Roadha Mihaaru
ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯން ސާފުކުރަނީ

ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯންގެ މަގުތަކުން ވެހިކަލްތައް ނަގަން އަންގައިފި

29 އޯގަސްޓް 2024

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯން ސާފުކުރަން ބޭނުންވާތީ އެ ސަރަހައްދުގެ ހުރިހާ މަގެއްގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ނަގަން ފުލުހުން މިއަދު އަންގައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުމާލޭގެ އިންޑަސްޓްރިއަލް ޒޯން ސާފުކުރަން ބޭނުންވާތީ އެ ސަރަހައްދުގެ ހުރިހާ މަގެއްގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ނަގަން ފުލުހުން މިއަދު އަންގައިފި އެވެ.

ފުލުހުން ކުރި އިއުލާނެއްގައި، އިންޑަސްޓްރިއަލް ޒޯންގެ ނުވަ މަގަކުން ހުރިހާ ވެހިކަލްތަކެއް ނަގަން ވަނީ އަންގައިފަ އެވެ. އެ މަގުތަކުގައި ހުރި ވެހިކަލްތައް މިރޭ 11:00 ގެ ކުރިން ނަގަން ވަނީ އެދިފަ އެވެ.

އަޅާނުލައި ދޫކޮށްލާފައި އޮތުމުގެ ސަބަބުން ހުޅުމާލެ އިންޑަސްޓްރިއަލް ޒޯނުގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ އެތައް ބައިވަރު ވެހިކަލްތައް އެބަހުއްޓެވެ. އޭގެ ތެރޭގައި ގިނަ ދުވަސްވުމުގެ ސަބަބުން ވީރާނާވެފައި ހުރި ވެހިކަލްތައް ވެސް އެބަހުއްޓެވެ.

އެ ސަރަހައްދުގެ މަގުތަކުގައި ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތަކާއި ހަކާލުވެފައި ހުރި ވެހިކަލްތައް ޓޯކުރުމުގެ މަސައްކަތް އެޗްޑީސީން ވަނީ މީގެ ކުރިން ވެސް ކޮށްފަ އެވެ.

ގަވައިދާ ހިލާފަށް މަގުތަކުގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ބަލައި އެޗްޑީސީން 2022 ވަނަ އަހަރު ހެދި ސާވޭގެ ރިޕޯޓުގައި ބުނިގޮތުގައި ރަޖިސްޓްރީ ނަންބަރު ނެތް 370 ވެހިކަލާއި ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައިވާ 46 ވެހިކަލް ހުޅުމާލޭގެ މަގުތަކުގައި އޭރު ހުއްޓެވެ.