އެމްޑީޕީގެ ސަރުކާރުގައި ލޯނެއް ނަގައިގެން ކުރި މަސައްކަތެއް ވިއްޔާ ފެންނަން ހުންނާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
12 ޖުލައި 2024
އެމްޑީޕީގެ ސަރުކާރުގައި ލޯނެއް ނަގައިގެން ކުރި މަސައްކަތެއް ވިއްޔާ ފެންނަން ހުންނާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރޭ ބޭއްވި ހަރުގެ ޖަގަހަ ޖަލްސާގައި އޭނާ ވިދާޅުވީ މިހާރުގެ ސަރުކާރަށް ކުރީގެ ސަރުކާރުގެ ރަނގަޅު ވާހަކަ ނޫނީ ނުދެއްކޭ ކަމަށެވެ. އެކަމަކު، މުޅިން ވެސް ދައްކަނީ އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމަށް ކޮށްދީފައި ހުރި ކަންކަން ގޯސް ވާހަކަ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް އެގޮތަށް ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ބޮޑެތި ލޯނުތައް ނެގުމުގެ ސަބަބުން ގައުމުގެ ދަރަނި ދުވަހަކު ނުދާހާ މައްޗަށް ގޮސްފައިވާ ކަމަށް ބުނެ މިހާރުގެ ސަރުކާރުގެ ވެރިން ދައްކާ ވާހަކަތައް ރައްދު ދެއްވުމުގެ ގޮތުންނެވެ.
"އެމްޑީޕީގެ މެމްބަރުން ކުރި މަސައްކަތުން މި ގައުމަށް ލިބުނު ތަރައްގީއެއް ލިބުނީ. މި ގައުމުގެ ރައްޔިތުންނަށް ކޮޅަށް ތިބެވުނީ. އެ ނޫން އެއްވެސް ކަމެއް ވެގެންނެއް ނޫން،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެމްޑީޕީން އޭރު ކުރި މަސައްކަތުން މުސްކުޅި މަންމަ، ބައްޕަ އަށް އެބަ ލިބޭ 5،000ރ. އެމްޑީޕީން ކުރި މަސައްކަތުން އެބަ ލިބޭ އެކަނިވެރި މައިންނަށް ފައިސާ. އެމްޑީޕީން ކުރި މަސައްކަތުން އެބަ ލިބޭ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފައިސާ. އެމްޑީޕީން ކުރި މަސައްކަތުން އެބަ ލިބޭ ފޮތްފަންސޫރު ހިލޭ. އެމްޑީޕީން ކުރި މަސައްކަތުން އެބަ ލިބޭ އަގުހެޔޮކޮށް ކަރަންޓު. ދެން ލިބޭނެ ކަމަކަށް ނުފެނޭ."
އާޒިމް ވިދާޅުވީ އޭނާ އެމްޓީސީސީގެ ސީއީއޯއަކަށް ކުރިން ހުންނެވިއިރު، ފެށި އާރުޓީއެލް ފެރީގެ ހިދުމަތާ އެކު ދަތުރުފަތުރުގެ ބޮޑު ފަސޭހައެއް ރަށްރަށުގައި ދިރިއުޅޭ މީހުންނަށް ލިބުނު ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި އާންމު މީހާ އަށް ފަސޭހަވާނެ މި ކަހަލަ އެތައް ކަމެއް ކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު އެމީހުންނަށް [މިހާރުގެ ސަރުކާރަށް] ދެއްކެން އޮތް ވާހަކަ އަކީ ވެސް ކުރީ ސަރުކާރުގެ ރަނގަޅު ވާހަކަ. އެ ނޫން ވާހަކައެއް ނުދެއްކޭނެ: އާޒިމް
"މިއަދު އެމީހުންނަށް [މިހާރުގެ ސަރުކާރަށް] ދެއްކެން އޮތް ވާހަކަ އަކީ ވެސް ކުރީ ސަރުކާރުގެ ރަނގަޅު ވާހަކަ. އެ ނޫން ވާހަކައެއް ނުދެއްކޭނެ،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާގައި މާލޭގެ މޭޔަރު އާދަމް އާޒިމާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެމްޕީން ވެރިކަމުގައި ހުރިހާ މަސައްކަތެއް ވެސް ކޮށްފައި ހުންނާނީ ވަރަށް ރަނގަޅަށް ކަމަށާއި އޭރު ފެށި މަސައްކަތް ކުރިއަރުވާ ތަރައްގީކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އާޒިމް ވިދާޅުވީ މާލޭގެ ރައްޔިތުން ހިލޭ ގޯތި ލިބުނީ ވެސް އެމްޑީޕީގެ ހެޔޮ ވިސްނުމުގެ ސަބަބުން ކަމަށެވެ. ކުރީގެ ސަރުކާރުގެ ވެރިކަން ނިމުމުގެ ކުރިން މާލޭ މީހުންނަށް ދިން ގޯތިތަކުގެ ލިޔުން ހަވާލުކޮށް، އެއްބަސްވުންތައް ނުހެދި ނަމަ މިހާރު އެ ތަންތަން ވެސް އަތުލާނެ ކަމަށާއި މި ސަރުކާރަށް އުޅެނީ ހިއްކާފައި ހުރި ބިންތަކުން ވެސް ގޯތިތައް އަދިވެސް ހަވާލު ނުކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ހަމަ ގައިމު ވެސް އެމްޑީޕީން ލޯނެއް ނަގައިގެން ކުރި މަސައްކަތެއް ވެއްޖިއްޔާ ފެންނަން ހުންނާނެ،" އާޒިމް ވިދާޅުވި އެވެ.
"ރާއްޖޭގެ ރަށަކަށް ނޭރޭނެ މިއަދު އެމްޑީޕީގެ ތަރައްގީގެ މައްޗަށް ނޫނިއްޔާ. އެރޭކަށް ނޯންނާނެ. އެ ބޭފުޅުން އަރާ. ކުރީ ސަރުކާރުގެ މަސައްކަތް ފެންނަން އޮންނާނީ."
އީސީއަކީ އިތުބާރުކުރެވޭ ތަނަކަށް ހަދަންޖެހޭ: އިބޫ
އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
"މުޅި ރާއްޖޭން މި ސަރުކާރަށް ނޫނެކޭ ބުނާނެ"
އާޒިމް މާލެ ރައްޔިތުން މާޔޫސެއް ނުކުރާނެ: ސޯލިހް
ދެވަނަ ބުރުން ހަދާ ކޯލިޝަން ރޫޅޭނެ،އެއްބުރުން ނަގާނަން
އިތުބާރު ގެއްލޭ އެއްވެސް ކަމެއް ނުކުރާނަން: އަސްލަމް
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
ޑިމޮކްރެޓްސް އަށް ބިރު ދައްކާ ކަމަށް ބުނެ މަޖިލީހަށް!
އައްޑޫން ޑިމޮކްރެޓްސްއަށް ސޮއިކުރީ 300 މީހުން:އިބުރޭ
ތާއީދު ލިބުނީ ކޯލިޝަން ސަރުކާރު ދެމިއޮތުމުން: އެމްޑީޕީ