Roadha Mihaaru
އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް އަލުން ބާއްވަނީ

އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް އަލުން ބާއްވަނީ

24 ޖެނުއަރީ 2024

އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް، ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ބާއްވަން ނިންމައިފި އެވެ.

އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް، ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ބާއްވަން ނިންމައިފި އެވެ.

ނެޝަނަލް ސެންޓާ ފޯ ދި އާޓްސް (އެންސީއޭ) އިން އިއްޔެ ކުރި އިއުލާނެއްގައި ބުނީ "އެންސީއޭ – އޮފީސްތަކުގެ ޓެލެޑްރާމާ މުބާރާތް 2024" ގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

މިފަހަރުގެ ޓެލެޑްރާމާގެ ތީމަކީ އެ އޮފީހެއް، މުއައްސަސާއެއް ނުވަތަ ކުންފުންޏެއްގެ މައިގަނޑު މަސައްކަތްތަކާ ގުޅުންހުރި އަދި އިޖުތިމާއީ މައްސަލައަކަށާއި އެއަށް ހައްލެއް ހޯދޭނެ ކަންކަން ކަމަށް އެ އިއުލާނުގައިވާ މި މުބާރާތުގެ އުސޫލުގައިވެ އެވެ.

މިއީ މުނިފޫހިފިލުވުމުގެ ދާއިރާއަށް ފަންނާނުން އިތުރުކޮށް، ފަންނުވެރީންނަށް ހިތްވަރުދީ، އަގުވަޒަންކޮށް، އެކުވެރި ވާދަވެރި މަހައުލެއްގައި ފަންނުވެރިކަން ތަރައްގީކޮށް ދެމެހެއްޓުމުގެ މަގުސަދުގައި ބާއްވަމުން އަންނަ މުބާރާތެއް ކަމަށް އެ އުސޫލުގައި ބުންޏެވެ.

އެ އުސޫލުގައި ބުނި ގޮތުގައި، ރާއްޖޭގެ ގާނޫނާއި ގަވާއިދާއި ރާއްޖޭގެ ތާރީހާއި އާދަކާދައާ ހިލާފުނުވާ މުޖުތަމައުގައި ހިމެނޭ ދޭދޭ އަފުރާދުންގެ މެދުގައި މަސްލަހަތު ނުގެއްލޭ ކަހަލަ ތީމަކަށް ވާންވާނެ އެވެ. ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ "ކޯޑް އޮފް ޕްރެކްޓިސް" އާއި ހިލާފުވެގެން ވެސް ނުވާނެ ކަމަށާއި އަދި ކުރިއަށް ދާ ޝަރުއީ އެއްވެސް މައްސަލައަކާ ގުޅޭ ގޮތުން ތީމް ކަނޑައަޅައިގެން ނުވާނެ ކަމަށް ވެސް އުސޫލުގައިވެ އެވެ.

މި މުބާރާތުގެ ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހު އެކެއްގެ ކުރީން ފޯމް ހުށަހަޅަން ޖެހޭނެ ކަމަށް އެންސީއޭގެ އިއުލާނުގައި ބުނެފައިވެ އެވެ.