އައްޑޫގެ ހިތަދޫ-ހުޅުމީދޫ ބްރިޖަކުން ގުޅާލުމުގެ މަޝްރޫއު ހިންގުމަށް މިސްރުގެ ބޮޑު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް އެކަމަށް ބޭނުންވާ ސާވޭ ހިލޭކޮށްދިނުމަށް ސަރުކާރަށް ހުށަހަޅައިފި އެވެ.
21 ޖެނުއަރީ 2024
އައްޑޫގެ ހިތަދޫ-ހުޅުމީދޫ ބްރިޖަކުން ގުޅާލުމުގެ މަޝްރޫއު ހިންގުމަށް މިސްރުގެ ބޮޑު ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށް އެކަމަށް ބޭނުންވާ ސާވޭ ހިލޭކޮށްދިނުމަށް ސަރުކާރަށް ހުށަހަޅައިފި އެވެ.
ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީ ސެކްރެޓަރީ އަބްދުالله ނާޒިމް ވިދާޅުވީ އައްޑޫ ބްރިޖުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވަނީ މިސްރުގެ "ދަ އަރަބް ކޮންޓްރެކްޓާސް" ކުންފުނިން ކަމަށެވެ.
"އެކަމާ ގުޅިގެން ކުރަންޖެހޭ ސާވޭތައް އެ ކުންފުނިން ހިލޭ ސާބަހަށް ކޮށްދޭނެ ކަމުގެ އިޝާރާތެއް ވެފައިވާތީ، އެކަން އެގޮތަށް ކޮށްދޭން ތައްޔާރަށް ތިބި ކަމަށްވާ ނަމަ، އެކަމުގެ މަސައްކަތް އެ ބޭފުޅުންނާ މަޝްވަރާކޮށްގެން ކުރިއަށް ގެންދަން އިކޮނޮމިކް ކައުންސިލުން ވަނީ ނިންމައިފައި،" ނާޒިމް ވިދާޅުވި އެވެ.
ހިލޭ ސާވޭކޮށްދޭން އެ ކުންފުނިން ހުށަހަޅާފައިވާއިރު މި އަހަރުގެ ބަޖެޓުގައި ހިތަދޫ-ހުޅުމީދޫ ބްރިޖުގެ ސާވޭ ހެދުމަށް 30 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން ޗައިނާއަށް ކުރެއްވި ދަތުރުގައި ޗައިނާގެ އިންވެސްޓަރުންނަށް ޕްރޮޕޯސަލް ހުށަހަޅަން ހުޅުވާލި މަޝްރޫއުތަކުގެ ތެރޭގައި ވެސް އައްޑޫ ބްރިޖު ހިމެނެ އެވެ. ޗައިނާގެ ކުންފުންޏަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރި ކަމަށް ވެސް ކޮންސްޓްރަކްޝަން މިނިސްޓަރު އަބްދުالله މުއްތަލިބު ވިދާޅުވެފައިވެ އެވެ.
ހިތަދު އާއި ހުޅުމީދޫ ބްރިޖަކުން ގުޅާލުމަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށް އައްޑު އަށް ވެވަޑައިގެންނެވި ވައުދެކެވެ. މިދިޔަ އޮގަސްޓް މަހު، މި އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މުއިއްޒު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ޔާމީންގެ އެ ވައުދު ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަން އިއުލާންކުރައްވައިފަ އެވެ.
އެ ބްރިޖަކީ މާލެ ފިޔަވާ އެހެން ސަރަހައްދަކަށް މުއިއްޒު ވެވަޑައިގެންނެވި އެންމެ ބޮޑު ވައުދެވެ.
އައްޑޫގައި ހަދާ ބްރިޖު ވާނީ ރާއްޖޭގައި ހަދާ އެންމެ ބޮޑު ބްރިޖަށެވެ. ހިތަދު އާއި ހުޅުމީދޫ ގުޅާލުމަށް ގާތްގަނޑަށް 13-15 ކިލޯމީޓަރުގެ ދިގު ބްރިޖެއް އަޅަން ޖެހެ އެވެ.
ރާއްޖޭގައި ހެދި ފުރަތަމަ ބްރިޖު، މާލެ އާއި ހުޅުލެ ގުޅުވާލި ސިނަމާލެ ބްރިޖުގެ ދިގުމިނަކީ 1.4 ކިލޯމީޓަރެވެ. މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް މިހާރު ހަދަމުން އަންނަ ތިލަމާލެ ބްރިޖަކީ 6.7 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ.
އައްޑޫ ބްރިޖު އެޅޭނީ ރައީސް މުއިއްޒަށް: ނިޒާރު
"އައްޑޫ ބްރިޖުގެ މަސައްކަތް މި ދައުރުގައި ނިންމާނަން"
އައްޑޫ ބްރިޖު އަޅައި އަމަލުން ދައްކާނަން: ރައީސް
އެކްސިޑެންޓުވި އިލްމު އަދިވެސް ވެލްޓިލޭޓަރުގައި
އިންޑިއާ ކޮންސިއުލޭޓެއް އައްޑޫގައި ހަދަން މަޝްވަރާކޮށްފި
އޮޕަރޭޝަން ހުއްޓުވާ ދޯނިތަކުން މަހެއް ނުގަންނާނެ:މިފްކޯ
އައްޑޫ މަސްވެރިން ކޮންޓްރޯލް ނަގައި، ދަތިކުރަނީ!
އަންނަ ހަފްތާ އައްޑޫ ގޯތިތައް ދޭން ފަށަނީ
ފޯކަސްގައި އޮތީ ނަތީޖާ ނެރުން އެކަނި: ރައީސް
"ސުޕަ މެޖޯރިޓީ އޮވެގެން އެއްވެސް ކަމެއް ނުވި"