Roadha Mihaaru
ބިގްބޮސް 17 ގެ ފައިނަލް މާދަމާ ރޭ

ބިގްބޮސް 17 ގެ ފައިނަލް މާދަމާ ރޭ

27 ޖެނުއަރީ 2024

އިންޑިއާގެ ރިއަލިޓީ ޝޯ "ބިގްބޮސް"ގެ 17 ވަނަ ސީޒަންގެ ފައިނަލިސްޓުން ހޮވައި މާދަމާ ރޭ ގްރޭންޑް ފިނަލޭ ގެނެސްދޭން ނިންމައިފި އެވެ.

އިންޑިއާގެ ރިއަލިޓީ ޝޯ "ބިގްބޮސް"ގެ 17 ވަނަ ސީޒަންގެ ފައިނަލިސްޓުން ހޮވައި މާދަމާ ރޭ ގްރޭންޑް ފިނަލޭ ގެނެސްދޭން ނިންމައިފި އެވެ.

މިފަހަރުގެ ސީޒަންގެ ފައިނަލިސްޓުންގެ ގޮތުގައި ހޮވިފައި ވަނީ އަނީތާ ލޮކާންޑޭ އާއި މުނައްވަރު ފާރުގީ އާއި މަންނަރާ ޗޯޕްރާ އާއި އަބީޝޭކް ކުމާރް އަދި އަރުން މަޝެޓީ އެވެ.

މި ޝޯ ގެނެސްދޭ ކަލާސް ޓީވީން އާންމުކޮށްފައިވާ ފިނާލޭގެ ޕްރޮމޯ ވީޑިއޯ އިން ފެންނަ ގޮތުގައި، އެ އެޕިސޯޑުން އިންޑިއާގެ ކޮމީޑިއަން ބާރްތީ ސިންގް އާއި އޭނާގެ ފިރިމީހާ ހަރްޝް ލިމްބަޗިޔާ އަދި ސޯޝަލް މީޑިއާ ޕާސަނާލިޓީ އޯރީ ވެސް ފެންނާނެ އެވެ.

ސަލްމާން ހާން ހޮސްޓުކުރާ މި ޝޯގެ 17 ވަނަ ސީޒަން ދައްކަން ފެށީ މިދިޔަ އަހަރު އޮކްޓޯބަރު 15 ގަ އެވެ. މި ސީޒަން ވެސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މި ސީޒަން ފެށި އިރު 21 ބައިވެރިން ތިއްބެވެ.

ފިނަލޭ އެޕިސޯޑް ފަށާނީ ރާއްޖެ ގަޑިން ހަވީރު 5:30 ގަ އެވެ. އަދި މި ސީޒަން ކާމިޔާބުކުރާ ބައިވެރިޔަކު އިއުލާންކުރާނީ އެ ރޭ ދަންވަރެވެ.