Roadha Mihaaru
ބައެއް މަގުތަކުގައި ބަރުއުޅަނދު ޕާކުނުކުރަން އިންޒާރު

ބާރުބޮޑު ސަރަަހައްދުތަކުގައި ބަރުއުޅަނދު ޕާކުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި

05 ޖެނުއަރީ 2024

މާލޭގައި ކަނޑައަޅާފައިވާ ޕާކިން ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި ޕާކު ނުކުރުމަށާއި ބާރުބޮޑު ބައެއް ސަރަހައްދުތަކުގައި ބަރުއުޅަނދު ޕާކުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން މިއަދު ދީފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މާލޭގައި ކަނޑައަޅާފައިވާ ޕާކިން ޒޯންތައް ފިޔަވައި އެހެން ތަންތަނުގައި ޕާކު ނުކުރުމަށާއި ބާރުބޮޑު ބައެއް ސަރަހައްދުތަކުގައި ބަރުއުޅަނދު ޕާކުކުރާ ނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން މިއަދު ދީފި އެވެ.

ފުލުހުން މިއަދު ބުނީ، ގްރީން ޒޯން ސަރަހައްދާއި ސަލްމާން މިސްކިތް ހިމެނޭ ސަރަހައްދުގެ އިތުރުން ބޮޑުތަކުރުފާނު މަގުގެ ބައެއް ހިސާބުތަކުގައި ޕާކް ކުރާ މައްސަލަ ފާހަގަވެފައިވާ ކަމަށެވެ.

އެފަދަ ތަންތަނާއި ޕާކިން ޒޯންތަކާއި ޕާކް ކުރަން ކަނޑައަޅާފައިވާ ތަންތަން ނޫން އެހެން ތަންތަނުގައި ޕާކު ނުކުރުމަށް އެދި ފުލުހުން ބުނީ، އާންމުންނަށް ދަތިވާ ގޮތަށް މިހެން ހުންނަ އުޅަނދުތަކާ މެދު ގާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށެވެ.

މާލޭގައި ޕާކިން ޖާގަ ތަނަވަސްކޮށްދިނުމަކީ ރައީސް، ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމަނާފައިވާ ކަމެކެވެ. އޭގެ ތެރޭގައި ޕާކިން އިމާރާތް ނުވަތަ ޕާކިން ބިލްޑިން އެޅުން ހިމެނެ އެވެ. އެ މަސައްކަތްތައް ސަރުކާރުން މިހާރު ވަނީ ފަށައިފަ އެވެ.