Roadha Mihaaru
ފަލަސްތީނުގެ ކުރީގެ ވަޒީރަކު އަވަހާރަކޮށްލައިފި

އިޒްރޭލުގެ ހަމަލާއެއްގައި ފަލަސްތީނުގެ ކުރީގެ ވަޒީރަކު އަވަހާރަވެއްޖެ

01 ޖެނުއަރީ 2024

ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ ކުރީގެ ވަޒީރެއްގެ ގެޔަށް ހަމަލާދީ އޭނާ އަވަހާރަކޮށްލައިފި އެވެ.

ޣައްޒާއަށް އިޒްރޭލުން ދެމުން ގެންދާ ހަމަލާތަކުގައި ފަލަސްތީނުގެ ކުރީގެ ވަޒީރެއްގެ ގެޔަށް ހަމަލާދީ އޭނާ އަވަހާރަކޮށްލައިފި އެވެ.

ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ އާއި ހަމާސް އިން ބުނީ ކުރީގެ ރިލިޖަސް އެފެއާޒް މިނިސްޓަރު ޔޫސުފް ސަލާމާ، 68، އަވަހާރަވީ އަލް މަޣާޒީ ރެފިއުޖީ ކޭމްޕް ސަރަހައްދަށް ދިން ހަމަލާއެއްގައި ކަމަށެވެ.

ހަމާސްއާ ވާދަވެރި ފަތަހަ ޖަމާއަތާ ގާތް ބޭފުޅެއްގެ ގޮތުގައި ބެލެވޭ ސަލާމާ ވަޒީރުކަން ކުރެއްވީ ފެބްރުއަރީ 2005 އިން މާޗް 2006 އަށެވެ.

އޭނާ އަކީ އަގްސާ ހަރަމްފުޅުގައި ދީނީ ނަސޭހަތް ދެއްވުމުގައި ވެސް އުޅުއްވި ބޭފުޅެކެވެ.

ސަލާމާ އަވަހާރަކޮށްލި ހަމަލާއާ ބެހޭ ގޮތުން އިޒްރޭލުން އަދި ވާހަކައެއް ނުދައްކަ އެވެ.

އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ކުއްލި ހަމަލާތަކެއް ދީ ހާހަކަށް ވުރެ ގިނަ މީހުން މަރާލުމުން ހަމާސް ނައްތާލަން ކަމަށް ބުނެ އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައ ފަލަސްތީނުގެ 21،800 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުވެފަ އެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. -- އޭއެފްޕީ