Roadha Mihaaru
އިންޑިއާގެ ފުރަތަމަ އޭރިއަލް އެކްޝަން ފިލްމުގެ ޓީޒާ

ދީޕިކާ، ރިތިކް އަދި އަނިލްއާ އެކު އިންޑިއާގެ ފުރަތަމަ އޭރިއަލް އެކްޝަން ފިލްމުގެ ޓީޒާ ނެރެފި

16 އޯގަސްޓް 2023

ދީޕިކާ ޕަދުކޯން އާއި ރިތިކް ރޯޝަން އަދި އަނިލް ކަޕޫރު ލީޑު ރޯލު ކުޅޭ އިންޑިއާގެ ފުރަތަމަ އޭރިއަލް އެކްޝަން ފިލްމު "ފައިޓާ"ގެ ޓީޒާ އިއްޔެ ނެރެފި އެވެ.

ދީޕިކާ ޕަދުކޯން އާއި ރިތިކް ރޯޝަން އަދި އަނިލް ކަޕޫރު ލީޑު ރޯލު ކުޅޭ އިންޑިއާގެ ފުރަތަމަ އޭރިއަލް އެކްޝަން ފިލްމު "ފައިޓާ"ގެ ޓީޒާ އިއްޔެ ނެރެފި އެވެ.

އެ ފިލްމަކީ ބޮލީވުޑްގެ މަޝްހޫރު ފިލްމުތައް ކަމަށްވާ "ޕަތާން" އާއި "ވޯ" އަދި "ބޭންގް ބޭންގް" ކަހަލަ ފިލްމުތަކުގެ ޑައިރެކްޓަރު ސިދާތު އާނަންދުގެ ޑައިރެކްޝަނެކެވެ.

މިއީ ސިދާތުގެ ޑައިރެކްޝަނެއްގައި ރިތިކް މަސައްކަތް ކުރާ ތިން ވަނަ ފަހަރެވެ. ދީޕިކާގެ ދެވަނަ ފިލްމެވެ. އަދި އަނިލް ކަޕޫރުގެ ފުރަތަމަ ފިލްމެވެ.

ދީޕިކާ އާއި ރިތިކް އެކުގައި މަސައްކަތް ކުރާ ވެސް މިއީ ފުރަތަމަ ފިލްމެވެ.

ފިލްމުގެ ފުރަތަމަ ޓީޒާ އާންމުކުރީ ދީޕިކާ އާއި ރިތިކް އަދި އަނިލްގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށެވެ.

އެ ފިލްމު ސިނަމާތަކުގައި އަޅުވަނީ އަންނަ އަހަރު ޖެނުއަރީ މަހު 25 ގަ އެވެ.