13 ފެބުރުއަރީ 2017
ވޮޝިންޓަން (ފެބްރުއަރީ 13) - އެމެރިކާ އަށް މުސްލިމް ހަތް ގައުމެއްގެ މީހުން ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރު ހުއްޓުވުމަށް ޑިސްޓްރިކްޓް ކޯޓުން ނެރުނު އަމުރަށް ތާއިދުކުރި އިސްތިއުނާފް ކޯޓުގެ ފަނޑިޔާރުންނަށް ޓްރަމްޕުގެ މުޝީރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
ވޮޝިންޓަން (ފެބްރުއަރީ 13) - އެމެރިކާ އަށް މުސްލިމް ހަތް ގައުމެއްގެ މީހުން ވަނުން މަނާކުރުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނެރުއްވި އަމުރު ހުއްޓުވުމަށް ޑިސްޓްރިކްޓް ކޯޓުން ނެރުނު އަމުރަށް ތާއިދުކުރި އިސްތިއުނާފް ކޯޓުގެ ފަނޑިޔާރުންނަށް ޓްރަމްޕުގެ މުޝީރު ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ މީޑިއާތަކަށް ސްޓެފަން މިލާ ވިދާޅުވީ އިސްތިއުނާފް ކޯޓުގެ ހުކުމަކީ އަދުލު އިންސާފުގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށާއި އެކަމަކު ރައީސް އަށް ލިބިގެންވާ ބާރުތަކާ މެދު ޝައްކު އުފައްދާނެ ޖާގައެއް ނެތް ކަމަށެވެ.
ޓްރަމްޕް ނެރުއްވި ރިޔާސީ ގަރާރުގައިވާ ގޮތުން މުސްލިމް ހަތް ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން ވަނީ މަނާކޮށްފަ އެވެ. މި އަމުރާ ގުޅިގެން ވަނީ އެމެރިކާގެ އެކި ސްޓޭޓްތަކާއި އެއާޕޯޓްތަކުގައި މުޒާހަރާކޮށްފަ އެވެ. މި އަމުރާ ދެކޮޅަށް ބައެއް ސްޓޭޓްތަކުން ވަނީ ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ. އެންމެ ފަހުން ވޮޝިންޓަނުގެ ހައި ކޯޓުން ވަނީ ޓްރަމްޕުގެ އަމުރު ހުއްޓުވުމަށް އަމުރެއް ނެރެފަ އެވެ. މި އަމުރު އެމެރިކާ ސަރުކާރުން ސެން ފްރެންސިސްކޯ ނައިންތު ސާކިޓް އެޕީލް ކޯޓުގައި އިސްތިއުނާފް ކުރުމުން ވަނީ ދަށު ކޯޓުގެ އަމުރު ދަމަހައްޓައިފަ އެވެ.
ޓްރަމްޕް ވިދާޅުވެފައި ވަނީ އިސްތިއުނާފް ކޯޓުގެ ހުކުމް މަތީ މަރުހަލާގެ ކޯޓަކަށް ގެންދާނެ ކަމަށެވެ. އަދި ފަހުން ވަނީ މުސްލިމުން މަނާ ކުރުމަށް އާ އަމުރެއް ނެރުމަށް ވިސްނަވަމުންދާ ކަމަށް ވިދާޅުވެފަ އެވެ.
ފޮކްސް ނިއުސްގައި ވާހަކަ ދައްކަވަމުން މިލާ ވިދާޅުވީ އިސްތިއުނާފް ކޯޓުން މާ ބޮޑަށް ޖަޒުބާތުގައި ޖެހުނީ ކަމަށެވެ. އަދި އޭބީސީގައި ވާހަކަ ދައްކަވަމުން މިލާ ވިދާޅުވީ ސަރުކާރުގެ ތިން ބާރަށް ލިބިގެންވާ ބާރުތައް ހަމަހަމަ ކަމަށާއި އޭގެ ތެރޭން ޝަރުއީ ނިޒާމަށް ވަކި ޚާއްސަ ބާރުތަކެއް ލިބިގެން ނުވާ ކަމަށެވެ.
އެމެރިކާ ސަރުކާރުން ބުނެފައި ވަނީ ގައުމުގެ ސަލާމަތަށްޓަކައި މުހިންމު ފިޔަވަޅުތައް އެޅުމުގެ ބާރު ލިބިގެންވާ ފަރާތަކީ ރައީސް ކަމަށްވާ އިރު ރައީސްގެ ބާރުތައް ހަނި ނުކުރެވޭނެ ކަމަށެވެ.
މުސްލިމުން މަނާކުުރުން އެންމެ ފަހުން ސުޕްރީމް ކޯޓަށް
ހަ ގައުމެއްގެ މީހުން އެމެރިކާ އަށް ވަނުން މަނާކޮށްފި
މުސްލިމުން މަނާކުރުމުގެ އަމުރަށް އަނެއްކާވެސް ލުޔެއް
މުސްލިމުން މަނާކުރި އަމުރަށް ކޯޓުގައި އަނެއްކާވެސް ނާކާމިޔާބު
އެމެރިކާއަށް ވަނުން މަނާކުރީ މުސްލިމުންނާ ދެކޮޅަށް ނޫން
ޓްރަމްޕުގެ ގަރާރު މަނާކުރާ އަމުރެއް މި ފަހަރު ނުނެރުނު
ޓްރަމްޕުގެ އަމުރާ އިތުރު ސްޓޭޓްތަކުން ދެކޮޅު ހަދަނީ
ޓްރަމްޕުގެ އަމުރާ ދެކޮޅު މައްސަލައިގެ އަޑުއެހުން 15 ގައި
މުސްލިމުން މަނާކުރާ އާ އަމުރު ހުއްޓުވަން ކޯޓަށް
މަނާކުރި ގައުމުތަކުގެ ލިސްޓުން އިރާގު އުނިކުރީ ކީއްވެ؟