ސްރީ ލަންކާ ސިފައިން ކަނޑުމަތީގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްބޯޓަކުން 245 ކިލޯގެ މަސްތުވާތަކެތި އިއްޔެ އަތުލައިގެންފި އެވެ.
ސްރީ ލަންކާ ސިފައިން ކަނޑުމަތީގައި ހިންގި ހާއްސަ އޮޕަރޭޝަނެއްގައި މަސްބޯޓަކުން 245 ކިލޯގެ މަސްތުވާތަކެތި އިއްޔެ އަތުލައިގެންފި އެވެ.
ކަނޑުގެ ސިފައިންގެ ތަރުޖަމާނަކު ވިދާޅުވީ މި ތަކެތި އަތުލައިގަތީ ލަންކާގެ މަސްބޯޓަކުން ކަމަށާއި އެ ތަކެއްޗާ އެކު ހަ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ބަންދުކޮށްފައި ހުރި 278 ޕާރުސަލް ފެނުނު ކަމަށް ބުންޏެވެ.
އިއްޔެ ހެނދުނުގެ ވަގުތެއްގައި ލަންކާގެ ހިއްކަޑުވާގެ ހުޅަނގުން 28 ނޯޓިކަލް މޭލު ބޭރުން އަތުލައިގެން ބޯޓުގައި ކްރިސްޓަލް މެތަމްފެޓަމިން (އައިސް) އާއި ހެރޮއިން ހުއްޓެވެ. މި ތަކެތީގެ އަގު 3،190 މިލިއަން ރުޕީސް (9.8 މިލިއަން ޑޮލަރު، 152 މިލިއަން ރުފިޔާ) އަށް އަރާނެ ކަމަށް ލަންކާ ކަނޑުގެ ސިފައިންގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.
ލަންކާ ސިފައިން މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ބޯޓު ލަންކާގެ ގޯލްގެ ބަނދަރުގައި. -- ފޮޓޯ: ލަންކާ އާމީ
އަތުލައިގަތް ބޯޓާއި މީހުން އިއްޔެ ވަނީ ލަންކާގެ ގޯލްގެ ބަނދަރަށް ގެންގޮސްފަ އެވެ. ބޯޓުގައި ތިބީ އުމުރުން 28 އަހަރާއި 66 އަހަރާ ދެމެދުގެ ލަންކާ މީހުން ކަމަށް ވެސް ސިފައިން ބުނެފައިވެ އެވެ.
ރާއްޖެ އާއި ސްރީ ލަންކާއާ ދެމެދު އޮންނަ ކަނޑުގެ ސަރަހައްދުގައި މަސްތުވާތަކެތީގެ ވިޔަފާރި ފުޅާވަމުންދާ ކަމުގެ ކަންބޮޑުވުމާ އެކު އެ ސަރަހައްދު ބެލެހެއްޓުމަށް ސަރަހައްދީ ގައުމުތައް ގުޅިގެން އަންނަނީ އެކި މަސައްކަތްތައް ކުރަމުންނެވެ. ލަންކާގެ އިތުރުން އިންޑިއާ އިން ވެސް ވަނީ މި ސަރަހައްދުގެ ކަނޑުގެ ސަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެތި މި ފަހުން އަތުލައިގެންފަ އެވެ.
މަސްތުވާތަކެއްޗާ އެކު އަތުލައިގަތް ބޯޓުން ހައްޔަރުކުރި ހަ މީހުން. -- ފޮޓޯ: ލަންކާ އާމީ
މަސްތުވާތަކެއްޗާ ދެކޮޅަށް ލަންކާގައި މި ދުވަސްވަރު އަންނަނީ ބޮޑު އޮޕަރޭޝަނެއް ފުލުހުންނާއި ސިފައިން ގުޅިގެން ހިންގަމުންނެވެ. މި އޮޕަރޭޝަންގައި މިހާތަނަށް 20،000 އަށް ވުރެ ގިނަ މިހުން ހައްޔަރުކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފަ އެވެ. މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންގެ މައްސަލަތައް ތަހުގީގުކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ މީހުން ރިހެބިލިޓޭޝަނަށް ފޮނުވުން ވެސް މި އޮޕަރޭޝަންގައި ހިމެނެ އެވެ.
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ޔޫރަޕުން ލަންކާއަށް ޑްރަގް ފޮނުވާ ފަސް މީހަކު އެބަތިބި
ލަންކާގެ ޑްރަގް އޮޕަރޭޝަން ދެ ގުނަ ފުޅާކުރަނީ
ލަންކާގެ ޑްރަގް އޮޕަރޭޝަންގައި އިއްޔެ 822 ހައްޔަރު
ލަންކާގައި ޑްރަގް ވިއްކާ މީހެއްގެ ހޮޓަލެއް ތަޅާލައިފި
އިންޑިއާ ކަނޑުން 2.5 ޓަނުގެ ޑްރަގްސް އަތުލައިގަނެފި
ވަށައިގެން ޑްރަގް ބޯޓުތައް؛ 4 މަހުން 1،480 ކިލޯ
މަރުގެ އަދަބު އުވާލުމަކީ، ކުށްވެރިންނަށް ގައުމު ދިނުން
ޑްރަގު އެެތެރެކުރި މީހަކު 12 އަހަރަށް ޖަލަށް