Roadha Mihaaru
މޯލްޑިވިއަން އައިޑޮލްގެ ގަދަ 16 ކަށަވަރުވެއްޖެ

މޯލްޑިވިއަން އައިޑޮލްގެ ގަދަ 16 ކަށަވަރުވެއްޖެ

12 ފެބުރުއަރީ 2017

ޓީވީއެމުން ގެނެސްދޭ "މޯލްޑިވިއަން އައިޑޮލް" ސީޒަން 2ގެ ގަދަ 16 ބައިވެރިން ރޭ ކަށަވަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓީވީއެމުން ގެނެސްދޭ "މޯލްޑިވިއަން އައިޑޮލް" ސީޒަން 2ގެ ގަދަ 16 ބައިވެރިން ރޭ ކަށަވަރުވެއްޖެ އެވެ.

ހަފުތާ ބަންދުގައި ގެނެސްދިން ދެ ޝޯގެ ތެރެއިން ހުކުރު ދުވަހުގެ ރޭ ޝޯ ހާއްސަވީ ތިއޭޓަ ރައުންޑަށް ދަތުރުކުރި 44 ބައިވެރިންގެ ގްރޫޕް ހުށަހެޅުންތަކަށެވެ. އެ ހުށަހެޅުންތަކަށް ފަހު، ތިއޭޓަ ރައުންޑްގެ ދެވަނަ ބުރަށް ދާން ފުރުސަތު ލިބުނީ 24 ބައިވެރިއަކަށެވެ.

ރޭގެ އެޕިސޯޑް ހާއްސަވީ އެ 24 ބައިވެރިންގެ ސޯލޯ ހުށަހެޅުންތަކަށެވެ.

އެ ހުށަހެޅުންތަކަށް ފަހު، ރޭ މި ވަނީ މުބާރާތުގެ ގަދަ 16 ކަށަވަރުވެފަ އެވެ.

"މޯލްޑިވިއަން އައިޑޮލް" ގެ ގަދަ 16 އަކީ:

1. އަހުމަދު ނަބީލް މުހައްމަދު/މާލެ 2. ހަމްދޫން އަހުމަދު/މާލެ 3. ހަސަން އިރުފާން /މާލެ 4. އަހުމަދު ފަރާޝް/ފުވައްމުލައް 5. އައިޝަތު ޖައިޝާ ވަހީދު /ސ. ހުޅުދޫ 6. މުހައްމަދު ރައިހާން /މާލެ 7. އަހުމަދު ނާއިޝް ނިޔާޒް /މާލެ 8. މުހައްމަދު ހަމްދާން /ރ. މީދޫ 9. އަބްދުﷲ ހިޝާން /ތ. މަޑިފުށި 10. އަހުމަދު ސައްޔާހް /ކ. ގުޅި 11. ޝަޒާ އަބްދުﷲ ރަޝީދު /ރ. އަލިފުށި 12. ޝަނީޒާ ޝަރީފް /އދ. މާމިގިލި 13. މުހައްމަދު ތަސްނީމު /ކ. މާފުށި 14. ޝަމްވީލު މުހައްމަދު /މާލެ 15. އިބްރާހީމް ވަހީދު އުސްމާން /ށ. ކޮމަންޑޫ 16. ހުސެއިން ސަމާހް /މާލެ

ރާއްޖޭގެ ފަސް ސަރަހައްދެއްގައި އޮޑިޝަން ބާއްވައިގެން، ހޮވާލެވުނު ބައިވެރިންގެ ތެރެއިން ގަދަ 16 ބައިވެރިންނާ އެކު އަންނަ ހަފުތާ ބަންދުގެ ޝޯތައް ކުރިއަށް ގެންދާ އިރު، ގަދަ 16 އިން ފުރުސަތު ލިބުނު ބައިވެރިންގެ ތެރެއިން ދެ ބައިވެރިއަކީ "މޯލްޑިވިއަން އައިޑޮލް" ސީޒަން އެކަކުން ވިދާލި ދެ ލަވަ ކިޔުންތެރިއެއްގެ އާއިލާގެ މެމްބަރުންނެވެ.

އެއީ ސީޒަން އެކެއްގެ ތިން ވަނަ އަށް ދިޔަ އަހުމަދު އިޝާންގެ ކޮއްކޮ ހިޝާން އާއި އަމާން އިބްރާހީމްގެ ބޭބެ އިރުފާނެވެ.

"މޯލްޑިވިއަން އައިޑޮލް" ގެ ތިން ޖަޖުން.

"މޯލްޑިވިއަން އައިޑޮލް" ގެ ތިން ޖަޖުން.

ގަދަ 16 އަށް ބަލާ އިރު، ފުރުސަތު ލިބުނު ބައިވެރިންގެ ތެރޭގައި ހިމެނެނީ އެންމެ ތިން އަންހެން ބައިވެރިންނެވެ.

އަންނަ ހަފުތާގައި އޮންނާނީ "މޯލްޑިވިއަން އައިޑޮލް" ގެ ޕިއާނޯ ރައުންޑެވެ.

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މި ރިއަލިޓީ ޝޯގެ ޖަޖުންނަކީ މަރިޔަމް އުނޫޝާ (ކިޑީ)، އިބްރާހީމް ޒައިދު އަލީ (ކުޑަ އިއްބެ) އަދި އިސްމާއީލް އައްފާނެވެ.