Roadha Mihaaru
ވަރުގަދަ ބިންހެލުމަކަށް ފަހު ޖަޕާނަށް ސުނާމީއެއް

ވަރުގަދަ ބިންހެލުމަކަށް ފަހު ޖަޕާނަށް ސުނާމީއެއް

01 ޖެނުއަރީ 2024

ޖަޕާނުގެ މެދުތެރެއަށް ރިކްޓަ މިންގަނޑުން 7.5 ގެ ބާރުމިނުގައި އައި ބިންހެލުމަކަށް ފަހު ސުނާމީ އަރައިފި އެވެ.

ޖަޕާނުގެ މެދުތެރެއަށް ރިކްޓަ މިންގަނޑުން 7.5 ގެ ބާރުމިނުގައި އައި ބިންހެލުމަކަށް ފަހު ސުނާމީ އަރައިފި އެވެ.

ސުނާމީގެ ފުރަތަަމަ ރާޅުތައް މިހާރު އަރާފައި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައި ވިޔަސް ތަފްސީލެއް އަދި ނުލިބެ އެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން ވަޖީމާ ޕޯޓް ސަރަހައްދަށް ފުރަތަމަ އައި ރާޅުތަކުގެ އުސްމިނުގައި 1.2 މީޓަރު (ހަތަރު ފޫޓް) އުސްމިން ހުއްޓެވެ.

ސުނާމީގެ ރާޅުތަކުގައި ފަސް މީޓަރު ވެސް ހުރެދާނެ ކަމަށް އިންޒާރު ދިން ނަމަވެސް ބޮޑު ގެއްލުމެއް ވާ ވަރަށް ސުނާމީއެއް ނާރަ އެވެ.

ޖަޕާނު ގަޑިން މެންދުރު ފަހު 4:21 ގައި އައި ބިންހެލުމާ އެކު، އާންމުން ރައްކާތެރި ހިސާބުތަކަށް ދާން އަންގައި ސުނާމީގެ އިންޒާރު އޮތީ ދީފަ އެވެ. ސުނާމީގެ ރާޅުތަކުގެ އުސްމިން ތިން މީޓަރަށް ވުރެ ވެސް އުސްކޮށް ހުރެދާނެ ކަމަށާއި ޖަޕާން ކަނޑުގެ އައްސޭރީގައިވާ ހުރިހާ ތަނަކަށް ސުނާމީ އަރާފާނެ ކަމުގެ އިންޒާރު ދިނެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނީ އިޝިކާވާ ޕްރިފެކްޗާގެ އަނަމިޒޫގެ އިރު އުތުރުން 10 ކިލޯމީޓަރު އަޑިން ކަމަށެވެ.

ފުރަތަމަ އައި ބިންހެލުމަށް ފަހު ވެސް ނޯޓޯ ޕެނިންސިއުލާ އަށް 7.4 މެގްނިޓިއުޑްގެ ބާރުމިނުގައި ލޮޅުންތައް އެރި އެވެ. ޖުމްލަ 11 ލޮޅުމެއް އެރި މި ހިސާބަށް ފަސް މީޓަރު އުސްމިނުގައި ސުނާމީ އަރާފާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ޖަޕާނުގެ މެޓް އޮފީހުން ބުނީ މެގްނިޓިއުޑް 4.0 އިން މަތީގެ 21 ބިންހެލުން މިހާތަނަށް އައިސްފައިވާ ކަމަށެވެ.

ނޯޓޯ ޕެނިންސިއުލާ އަށް ދިން ސުނާމީ އިންޒާރުގެ މިންގަނޑު ހުރީ 2011 ވަނަ އަހަރު މާޗު މަހު އެރި ސުނާމީގައި ވެސް ދިން އިންޒާރާ އެއް ލެވަލްއެއްގަ އެވެ.

ބިންހެލުމުގެ އަސަރު ނިއުކްލިއާ ޕްލާންޓަކަށް ވެސް ކޮށްފައި ވާއިރު އެތަނަށް އެއްވެސް ގެއްލުމެއް ނުވާ ކަމަށް، އެތަން އޮޕަރޭޓްކުރާ ޓެޕްކޯ އިން ވަނީ ބުނެފަ އެވެ. އެކަމަކު ބިންހެލުމުގެ އަސަރުކުރި އެކި ހިސާބުތަކުން 33،500 އަށްވުރެ ގިނަ ގެއިން ކަރަންޓު ކެނޑިފައިވާ ކަމަށް ޖަޕާންގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފަ އެވެ.

ބިންހެލުމުގެ ސަބަބުން މަގުތަކާއި އިމާރާތްތަކަށް ވަނީ ބޮޑެތި ގެއްލުންތައް ވެފަ އެވެ.