ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތާ އެއްގޮތަށް، ހުރިހާ ގައުމަކާ ވެސް ހަމަހަމަ، ވަކި ކޮޅަކަށް ބުރަނުވާ ރަހުމަތްތެރި ގުޅުމެއް ބާއްވާނެ ކަމަށާއި ނަމަވެސް ރާއްޖޭގެ އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ބިރުދެއްކުމާ ކުރިމަތިލާނީ އިހުތިރާމާ އެކު އެކަމަކު ވަރުގަދައަށް ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާރިޖީ ސިޔާސަތާ އެއްގޮތަށް، ހުރިހާ ގައުމަކާ ވެސް ހަމަހަމަ، ވަކި ކޮޅަކަށް ބުރަނުވާ ރަހުމަތްތެރި ގުޅުމެއް ބާއްވާނެ ކަމަށާއި ނަމަވެސް ރާއްޖޭގެ އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ބިރުދެއްކުމާ ކުރިމަތިލާނީ އިހުތިރާމާ އެކު އެކަމަކު ވަރުގަދައަށް ކަމަށް ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ޣައްސާން މިހެން ވިދާޅުވީ އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯ އާ ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކުގެ ތެރެއިންނެވެ.
ޑިފެންސް މިނިސްޓްރީން ބުނީ، ޣައްސާނާއި އެކުއިލީނޯ މިއަދު ބައްދަލުކުރައްވައި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ރާއްޖެ އާއި އެމެރިކާ އާ ދެމެދު ދިފާއީ ގޮތުން ގުޅިގެން ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރަން މަޝްވަރާ ކުރެއްވި ކަމަށެވެ.
އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯ މިއަދު ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާ ބައްދަލުކުރައްވަނީ. --ފޮޓޯ: ޑިފެންސް މިނިސްޓްރީ
އަދި މި ބައްދަލުވުމުގައި ޣައްސާން ވަނީ ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތާ އެއްގޮތަށް، ހުރިހާ ގައުމަކާ ވެސް ހަމަހަމަ، ވަކި ކޮޅަކަށް ބުރަނުވާ ރަހުމަތްތެރި ގުޅުމެއް ބާއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށް ޑިފެންސުން ބުންޏެވެ.
"...ބިރުދެއްކުމާ ކުރިމަތިލާނީ އިހުތިރާމާ އެކު އެކަމަކު ވަރުގަދައަށް ރާއްޖޭގެ އިސްތިގުލާލު ދެމެހެއްޓުމުގެ ނިޔަތުގައި،" ޑިފެންސުން ކުރި ޕޯސްޓުގައި ބުންޏެވެ.
ޣައްސާންގެ އިތުރުން އެކުއިލީނޯ މިއަދު ވަނީ ޗީފް އޮފް ޑިފެންސް ފޯސް އަބްދުއްރަހީމް އަބްދުއްލަތީފް އާ ވެސް ބައްދަލުކުރައްވައިފަ އެވެ.
އެމެރިކާގެ އިންޑޯ ޕެސިފިކް ކޮމާންޑްގެ ކޮމާންޑަރު އެޑްމިރަލް ޖޯން އެކުއިލީނޯ މިއަދު ޑިފެންސް ޗީފް އަބްދުއްރަހީމާ ބައްދަލުކުރައްވަނީ. --ފޮޓޯ: އެމްއެންޑީއެފް
އެ ބައްދަލުވުމުގައި އެމްއެންޑީއެފް އިން ބުނީ، ދެ ބޭފުޅުން ވަނީ ދެ ގައުމުގެ އިތުރުން ސަރަހައްދީ ސަލަމާތާއި ރައްކާތެރިކަމަށް ގުޅިގެން މަސައްކަތް ކުރެވޭނެ އިތުރު ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ.
"އެއާ ކޯއަކީ އަމިއްލަ މިނިވަންކަން ދެމެހެއްޓޭނެ ހެއްކެއް"
ސިފައިންގެ ޗީފް އަބްދުއްރަހީމް އަންނަ މަހު ރިޓަޔާކުރަނީ
އަބްދުއްރަހީމަށް ސިފައިންގޭގައި އެންމެއިސް ދެވަނަ ރޭންކް
ރާއްޖެއަށް އަސްކަރީ އެހީ ދޭނެކަމުގެ ޔަގީންކަން
ވަފާތެރި ލަޝްކަރެއް އޮތްކަން ދައްކަންވީ ވަގުތު ޖެހިއްޖެ
ހެލިކޮޕްޓަރު ޖެއްސީ އިމަޖެންސީ ހާލަތުގައި:ހައި ކޮމިިޝަން
"ސެނަހިޔާގައި ތިބޭ ޑޮކްޓަރުންގެ އަސްކަރީ ރޯލެއް ނެތް"
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި
ރާއްޖެ-އެމެރިކާ ސިފައިންގެ ތަމްރީނުތަކެއް ފަށައިފި
ޗައިނާއާ އެކު އަސްކަރީ އެއްބަސްވުމެއްގައި ސޮއިކޮށްފި