Roadha Mihaaru

ޔުނާން ޝަރުތާ ހިލާފުވެ ބޭރުގައި އުޅޭތީ ބަންދުކޮށްދޭން އެދިއްޖެ

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށް، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވަނިކޮށް ދޫކޮށްލި ފިލްމީތަރި މުހައްމަދު ޔުނާން އަލުން ހައްޔަރުކުރުމަށް އެދިއްޖެ އެވެ.

ޔުނާން އަލުން ބަންދުކުރަން ކޯޓުގައި އެދެފި
ނާޒިމް ހަސަން
ނާޒިމް ހަސަން

26 ޑިސެމްބަރ 2023

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދައުލަތުން ދައުވާކޮށް، ޝަރީއަތް ނިމެންދެން ބަންދު ކޮށްފައިވަނިކޮށް ދޫކޮށްލި ފިލްމީތަރި މުހައްމަދު ޔުނާން އަލުން ހައްޔަރުކުރުމަށް އެދިއްޖެ އެވެ.

ޕްރޮސިކިއުޓާ ޖެނަރަލް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ޔުނާން އަލުން ބަންދުކޮށްދޭން އެދި ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެގޮތަށް އެދުނީ ޔުނާން ބަންދުން ދޫކޮށްލަމުން ކޯޓުން ކަނޑައެޅި ޝަރުތަކާ ހިލާފުވެފައިވާތީ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޔުނާން ބަންދުން ދޫކޮށްލީ ޒަރޫރީ ކަމެއްގައި ނޫނީ ގެއިން ބޭރަށް ނުދިއުމަށް ޝަރުތުކޮށްފައި ވިޔަސް އޭނާ ގެއިން ބޭރުގައި އުޅެ އެވެ. ގެއިން ބޭރަށް ނުދިއުމުގެ އިތުރުން ކޯޓުގެ ހުއްދަ ނެތި ފުރައިގެން ނުދިއުމާއި ދިރިއުޅޭ ތަން ކޯޓަށް އެންގުން ފަދަ ޝަރުތުތަކެއް ވެސް ޔުނާންގެ މައްޗަށް ކޮށްފައިވެ އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ޔުނާން އާއި އޭނާގެ އަނބިމީހާ ފާތިމަތު ރިހުލާ ހައްޔަރުކޮށް، ދައުވާކުރީ ޑިސެމްބަރު 2020 ގަ އެވެ. އެ މައްސަލައިގައި އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރިތާ ދެ އަހަރު ފަހުން މިދިޔަ މާޗް މަހު ރިހުލާ ވަނީ ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.

ޔުނާން ބަންދުން ދޫކޮށްލަން ނިންމި ނިންމުން އިސްތިއުނާފު ކުރަން ދައުލަތުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެނގިފައިވެ އެވެ. އެ މައްސަލާގައި ޔުނާންގެ މައްޗަށް ނުވަ ދައުވާއެއް ކުރާއިރު، ރިހުލާގެ މައްޗަށް ފަސް ދައުވާއެއް ކުރެ އެވެ.

އެ މައްސަލަ މިހާރު އޮތީ ހުޅުމާލޭ ކޯޓުގައި ނިމުމަކާ ހިސާބުގަ އެވެ.