Roadha Mihaaru
ހާއްސަ ޖަލްސާއެއް ބާއްވަން އެމްޑީޕީން ސޮއި ހަމަކުރަނީ

ވަޒީރުންނަށް ރުހުން ދޭން ހާއްސަ ޖަލްސާއަކަށް އެމްޑީޕީން ސޮއި ހަމަކުރަނީ

30 ޑިސެމްބަރ 2023

ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބާއްވަން ސޮއި ހަމަކުރުމުގެ މަސައްކަތް އެމްޑީޕީން ފަށައިފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ވަޒީރުންނަށް ރުހުން ދިނުމަށް ދައުރުން ބޭރުން ހާއްސަ ޖަލްސާއެއް ބާއްވަން ސޮއި ހަމަކުރުމުގެ މަސައްކަތް އެމްޑީޕީން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން މިއަދު ވަނީ ކެބިނެޓުގައި ހިމެނޭ 22 ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފަ އެވެ.

އެކަމާ ގުޅިގެން ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން އެމްޑީޕީގެ މެންބަރުން މިއަދު ވަނީ ސޮއި ހަމަ ކުރަން ފަށާފައި ކަމަށް އެމްޑީޕީގެ މެންބަރުން "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ. އަދި މެންބަރުން ސޮއި ކުރާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވެސް ވަނީ އާންމުވެފަ އެވެ.

ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މެންބަރުން ސޮއި ކުރަނީ--

ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން މެންބަރުން ސޮއި ކުރަނީ--

މަޖިލީހުގެ ގަވައިދުގައި އޮންނަ ގޮތުން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވޭނީ މަޖިލީހުގެ ތިންބައިިކުޅަ އެއްބައިި މެންބަރުން ސޮއި ކޮށްގެނެވެ.

ބައެއް މެންބަރުން ވިދާޅުވި ގޮތުގައި މިއަދު މިހާރު އެ އަދަދަށް ސޮއި ހަމަވާނެ ކަމަށް ބެލެވެ އެވެ.

ސޮއި ހަމަ ކުރުމަށް ފަހު މަޖިލީހަށް ހުށަހެޅުމުން 14 ދުވަސް ތެރޭގައި ޖަލްސާއެއް ބާއްވަން މަޖިލީހުގެ ރައީސަށް ގަވައިދު ލާޒިމް ކުރެ އެވެ.

މަޖިލީހުގެ ތިން ވަނަ ދައުރުގެ ފަހު ޖަލްސާ ނިންމާލަމުން މަޖިލިސް ރައީސް މުހައްމަދު އަސްލަމް ވިދާޅުވެފައި ވަނީ ކޮމިޓީގެ މަސައްކަތް ނިންމުމަށް ފަހު ރުހުން ހޯދަން ދައުރުން ބޭރުން ހާއްސަ ޖަލްސާއަކަށް މެންބަރުން އެދެފި ނަމަ ވަރަށް އަވަހަށް އެކަން ހަމަޖައްސައި ދޭނެ އެވެ.

ހުރިހާ ވަޒީރުންނަށް ރުހުން ދިނުމަށް މިއަދު ކޮމިޓީން ފާސްވި ނަމަވެސް އެ ވޯޓުގައި އެމްޑީޕީގެ މެންބަރުން ނިންމީ ވަކި ގޮތަކަށް ވޯޓު ނުދިނުމެވެ. ރުހުން ދޭން ފާސް ވީ ޕީޕީއެމް އާއި ޕީއެންސީ އާއި އެމްއެންޕީ އަދި ޑިމޮކްރެޓްސް ތަމްސީލް ކުރާ މެންބަރުންގެ ވޯޓުންނެވެ.