Roadha Mihaaru
މުޅި އަހަރު ހޭދަވާނީ ހަމަލާ ދިނުމުގައި: އިޒްރޭލް

މުޅި އަހަރު ވެސް ހޭދަވާނީ ހަމަލާ ދިނުމުގައި ކަމަށް އިޒްރޭލުން ބުނެފި

02 ޖެނުއަރީ 2024

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަށް މި އަހަރު ވެސް ނިމުމެއް ނެތް ކަމަށާއި ހުއްޓުމެއް ނެތި ހަމަލާތައް އަދިވެސް ދާނީ ކުރިއަށް ކަމަށް ބުނެފި އެވެ.

އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަށް މި އަހަރު ވެސް ނިމުމެއް ނެތް ކަމަށާއި ހުއްޓުމެއް ނެތި ހަމަލާތައް އަދިވެސް ދާނީ ކުރިއަށް ކަމަށް ބުނެފި އެވެ.

ހަމަލާތަކުގައި ފަލަސްތީނުގެ އިތުރު ބަޔަކު ޝަހީދުކޮށްލުމަށް ފަހު އިޒްރޭލު އަސްކަރިއްޔާގެ ތަރުޖަމާނު ޑެނިއަލް ހަގާރީ ބުނީ ހަނގުރާމައަށް ނެރެފައިވާ ރިޒާވް ސިފައިންގެ 30،000 މީހުންނަށް ކުޑަ ޗުއްޓީއެއް ދޭން ނިންމާފައިވާ ކަމަށާއި އެއީ ދިގުދެމިގެންދާނެ ހަމަލާތަކެއް އަދި އޮތުމުން ކަމަށެވެ.

ފަހުގެ ތާރީހެއްގައި އިޒްރޭލުން ފަލަސްތީނާ ދެކޮޅަށް ހިންގާ އެންމެ އަނިޔާވެރި މި އަމަލުތަކާ އެކު މި ނިމުނީ ފަލަސްތީނުގެ އާންމުންނަށް އެންމެ އަނިޔާވެރި އެއް އަހަރު ކަމަށް އެހީގެ ޖަމިއްޔާތަކުން ބުނެ އެވެ. އެކަމަކު އަދިވެސް ހަމަލާތައް ހުއްޓޭނެ ކަމުގެ އެއްވެސް އަލާމާތެއް ނުވެ އެވެ. އާ އަހަރު ފެށުމާ ދިމާކޮށް އިޒްރޭލުން ހަމަލާ ދިން އިރު ހަމާސް އިން އިޒްރޭލަށް އަމާޒުކޮށް ރޮކެޓް ހަމަލާތަކެއް ވެސް ވަނީ ފޮނުވާލައިފަ އެވެ.

އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ކުއްލި ހަމަލާތަކަށް ފަހު ހަމާސްއާ ނައްތާލުމުގެ ނަމުގައި އިޒްރޭލުން ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 22،000 މީހަކު ވަނީ ޝަހީދުވެފަ އެވެ.

އދ. އިން ބުނެފައިވާ ގޮތުގައި ޣައްޒާގެ އާބާދީގެ 85 ޕަސެންޓް ތިބީ ގެދޮރު ގެއްލިފަ އެވެ. -- އޭއެފްޕީ