މެމްބަރުންގެ މުސާރަ ބޮޑުކުރަން ނިންމައިފަ އެވެ. ނަމަވެސް، ރާއްޖޭގެ އިގުތިސާދު އޮތް ހާލަތާ ހެދި މުސާރަތައް ބޮޑުކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.
އެކަމާ ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ޝަހީބު ވިދާޅުވީ ރައީސާއި ނައިބު ރައީސް އަދި މިނިސްޓަރުންގެ މުސާރަ ބޮޑުކުރަން މަޖިލީހުގެ ކޮމިޓީން ނިންމީ ރައީސްގެ އެދިވަޑައިގަތުމަށް ނޫން ކަމަށެވެ. އެއީ، އެ މަނިކުފާނު ތާއިދުކުރައްވާ ނިންމުމެއް ވެސް ނޫން ކަމަށް، ޝަހީބު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރުމެއް ނެތި މުސާރަ ބޮޑުކުރަން ނިންމީ ސަރުކާރާ މެދު ނަފްތަރު އުފައްދާށެވެ.
"ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރިންގެ މަޝްވަރާއެއް ވެސް ހޯއްދެވުމަކާ ނުލައި މިފަދަ ހައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣުލަބިއްޔަތެއް އޮތް ކޮމިޓީއަކުން މި ދަނޑިވަޅު ނިންމެވީ ސަރުކާރާ މެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކެން." ޝަހީބު ވިދާޅުވި އެވެ.
ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރީންގެ މަޝްވަރާއެއްވެސް ހޯއްދެވުމަކާނުލައި މިފަދަ ޙައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަޣްލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅު ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކެން.
— Mohamed Shahyb (@MvSpokesperson) December 20, 2023
ކޮމިޓީގެ އިއްތިފާގުން ނިންމާފައިވަނީ ރައީސްގެ މުސާރަ 120،000ރ. އަށް ބޮޑުކުރާށެވެ. މީގެ ކުރިން އެ މަގާމުގައި ހުންނަވާ ބޭފުޅަކަށް ލިބިވަޑައިގަންނަވަމުން ގެންދެވީ 100،000ރ. އެވެ. ނައިބު ރައީސަކަށް 75،000ރ. ލިބިވަޑައިގެންނެވިޔަސް، މުސާރައަށް އަލަށް ގެނައި ބަދަލުތަކާއެކު މަހު މުސާރަ 93،000ރ. އަށް އަރާނެ އެވެ.
މިނިސްޓަރުންނަށް މިހާރު ލިބިވަޑައިގަންނަވާ މުސާރައަކީ 66،000ރ. އެވެ. އެކަމަކު، އެ އަދަދު ބޮޑުކުރީ 72،000ރ. އަށެވެ.
- ރައްޔިތުންގެ މަޖިލިސް މެންބަރުން: 80،000ރ. (ކޮމިޓީ އެލަވަންސްގެ 20،000ރ. އާއެކު މަހަކު 100،000ރ.)
- މަޖިލީހުގެ ރައީސް: 90،000ރ. - މަޖިލީހުގެ ނައިބު ރައީސް: 88،000ރ.
- އުއްތަމަ ފަނޑިޔާރު: 91،000ރ.
- އެމްއެމްއޭ ގަވަރުނަރު: 74،000ރ.
- އޮޑިޓާ ޖެނެރަލް: 74،000ރ.
- ޕްރޮސެކިއުޓާ ޖެނެރަލް: 74،000ރ.
ރައީސާއި ނައިބު ރައީސްގެ މުސާރަ ބޮޑުކުރަން ނިންމިއަސް، އެ ދެ ބޭފުޅުންގެ މުސާރައިގެ އަދަދު ވަކި ގޮތަކަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާތީ އެކަމަށް އިސްލާހު ގެނައުމަށް ލަފާދިނުމަށް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
ރައީސްގެ ބޮޑުކުރާ މުސާރަ އިޖުތިމާއީ ފަންޑަކަށް
ރައީސާއި ނައިބު މަޖިލީހަށް ހާޒިރު ކުރެވޭ ގޮތް ހަދަނީ
ރައީސް އޮފީހުގެ ތަރުޖަމާނުގެ މަގާމުން ޝަހީބު ވަކިކޮށްފި
ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭ ކޮމިޓީ ނުބޭއްވުނު
ޕޮލިޓިކަލް ޑިރެކްޓަރުގެ ނަމުގައި ސިޔާސީ މަގާމެއް
މަގާމުތަކަށް ކުރީ ސަރުކާރުން ފޮނުވި ނަންތައް ގެންގޮސްފި
ކެބިނެޓަށް ރުހުން ހޯދަން މަޖިލީހަށް ފޮނުވައިފި
ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުން ހުއްޓާލާ: އިބޫ
ވިޕާހިލާފުވި ޕީއެންސީގެ މެންބަރުންނަށް ފިޔަވަޅު އަޅަނީ
ކޯޓު ޕެކިން: ރާއްޖޭގެ ސިޔާސީ ސަގާފަތަކަށް!