Roadha Mihaaru
ރައީސް، ގާސިމާ ބައްދަލުކުރައްވައިފި

ރައީސް، ގާސިމާ ބައްދަލުކުރައްވައިފި

20 ޑިސެމްބަރ 2023

ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ މިއަދު ބައްދަލުކުރައްވައިފި އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރައީސް ޑރ. މުހައްމަދު މުއިއްޒު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ މިއަދު ބައްދަލުކުރައްވައިފި އެވެ.

ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމަށް ފަހު، ގާސިމް މީޑިއާ އަށް ވިދާޅުވީ، ގާނޫނީ އިމުގެ ތެރެއިން ރައީސް ޑރ. މުއިއްޒަށް އެއްބާރުލުން ދެއްވާނެ ކަމަށް ދެންނެވި ކަމަށެވެ.

"ކޯލިޝަނެއް އޮތަސް ނެތަސް ރައީސަށް ދެންނެވީމޭ ގާނޫނާ އެއްގޮތަށް މަސައްކަތް ކުރާ ކޮންމެ ސަރުކާރަކާ އެކު އަޅުގަނޑު ހުންނާނަމޭ. އަޅުގަނޑު މަސައްކަތް ކުރާ ނަމޭ. ޖޭޕީން މަސައްކަތް ކުރާނަމޭ،" މާމިގިލި ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ގާސިމް ވިދާޅުވި އެވެ.

ގާސިމްގެ އިތުރުން އެމްޑީއޭގެ ލީޑަރު އަދި މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދާއި އެމްއެންޕީގެ ލީޑަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމާ ވެސް ރައީސް މުއިއްޒު މިއަދު ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރެއްވުމަށްފަހު ޖޭޕީ ލީޑަރު ގާސިމް އިބްރާހިމް ރައީސް އޮފީހުން ނުކުމެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރެއްވުމަށްފަހު ޖޭޕީ ލީޑަރު ގާސިމް އިބްރާހިމް ރައީސް އޮފީހުން ނުކުމެވަޑައިގަންނަވަނީ.---ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެކަމަކު އެ ތިން ޕާޓީގެ ލީޑަރުންނާ ރައީސް ބައްދަލުކުރައްވާ ސަބަބެއް އަދި ނޭނގެ އެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ގާސިމްގެ އިތުރުން ނާޒިމް ވާދަކުރެއްވި އެވެ. ދެވަނަ ބުރުގައި މުއިއްޒާ އެކު ކޯލިޝަން ހަދަން ނާޒިމް ނިންމެވި ނަމަވެސް، ގާސިމް ވަނީ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރައްވަން ނިންމަވައިފަ އެވެ.

ސިޔާމްގެ އެމްޑީއޭއިން ފުރަތަމަ ބުރުގައި ތާއީދުކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. ނަމަވެސް، އިންތިހާބު ފުރަތަމަ ބުރަށް ފަހު، ދެވަނަ ބުރުގެ ކުރިން އެމްޑީއޭގެ ތާއީދު ވަނީ އަނބުރާ ގެންގޮސްފަ އެވެ.