މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް މާލޭގެ ރައްޔިތުން މާޔޫސްކޮށް ނުލައްވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
13 ޖެނުއަރީ 2024
މާލޭގެ މޭޔަރުކަމަށް ހޮވިވަޑައިގެން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް މާލޭގެ ރައްޔިތުން މާޔޫސްކޮށް ނުލައްވާނެ ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
އާޒިމް މާލޭގެ މޭޔަރުކަން ކާމިޔާބު ކުރެއްވުމާ ގުޅިގެން މާލޭގެ ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވުމަށް ސަލްޓަން ޕާކުގައި ބޭއްވި އެ ޕާޓީގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ލިބުނު ނާކާމިޔާބީއަށްފަހު، މިއަދު ލިބުނު ކާމިޔާބީ އަކީ ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ.
ސޯލިހް ވިދާޅުވީ އާޒިމް މޭޔަރުކަމަށް ވަޑައިގަތީ ގާނޫނީ ގޮތުން މަތިކޮށްފައިވާ މަސްއޫލިޔަތުތަކެއް އަދާ ކުރެއްވުމަށް ކަމަށެވެ. އެހެންވެ އާދަމް އާޒިމެއް މާލޭގެ ރައްޔިތުން މާޔޫސް ނުކުރައްވާނެ ކަމަށް ސޯލިހް ވިދާޅުވި އެވެ.
"އާދަމް އާޒިމެއް މާލޭގެ ރައްޔިތުން މާޔޫސް ނުކުރާނެ. އެ ޔަގީންކަން ބާއްވާ. މި އެމްޑީޕީއެއް މާލޭގެ ރައްޔިތުންނެއް މާޔޫސްއެއް ނުކުރާނެ. އާދަމް އެ އަންނަނީ ތަސައްވަރަކާ އެކީގައި، މެނިފެސްޓޯއަކާ އެކީގައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
އާޒިމް މޭޔަރު ކަމަށް ވަޑައިގަތީ މާލޭގެ ރައްޔިތުން ބޭނުންވާ ގޮތަށް މާލެ ބަދަލުކޮށް، ތޮއްޖެހިފައިވާ ދަތި އުނދަގޫ މާލެއަށް ހައްލެއް ހޯދުމަށް ކަމަށް ވެސް ސޯލިހް ވިދާޅުވި އެވެ.
"ކުނިވެފައި މި އޮތް މާލެ ސާފުކުރަން. އެކަން ކުރުމުގައި އާޒިމާއެކު އަޅުގަނޑުމެން އެމްޑީޕީން ދެމި ތިބޭނެ ކަމުގެ ޔަގީކަން ދެން،"
އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވަނީ.-- ފޮޓޯ: އެމްޑީޕީ
މިއަދުގެ އިންތިހާބުން މާލޭގެ ރައްޔިތުން ދިނީ މެސެޖެއް ކަމަށާއި އެއީ މި ސަރުކާރު ވެރިކަމަށް އައުމަށް ދެއްކި ވާހަކަތަކާއި އޮޅުވާލުމާއި ނަފްރަތުތަކާއި ހެދި ދޮގުތައް މިހާރު ހާމަވަމުންދާތީ ކަމަށް ސޯލިހް ވިދާޅުވި އެވެ.
"71 ޕަސެންޓް، މި ސަރުކާރުގެ ސިޔާސަތުތަކަށް ނޫނެކޭ ބުނެފި. ވެރިކަމަށް އައިތާ ދެ މަސް ނުވަނީސް ރައްޔިތުން ނިކުމެ މި ސަރުކާރަށް ނޫނެކޭ އެ ބުނީ. ސިޔާސަތުތަކަށް ނޫނެކޭ އެ ބުނީ ސަބަބެއް ނެތިއެއް ނޫން. އެއީ މި ސަރުކާރު ވެރިކަމަށް އައުމަށް ދެއްކި ވާހަކަތަކާއި އޮޅުވާލުމާއި ނަފްރަތުތަކާއި ހެދި ދޮގުތައް މިހާރު ހާމަވަމުންދާތީ،" ސޯލިހް ވިދާޅުވި އެވެ.
އެމްޑީޕީގެ ރައީސް ވަނީ އެމްޑީޕީއަށް އިތުބާރު ކުރައްވައި، އެ ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދެއްވިކަމަށްޓަކައި މާލެ ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފަ އެވެ.
"މުޅި ރާއްޖޭން މި ސަރުކާރަށް ނޫނެކޭ ބުނާނެ"
އެމްޑީޕީން ކުރި މަސައްކަތް ފެންނަން ހުންނާނެ: އާޒިމް
ޔަގީންކަން ދިނަސް ކޯޅުމެއް ނެތި ހިދުމަތް ދެވިދާނެތަ؟
އާޒިމް މާލޭގެ މޭޔަރުކަމުގެ ހުވާ ކުރައްވައިފި
އާޒިމަށް ރައީސް ދެއްވީ އެއްބާރުލުމުގެ ޔަގީންކަން
އާޒިމްއަށް މި ނަތީޖާ ބުނެދެނީ ރަސްމާލެ ބޭނުންނުވާކަން
މޭޔަރުކަން އެމްޑީޕީއަށް ދިނުމަކީ ސަރުކާރަށް "މެސެޖެއް"
މާލޭގެ މޭޔަރު އިންތިހާބު އާޒިމް ކާމިޔާބު ކުރައްވައިފި
ރައްޔިތުން މާޔޫސްވެއްޖެ، އުއްމީދު ގެއްލިއްޖެ: ސޯލިހު
"މި ޗެލެންޖާ މި ކުރިމަތިލީ މުޅި މާލެ ބަދަލުކޮށްލަން"