ޔޫރަޕްގައި ތިބެގެން ސްރީ ލަންކާއަށް މަސްތުވާތަކެތި ފޮނުވާ މައިގަނޑު ފަސް މީހަކު ދެނެގަނެވިފައިވާ ކަމާއި މިއީ ބޮޑެތި އަދަދުތަކުން ލަންކާއަށް އެތެރެކުރާ ޑްރަގް ޝިޕްމަންޓުތަކުގެ ފަހަތުގައި ވެސް ތިބި މީހުން ކަމަށް ބެލެވޭ ކަމަށް ލަންކާ ފުލުހުންގެ އެކްޓިން އިންސްޕެކްޓަ ޖެނެރަލް ދެޝަބަންދޫ ޓޭނަކޫން ވިދާޅުވެއްޖެ އެވެ.
ޔޫރަޕްގައި ތިބެގެން ސްރީ ލަންކާއަށް މަސްތުވާތަކެތި ފޮނުވާ މައިގަނޑު ފަސް މީހަކު ދެނެގަނެވިފައިވާ ކަމާއި މިއީ ބޮޑެތި އަދަދުތަކުން ލަންކާއަށް އެތެރެކުރާ ޑްރަގް ޝިޕްމަންޓުތަކުގެ ފަހަތުގައި ވެސް ތިބި މީހުން ކަމަށް ބެލެވޭ ކަމަށް ލަންކާ ފުލުހުންގެ އެކްޓިން އިންސްޕެކްޓަ ޖެނެރަލް ދެޝަބަންދޫ ޓޭނަކޫން ވިދާޅުވެއްޖެ އެވެ.
ލަންކާގެ ސަންޑޭ ޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ މި ފަސް މީހުންނަކީ ލަންކާއަށް އުފަން މީހުން ކަމަށެވެ. މި މީހުން އުޅޭ ގައުމުތަކުގެ ތެރޭގައި ފްރާންސާއި އިޓަލީ ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ދެޝަބަންދޫ ވިދާޅުވީ ލަންކާގައި ޑްރަގް ވިޔަފާރިކުރާ އިސް މީހުން ގިނައިން ތިބީ ހުޅަނގު އޭޝިއާގެ ގައުމުތަކުގައި ކަމަށް ކުރިން ވެސް ބެލެވިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޔޫރަޕްގައި ތިބެގެން ޑްރަގް ވިޔަފާރިކުރާ މީހުން ހުޅަނގު އޭޝިއާގެ ގައުމުތަކުގައި ތިބި މީހުން މެދުވެރިކޮށް ލަންކާއަށް ޑްރަގް ފޮނުވާ ކަމަށް ގަބޫލުކުރެވޭ ސަބަބުން އެބަހުރި ކަމަށެވެ.
އެކްޓިން އިންސްޕެކްޓަ ޖެނެރަލް ވިދާޅުވީ ހުޅަނގު އޭޝިއާގެ ގައުމުތައް މެދުވެރިކޮށް ލަންކާއަށް މަސްތުވާތަކެތި އެތެރެކުރަން އެކި ގޮތްތައް ބޭނުންކުރަމުންދާ ކަމަށެވެ. މީގެ ތެރެއިން ވެސް އެންމެ އާންމު ގޮތަކީ އެހެން ގައުމުތަކުގެ އުޅަނދުތަކުގައި ލަންކާއާ ކައިރިއަށް ގެނެސް، މަސްބޯޓުތަކާއި ޑިންގީ ފަދަ ކުދި އުޅަނދުތަކުގައި ލަންކާއަށް އެ ތަކެތި ގެންދިއުން ކަމަށް އޭނާ ވިދާޅުވި އެވެ.
ދެޝަބަންދޫ ވިދާޅުވީ ޑްރަގް ވިޔަފާރިކުރުމަށް ޔޫރަޕްގައި ގާއިމުވެ ތިބި މީހުންނަކީ ކޮބައިކަން މިހާރު އެނގޭ ކަމަށާއި ލަންކާގައި މިހާރު ކުރިއަށް ގެންދާ ބޮޑު ޑްރަގް އޮޕަރޭޝަންގެ ތެރެއިން މި މީހުން ވެސް ހައްޔަރުކުރެވޭނެ ގޮތް ހޯދައި އެކަން ކުރާނެ ކަމަށެވެ.
ލަންކާގެ ހާއްސަ ޑްރަގް އޮޕަރޭޝަނަށް 50 ދުވަސް ވެފައި ވާއިރު 50،000 އަށް ވުރެ ގިނަ މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. މި އޮޕަރޭޝަންގައި ގާނޫނާ ހިލާފް އެތައް ކަމެއް ހިންގާ ކަމަށް ތުހުމަތުކުރިޔަސް ލަންކާ ފުުލުހުން ބުނީ މި އަހަރުގެ ޖޫންގެ ނިޔަލަށް ލަންކާގެ މަގުތައް ޑްރަގު ނައްތާލުމުގެ އަމާޒުގައި ކުރާ މި މަސައްކަތް އަދިވެސް ދާނީ ކުރިއަށް ކަމަށެވެ.
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ލަންކާގެ ޑްރަގް އޮޕަރޭޝަން ދެ ގުނަ ފުޅާކުރަނީ
ލަންކާގެ މަސްބޯޓަކުން 245 ކިލޯ ޑްރަގް އަތުލައިގެންފި
ލަންކާގެ ޑްރަގް އޮޕަރޭޝަންގައި އިއްޔެ 822 ހައްޔަރު
ލަންކާގައި ޑްރަގް ވިއްކާ މީހެއްގެ ހޮޓަލެއް ތަޅާލައިފި
އިންޑިއާ ކަނޑުން 2.5 ޓަނުގެ ޑްރަގްސް އަތުލައިގަނެފި
ވަށައިގެން ޑްރަގް ބޯޓުތައް؛ 4 މަހުން 1،480 ކިލޯ
މަރުގެ އަދަބު އުވާލުމަކީ، ކުށްވެރިންނަށް ގައުމު ދިނުން
ޑްރަގު އެެތެރެކުރި މީހަކު 12 އަހަރަށް ޖަލަށް