ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސްމާލެ ނަމުގައި މުޅިން އާ ސިޓީއެއް ތަރައްގީ ކުރުމާއި ރާއްޖޭގެ މައި ދޮރޯށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އެތައް ގުނައެއް ބޮޑުކޮށް ތަރައްގީ ކުރަން ފަށާފައިވާ މަސައްކަތް ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު ބައިވެރިއަކަށް ޗައިނާ ވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވާލައްވައިފި އެވެ.
09 ޖެނުއަރީ 2024
ކ. ފުށިދިއްގަރު ފަޅު ހިއްކައިގެން ރަސްމާލެ ނަމުގައި މުޅިން އާ ސިޓީއެއް ތަރައްގީ ކުރުމާއި ރާއްޖޭގެ މައި ދޮރޯށި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އެތައް ގުނައެއް ބޮޑުކޮށް ތަރައްގީ ކުރަން ފަށާފައިވާ މަސައްކަތް ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްގީގެ އެންމެ މުހިންމު ބައިވެރިއަކަށް ޗައިނާ ވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވާލައްވައިފި އެވެ.
ރައީސް ޗައިނާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ފުޖިއަން ޕްރޮވިންސްގައި ބާއްވާ ރާއްޖޭގެ ބިޒްނަސް ފޯރަމް ފެއްޓެވުމަށް ދެއްވި ތަގުރީރުގައި އެ މަނިކުފާނު ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ގެންގުޅުއްވާ ތަސައްވަރު ބިނާވެފައިވަނީ ގިނަ ފަރާތްތަކާ އެކު ގުޅިގެން އުފެއްދޭ ހަރުދަނާ ގުޅުންތަކުގެ މައްޗަށް ކަމަށެވެ.
"އަޅުގަނޑުމެންގެ ތަރައްގީގެ އެންމެ ބޮޑު ބައިވެރިއަކަށް ޗައިނާ ވާނެ ކަމާމެދު ޝައްކެއް ނުކުރަން،" ގާތްގަނޑަކަށް 300 ބައިވެރިންނާ އެކު ބާއްވާ އެ ފޯރަމްގައި ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ބެލްޓު އެންޑް ރޯޑު ތަސައްވަރުގެ ދަށުން ރާއްޖޭގެ ތާރީހު ދުށް އެންމެ ބިޔަ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ވަނީ ހިންގިފަ އެވެ.
އަދި ވެލާނާ އެއާޕޯޓު ބޮޑުކުރުމާއި، މާލޭގެ ކޮމާޝަލް ޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުތަކަކީ ރައީސް ވިދާޅުވި ގޮތުގައި ބެލްޓު އެންޑް ރޯޑު ތަސައްވަރަށް ފެތޭ މަޝްރޫއުތަކެކެވެ.
"ބެލްޓު އެންޑް ރޯޑް އިނީޝިއޭޓިވްގެ އޮނިގަނޑުގެ ދަށުން މި މަޝްރޫއުތައް ހިންގަން ޕާޓްނަޝިޕްތަކެއް ގާއިމުކުރަން ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ބޭނުންވޭ،" އެ މަނިކުފާނު ވިދާޅުވި އެވެ.
ކުރިއަށް އޮތް 10-15 އަހަރަށް ވިސްނާފައިވާ މި ސަރުކާރުގެ ތަރައްގީގެ އެޖެންޑާ ބިނާވެފައިވަނީ ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ އިގުތިސޯދު ސިންދަފާތުކޮށް، ޓޫރިޒަމް ފުޅާކޮށް، ތިމާވެށި ހިމާޔަތްކުރުމުގެ މައްޗަށެވެ.
ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ތެރޭގައި 1،000 ހެކްޓަރުގެ ބިން ހިއްކައިގެން އީކޯ ފްރެންޑްލީ ސިޓީއެއްގެ ގޮތުގައި ރަސްމާލެ ތަރައްގީ ކުރަނީ 300،000 އަށް ވުރެ ގިނަ މީހުން އާބާދުކުރުމުގެ އިތުރުން އުމްރާނީ ވަސީލާތްތަކާ އެކު ވިޔަފާރީގެ ގިނަ ފުރުސަތުތަކެއް ފަހިވާ ގޮތަށް ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.
އެ މަސައްކަތުގެ ތެރެއިން، ސްޕެޝަލް އިކޮނޮމިކް ޒޯންތައް ކަނޑައެޅި، ރައީސް ވިދާޅުވި ގޮތުގައި އެ ކަމަށް މިހާރު ވެސް 110 މެގަވޮޓުގެ އިޔާދަކުރަނިވި ހަކަތައިގެ ބިޔަ ޕްރޮޖެކްޓެއްގެ ޝައުގުވެރިކަން ވަނީ ލިބިފަ އެވެ.
މީގެއިތުރުން، ޗައިނާ އާއި ރާއްޖެއާ ދެމެދު ސޮއިކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަށް ވަގުތުން އަމަލު ކުރަން ފަށަން ތައްޔާރަށް ހުންނެވި ކަމަށް އެ މަނިކުފާނު މިއަދު ވަނީ އިއުލާނުކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ރާއްޖެއަކީ ދެކުނު އޭޝިއާގެ ގައުމަކާ އެކު ޗައިނާ އިން މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ގާއިމުކުރި ފުރަތަމަ ގައުމަށް ވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ވިޔަފާރީގެ ގުޅުމުގެ ރަމްޒެކެވެ.
އެ އެއްބަސްވުމުގެ މަގްސަދަކީ ރައީސް ވިދާޅުވި ގޮތުގައި ދެ ގައުމުގެ މެދުގައި ވިޔަފާރި ފުޅާކޮށް، ހާއްސަކޮށް ރާއްޖޭން ޗައިނާއަށް މަހުގެ ބާވަތްތައް އެކްސްޕޯޓު ކުރާ މިންވަރު އިތުރުކުރުމެވެ.
"ވީއެންމެ އަވަހަކަށް އެ އެއްބަސްވުމަށް އަމަލުކުރަން ފަށަން އަޅުގަނޑުގެ ސަރުކާރުން އޮތީ ތައްޔާރަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެ އެއްބަސްވުމާ ގުޅުވައި، ރައީސް ވަނީ ރީއެކްސްޕޯޓަށާއި ޓްރާންސްޝިޕްމަންޓަށް ހާއްސަކޮށް ދާދިފަހުން އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ފްރީޒޯން ކުންފުނި ފާހަގަކުރައްވައިފަ އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި، އެ ކުންފުނިން ރާއްޖޭގެ ފުޑް ސެކިޔުރިޓީ އާއި، މަސް އެކްސްޕޯޓުގެ އިތުރުން ސަރަހައްދީ ތަރައްގީގެ އިންވެސްޓުމަންޓުތަކަށް ހާއްސަ އިސްކަމެއް ދޭނެ އެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ ތަރައްގީގެ އަމާޒަކީ 2028 ވަނަ އަހަރާ ހަމައަށް، ރާއްޖޭގެ އުފެއްދުންތެރިކަން ދެ ގުނަކޮށް، 6 ބިލިއަނުން 12 ބިލިއަނަށް ޑޮލަރަށް އިތުރުކުރުން ކަމަށެވެ.
130މިލިއަން ޑޮލަރުގެ ހިލޭ އެހީ ދިނީ މަޝްރޫއުތަކަށް
ޗައިނާގެ މަޝްރޫއުތައް އަވަސް ކުރާނެ ކަމުގެ ޔަގީންކަން
އިތުރު ޑްރެޖަރުތަކުން ރަސްމާލެ ހިއްކުން އަވަސް ކުރަނީ
"ރަސްމާލެ ޓަނަލަކީ ރައީސްގެ އާދަޔާޚިލާފު ވިޝަނެއް"
ގުޅިފަޅުން އުތުރުތިލަފަޅާ ހަމަށް ބްރިޖަކުން ގުޅާލަނީ
ރަސްމާލެ-މާލެ ގުޅުވާލާނީ އަންޑަ ވޯޓާ ޓަނަލަކުން:ރައީސް
ރަަސްމާލޭގައި 30،000 ގެދޮރު އަޅަން ޗައިނާގެ އެހީ
ރާއްޖޭގެ ތަރައްގީއަށް ޗައިނާ އެހީވާނެކަމުގެ ޔަގީންކަން
ރާއްޖޭގެ 11 ޕްރޮޖެކްޓަކަށް ޗައިނާގެ އެހީ ހޯދަނީ
ކޮމާޝަލް ޕޯޓް ތިލަފުށްޓަށް ބަދަލުކުރަން ނިންމައިފި