މަސްތުވާތަކެއްޗާ ދެކޮޅަށް ސްރީ ލަންކާގައި ހިންގާ ބޮޑު އޮޕަރޭޝަނުގައި އިންސާނީ ހައްގުތަކާ ހިލާފް އަމަލުތައް ހިންގާ ކަމަށް ބުނެ އދ. އިން ކަންބޮޑުވުން ފާޅުކުރި ނަމަވެސް މި އޮޕަރޭޝަން އިތުރަށް ފުޅާކޮށް، އަދިވެސް އެތައް ހާސް ބަޔަކު ހައްޔަރުކުރާނެ ކަމަށް ލަންކާ ފުލުހުން ބުނެފި އެވެ.
މަސްތުވާތަކެއްޗާ ދެކޮޅަށް ސްރީ ލަންކާގައި ހިންގާ ބޮޑު އޮޕަރޭޝަނުގައި އިންސާނީ ހައްގުތަކާ ހިލާފް އަމަލުތައް ހިންގާ ކަމަށް ބުނެ އދ. އިން ކަންބޮޑުވުން ފާޅުކުރި ނަމަވެސް މި އޮޕަރޭޝަން އިތުރަށް ފުޅާކޮށް، އަދިވެސް އެތައް ހާސް ބަޔަކު ހައްޔަރުކުރާނެ ކަމަށް ލަންކާ ފުލުހުން ބުނެފި އެވެ.
މިދިޔަ ޑިސެމްބަރު މަހު "ޔުކީތާ" ގެ ނަމުގައި ފެށި އޮޕަރޭޝަންގައި މިހާތަނަށް 30،000 މީހަކު ހައްޔަރުކޮށްފައި ވާއިރު އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ މީހުން ބުނަމުން ދަނީ ކޯޓު އަމުރު ނެތި ގާނޫނާ ހިލާފަށް މީހުން ހައްޔަރުކުރުމާއި ތަންތަން ފާސްކުރުން ބަލައިނުގަނެވޭނެ ކަމަށެވެ.
އެކަމަކު ފުލުހުން އިއްޔެ ބުނީ މި އޮޕަރޭޝަންގެ ދެ ވަނަ ފިޔަވަހި ވެސް ފަށާނެ ކަމަށާއި މިފަހަރު ހައްޔަރުކުރަން ޖެހޭ 42،248 މީހުން އެބަތިބި ކަމަށެވެ.
"ކުރިއަށް އޮތް މަސް ދުވަހު ފުލުހުންގެ ހުރިހާ މަރުކަޒުތަކަކުން 24 ގަޑިއިރު މަސައްކަތްކޮށް، 42،248 މީހަކު ހައްޔަރުކޮށް އިންސާފުގެ ކުރިމައްޗަށް ގެންދަންޖެހޭ،" ފުލުހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ފުލުހުން މިހެން ބުނީ ގާނޫނީ ހިލާފް އެތައް ކަމެއް މި އޮޕަރޭޝަންގައި ހިންގާ ކަމަށް ބުނެ އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ އެޖެންސީން ކަންބޮޑުވުން ފާޅުކުރިތާ ދެ ދުވަސް ފަހުންނެވެ.
އދ. ހިއުމަން ރައިޓްސް ކޮމިޝަނަރު ވޮލްކާ ޓާކް ވަނީ މި އޮޕަރޭޝަން ރިވިއުކޮށް، އިންސާނީ ހައްގުތައް ލިބިދީގެން ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް ބަދަލުކުރުމަށް ގޮވާލައްވައިފަ އެވެ.
"ކޯޓު އަމުރެއް ނެތި ތަންތަން ފާސްކުރުމާއި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މީހުން ހައްޔަރުކުރުމާއި އެތައް ސަތޭކަ ބަޔަކު، އަސްކަރިއްޔާ އިން ހިންގާ ރިހެބްތަކަށް ގަދަކަމުން ފޮނުވާ ކަމުގެ ރިޕޯޓްތައް ދަނީ ލިބެމުން،" ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓާކް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކޯޓު އަމުރެއް ނެތި ހައްޔަރުކުރުމާއި ފާސްކުރުމުގެ ތެރޭ މަގުމަތީގައި ވެސް މީހުން ބަރަހަނާކޮށް ފާސްކުރުން ފަދަ، އިންސާނީ ހައްގުތަކާ ހިލާފް ކަންކަން ކުރަމުން ގެންދާ ކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
"މަސްތުވާތަކެއްޗަކީ މުޖުމަތައުއަށް އޮންނަ ބޮޑު ގޮންޖެހުމެއް ކަމަށް ވިޔަސް ގަދަބާރުން ކަންކަން ކުރަން އުޅުމަކީ އަދި މައްސަލައިގެ ހައްލެއް ނޫން،" ކޮމިޝަނަރު ވިދާޅުވި އެވެ.
ލަންކާ އަކީ މިހާރު މަސްތުވާތަކެތި ޓްރެފިކްކުރާ މީހުންގެ ޓްރާންސިޓް ޕޮއިންޓަކަށް ވެފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ވިދާޅުވެ އެވެ.
މަގުމަތިން މަސްތުވާތަކެތި ޖޫން މަހުގެ ނިޔަލަށް ހުސްކުރުމުގެ އަމާޒާ އެކު ޑިސެމްބަރު މަހު ފެށި އޮޕަރޭޝަންގައި މިހާތަނަށް މަސްތުވާތަކެތީގެ 800 ކިލޯ އަތުލައިގެންފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. -- އޭއެފްޕީ
ބިލިއަން ރުފިޔާގެ ޑްރަގް މައްސަލަ: ބަންދު އިތުރުކޮށްފި
ރާއްޖެއަށް ވަން ލަންކާގެ ބޯޓަކުން 468 ކިލޯގެ ޑްރަގު
ޔޫރަޕުން ލަންކާއަށް ޑްރަގް ފޮނުވާ ފަސް މީހަކު އެބަތިބި
ލަންކާގެ މަސްބޯޓަކުން 245 ކިލޯ ޑްރަގް އަތުލައިގެންފި
ލަންކާގެ ޑްރަގް އޮޕަރޭޝަންގައި އިއްޔެ 822 ހައްޔަރު
ލަންކާގައި ޑްރަގް ވިއްކާ މީހެއްގެ ހޮޓަލެއް ތަޅާލައިފި
އިންޑިއާ ކަނޑުން 2.5 ޓަނުގެ ޑްރަގްސް އަތުލައިގަނެފި
ވަށައިގެން ޑްރަގް ބޯޓުތައް؛ 4 މަހުން 1،480 ކިލޯ
މަރުގެ އަދަބު އުވާލުމަކީ، ކުށްވެރިންނަށް ގައުމު ދިނުން
ޑްރަގު އެެތެރެކުރި މީހަކު 12 އަހަރަށް ޖަލަށް