Roadha Mihaaru
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ލޯނު ދޫކުރަނީ!

އަންހެނުންގެ 100 މިލިއަންގެ ލޯނުގެ ތެރެއިން 25 ޕަސެންޓް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް!

26 ޖެނުއަރީ 2024

އަންހެނުން ބާރުވެރިކޮށް، ވިޔަފާރީގެ މައިދާނަށް އެ މީހުން ނެރުމަށް ސަރުކާރުން 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމުގެ ޕްރޮގްރާމްގައި 25 ޕަސެންޓް ހާއްސަ ކުރާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

އަންހެނުން ބާރުވެރިކޮށް، ވިޔަފާރީގެ މައިދާނަށް އެ މީހުން ނެރުމަށް ސަރުކާރުން 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރުމުގެ ޕްރޮގްރާމްގައި 25 ޕަސެންޓް ހާއްސަ ކުރާނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، ވަޒީރުންނާ ކޮންމެ ސުވާލެއް ކުރެވޭ ގޮތަށް "އަހާ" ގެ ނަމުގައި ބޭއްވި ޕަބްލިކް ފޯރަމްގަ އެވެ.

މިނިސްޓަރު ވިދާޅުވީ އަންހެނުންނަށް ހާއްސަކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ސަރުކާރުން ނިންމާފައިވާއިރު ކުދި ވިޔަފާރިތަކަށް ވެސް މާލީ އެހީ ދިނުމަށް ލޯނެއް ވަރަށް އަވަހަށް ތައާރަފުކުރެވޭނެ ކަމަށެވެ. ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މި ހަފުތާގައި ވިދާޅުވީ، އަންހެނުންނަށް ހާއްސަކޮށް 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ސަރުކާރުން ނިންމާފައިވާއިރު ކުދި ވިޔަފާރިތަކަށް ވެސް މާލީ އެހީ ދިނުމަށް ލޯނެއް ވަރަށް އަވަހަށް ތައާރަފުކުރާނެ ކަމަށެވެ.

ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމްގއި ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމްގއި ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

"މީގެ އިތުރުން ވެސް ފުއްދުންތެރި އަބުރުވެރި ދިރިއުޅުމެއް އުޅުމުގެ ފުރުސަތު ފަހިކޮށް ދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުހިއްމު ދެ ވައުދެއް ފުއްދަވައި ދެއްވާނެ ކަމުގެ ޔަގީންކަން އަރުވަން. މިގޮތުން އަންހެނުންނަށް ހާއްސަ ކުރެވިފައިވާ 100 މިލިއަން ރުފިޔާގެ ލޯނު ވަރަށް އަވަހަށް ދޫކުރަން ފަށާނެ،" އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތައް އެއް ތަނަކުން ލިބޭނެ މަގު ފަހިކުރުމަށް މިދިޔަ ހަފުތާ ބަންދުގައި ހުޅުމާލޭގައި ބޭއްވި "ހިޔަލަ ވީކެންޑް މާކެޓް" ހުޅުވުމުގެ ރަސްމިއްޔާތުގައި ޑރ. އާއިޝަތު ޝިހާމް ވިދާޅުވި އެވެ.

ފަސް ވަޒީރެއްގެ ޕަބްލިކް ފޯރަމްގައި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ފަރާތުން މައިގަނޑު ގޮތެއްގައި އެންމެ ބޮޑަށް އަމާޒުވި ސުވާލުތަކަކީ އެ މީހުންނަށް ފަސޭހައިން އެކްސެސް ވެވޭ ގޮތަށް ނުވަތަ އިމާރާތްތަކާއި މިސްކިތްތަކަށް ވަދެވޭ ގޮތަށް ކަންކަން ބައްޓަން ކޮށްފައި ނެތް މައްސަލައަށެވެ. އެފަދަ ތަންތަނަށް ވަދެ ނުކުތުމުގައި އަދިވެސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހަ ނިޒާމެއް ނެތް ކަން އެ މީހުންގެ ވާހަކަތަކުން ރޭ ފާހަގަވި އެވެ.

ރޭގެ ފޯރަމްގައި ބައިވެރިވެވަައިގެންނެވި ވަޒީރުން ދެއްވި ޔަގީން ކަމަކީ އެ ކަމަށް ހައްލު ހޯދައި ދެއްވާނެ ކަމެވެ.

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލޯނު ދޫކުރުމާ ގުޚޅޭ ގޮތުން ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު ސައީދު ވިދާޅުވީ، އެއީ މި ސަރުކާރުގެ "ހަފުތާ 14" ގެ ވަރަށް މުހިންމު ބައެއް ކަމަށެވެ.

އޭނާ ވިދާޅުވީ، ކުދި ވިޔަފާރިތަކަށް ބޭރުގެ ފަރާތްތަކުގެ އެހީތެރިކަމާ އެކު ލޯނުތައް ދޫކުރަން މަސައްކަތް ކުރާ ކަމަށެވެ. އަންހެނުން ކުރިއަރުން 100 މިލިއަން ރުފިޔާގެ ލޯނު ދޫކުރަނީ އެ މަސައްކަތުގެ ތެރެއިން ކަން ވެސް ސައީދު ފާހަގަކުރެއްވި އެވެ.

ރޭ ބޭއްވި ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު ސައީދު އާންމުންގެ ސުވާލަކަށް ޖަވާބު ދެއްވަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

ރޭ ބޭއްވި ވަޒީރުންގެ ފުރަތަމަ ޕަބްލިކް ފޯރަމްގައި އިކޮނޮމިކް މިނިސްޓަރު ސައީދު އާންމުންގެ ސުވާލަކަށް ޖަވާބު ދެއްވަނީ.--- ފޮޓޯ: ނިޝާން އަލީ / މިހާރު

އޭނާ ވިދާޅުވީ "ކްރިއޭޓާ އިކޮނޮމީ" ހަބެއްގެ ބިންގާ ވަރަށް އަވަހަށް އަޅާނެ ކަމަށާއި އެ ތަން އިމާރާތް ކުރުމުގެ ފައިސާ ވެސް ހުރީ ހަމަޖެހިފައި ކަމަށެވެ.

"މާނއަކީ ޒުވާން ވިޔަފާރިވެރިންނަށް އައިސް އެ ބޭފުޅުންގެ އީޖާދީ މަސައްކަތްތައް ކުރުމަށް ވަރަށް ބޮޑު ޖާގައެއް ލިބިގެންދާނެ. މީގެ ތެރޭގައި ފައިނޭންޝަލް، ޓެކްނޮލޮޖީ އަދި އީޖާދީ އެކި މަސައްކަތްތައް ކުރުމަށް ވަސީލަތްތައް ގާއިމު ކުރެވިފައި ހުންނާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކުރު ފިލްމާއި ވީޑިއޯ ކްލިޕް ފަދަ "ކޮންޓެންޓް ކްރިއޭޝަން" އަށް ވެސް ހާއްސަ ފައިސާ ސްކީމެއް ތައާރަފު ކުރުމަށް ވެސް ސަރުކާރުން ގަސްދުކުރެ އެވެ.

"ރައީސް މުއިއްޒުގެ ވިސްނުންފުޅު އެބަހުރި މި ދެންނެވި ސެކްޓާތައް ވެސް، ކްރިއޭޓިވް އިންޑަސްޓްރީ، ކްރިއޭޓާ އިކޮނޮމީ ގާއިމުކުރުމުގައި ޒުވާނުންނާއި އަލަށް ވިޔަފާރި އަށް ވަންނަ ފަރާތްތަކަށް ލުއި ގޮތްތަކެއްގައި މި ފުރުސަތު ދޭން،" ސައީދު ވިދާޅުވި އެވެ.