މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް، ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި އެވެ.
13 ޖެނުއަރީ 2024
މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް، ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި އެވެ.
މާލޭގެ މޭޔަރު ހޮވުމަށް ވޯޓުލުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00އާ ހަމައަށެވެ. މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި 55 ވޯޓު ފޮށި ބެހެއްޓި އެވެ.
މިހާތަނަށް ގުނިފައިވާ 41 ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމަށް ވަނީ 5،303 ވޯޓު ލިބިފަ އެވެ.
އޭނާ އާ އެންމެ ގާތުން ވާދަކުރެއްވި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝުކޫރަށް ލިބިފައި ވަނީ 3،301 ވޯޓެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާ މެމްބަރު މުހައްމަދު ސައިފް ފާތިހް އަށް 1،634 ވޯޓު ލިބިފަ އެވެ.
އަމިއްލަ ގޮތުން ވާދަ ކުރެއްވި ކުރީގެ ޕޮލިސް ކޮމިޝަނާ ހުސެއިން ވަހީދަށް 1،326 ވޯޓު ލިބިފައި ވާއިރު އަލީ ޝުއައިބް އަށް ލިބިފައި ވަނީ 91 ވޯޓެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމްލަ 56,002 މީހަކަށް ލިބޭއިރު، ވޯޓުލާން ނުކުމެފައިވަނީ އޭގެ ތެރެއިން ގާތްގަނޑަކަށް 40 ޕަސަންޓު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ޔަގީންކަން ދިނަސް ކޯޅުމެއް ނެތި ހިދުމަތް ދެވިދާނެތަ؟
އާޒިމް މާލޭގެ މޭޔަރުކަމުގެ ހުވާ ކުރައްވައިފި
"މުޅި ރާއްޖޭން މި ސަރުކާރަށް ނޫނެކޭ ބުނާނެ"
އާޒިމް މާލެ ރައްޔިތުން މާޔޫސެއް ނުކުރާނެ: ސޯލިހް
އާޒިމަށް ރައީސް ދެއްވީ އެއްބާރުލުމުގެ ޔަގީންކަން
އާޒިމްއަށް މި ނަތީޖާ ބުނެދެނީ ރަސްމާލެ ބޭނުންނުވާކަން
މޭޔަރުކަން އެމްޑީޕީއަށް ދިނުމަކީ ސަރުކާރަށް "މެސެޖެއް"
"މި ޗެލެންޖާ މި ކުރިމަތިލީ މުޅި މާލެ ބަދަލުކޮށްލަން"
"މާލޭގެ ބިންތަކުން ފައިދާވާ ގޮތަށް ތަރައްގީކޮށްދޭނަން"
އާޒިމްގެ މެނިފެސްޓޯ: މާލޭގެ ކޮންމެ އުނދަގުލަކަށް ހައްލު!