ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރާ ދައުވާގައި އޭނާގެ ބައްޕަގެ ޣައިރު ހާޒިރުގައި ހުކުމްކުރުމާ މެދު އަލުން ގޮތެއް ނިންމަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
17 ޖެނުއަރީ 2024
ރާއްޖޭގެ މަޝްހޫރު މޮޑެލް ފާތިމަތު ޒަޔާން އިބްރާހީމް (ކައިޒީން) އޭނާގެ ބައްޕައާ ދެކޮޅަށް ބޯޓެއްގެ މައްސަލާގައި ކުރާ ދައުވާގައި އޭނާގެ ބައްޕަގެ ޣައިރު ހާޒިރުގައި ހުކުމްކުރުމާ މެދު އަލުން ގޮތެއް ނިންމަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ބޯޓެއްގެ މައްސަލާގައި ކައިޒީން އޭނާގެ ބައްޕަ، އިބްރާހީމް އަލީފުޅާ ދެކޮޅަށް ދައުވާކުރީ އޭނާ ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ދީގެން ގަތް ބޯޓެއް އޭނާގެ ރުހުން ނެތި ބައްޕަގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް ބުނެ އެވެ. އެހެންވެ، ކައިޒީން ދައުވާކުރަނީ އެ ބޯޓު އޭނާގެ ނަމަށް ބަދަލު ކުރުމަށެވެ.
އެ މައްސަލާގައި ބައްޕަގެ ފަރާތުން ޖަވާބު ހުށަހަޅާފައި ނުވާ ކަމަށް ބުނެ، މަދަނީ އިޖްރައާތުގެ ގާނޫނުގެ ދަށުން ބައްޕަގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނިންމަން ކައިޒީންގެ ފަރާތުން ސިވިލް ކޯޓުގައި އެދުނެވެ. ނަމަވެސް އެ ކޯޓުން މިދިޔަ އަހަރު ނިންމާފައި އޮތީ އެގޮތަށް ހުކުމް ކުރެވެން ނެތް ކަމަށެވެ.
އެ ނިންމުން ކައިޒީންގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ކުރި ހުކުމުގައިވަނީ ގާނޫނުގައި ބުނާ މުއްދަތުގައި ޖަވާބު ހުށަނާޅައިފި ނަމަ ޣައިރު ހާޒިރުގައި ހުކުމް ކުރަން އެދެވިދާނެ ކަމަށް ގާނޫނުގައި ބުނާއިރު މި މައްސަލާގައި އެގޮތަށް ޖަވާބު ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންވެ، ގާނޫނު އޮތްގޮތުން އެ މައްސަލައަކީ އިތުރު ފުރުސަތެއް ދިނުމެއް ނެތި ޣައިރު ހާޒިރުގައި ހުކުމް ކުރަން ޝަރުތު ފުރިހަމަވާ މައްސަލައެއް ކަމަށް ހައި ކޯޓުގެ ހުކުމުގައިވެ އެވެ.
އެހެންވެ، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ސިވިލް ކޯޓުގެ ނިންމުން ބާތިލް ކުރާ ކަމަށެވެ. އަދި އެ މައްސަލާގައި ޣައިރު ހާޒިރުގައި ހުކުމް ކުރަން ކައިޒީންގެ ފަރާތުން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު އަލުން ގޮތެއް ނިންމުމަށް ސިވިލް ކޯޓަށް ތަހުވީލުކުރާ ކަމަށް ހުކުމުގައިވެ އެވެ.
އެ މައްސަލަ ހައި ކޯޓުން ބެއްލެވީ ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު މުހައްމަދު ސަލީމް އަދި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ދީބާނާޒެވެ.
އެ މައްސަލަ ކޯޓުގައި އޮތުމުން އެ ބޯޓު އެހެން ފަރާތަކަށް ނުވިއްކުމަށާއި އަދި ރަޖިސްޓްރީ ބަދަލު ނުކުރަން ސިވިލް ކޯޓުން ކުރިން އޮތީ ވަގުތީ އަމުރެއް ނެރެފަ އެވެ.
ބޯޓު ހޯދަން ކައިޒީން ކުރި ދައުވާ ކާމިޔާބެއް ނުވި
ކައިޒީންގެ ޝަރީއަތް މަޑުޖައްސާލަން އަންގައިފި
ދައުލަތުން ދެ މިލިއަން ޑޮލަރު ދޭން ހައިކޯޓުގެ ހުކުމެއް
ވިނަރެސްގެ އެޕާޓްމެންޓެއް ވިއްކުން ހުއްޓުވައިފި
ހޮސްޕިޓަލް މަޝްރޫއަށް ޓެކްސް ދެއްކުން ފަސްކުރާ އަމުރެއް
ފުލުހުންގެ ޕްރޮމޯޝަން ހުއްޓުވަން ހައިކޯޓުން އަމުރުނުދިން
ތިނަދޫ މައްސަލަ ދުލެއްނުކުރި، ސިވިލް ކޯޓަށް ހުށަހަޅަނީ
ހެވީލޯޑް ރަށްތައް ވިއްކުން މަޑުޖައްސާލަން އަންގައިފި
ފިނިފެންމާ މައްސަލާގައި ޒަމީރު ވަކިކުރުމުން ބަދަލުދެނީ
ޕީއެޗްޑީ ގަބޫލުކުރަން އެންގި ހުކުމް އިސްތިއުނާފް ކުރަނީ