ދިވެހި އިމާމުން ތަމްރީންކުރަން، ތައިލެންޑުގައި ހުންނަ އިސްލާމީ އެންމެ ވަރުގަދަ އެއް ޔުނިވަސިޓީއަށް ފޮނުވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
30 ޖެނުއަރީ 2024
ދިވެހި އިމާމުން ތަމްރީންކުރަން، ތައިލެންޑުގައި ހުންނަ އިސްލާމީ އެންމެ ވަރުގަދަ އެއް ޔުނިވަސިޓީއަށް ފޮނުވުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އިމާމުން ތާޒާކުރުމުގެ ގައުމީ ޕްރޮގްރާމް އިފްތިތާހުކުރުމަށް މިއަދު ހެނދުނު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ޝަހީމް ވިދާޅުވީ އިމާމުން ތަމްރީނުކުރުމަށް ރާއްޖެއިން ބޭރަށް ވެސް ފޮނުވާނެ ކަމަށާއި މާސްޓާސް އާއި ޕީއެޗްޑީ ހަދަން ބޭނުންވާ އިމާމުންނަށް ސްކޮލަޝިޕްގެ ފުރުސަތު ވެސް ދޭން އިސްލާމިކް މިނިސްޓްރީގެ މި އަހަރުގެ އެކްޝަން ޕްލޭންގައި ހިމަނާފައިވާނެ ކަމަށެވެ.
މިނިސްޓަރަކަށް ކުރިން ހުންނެވިއިރު ވެސް، މެލޭޝިއާ ފަދަ ގައުމުތަކަށް އިމާމުން ފޮނުވައިގެން ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިކުރުވި ކަމަށް ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ މަސައްކަތް އަލުން ފަށައި، މެލޭޝިއާ އާއި މިސްރާއި ސައުދި އަރަބިއްޔާ އާއި ބުރޫނައީ އާއި މޮރޮކޯ އަދި އިންޑޮނޭޝިއާ އަށް ވެސް އިމާމުން ތަމްރީނުކުރުމަށް ފޮނުވާނެ ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމުގައި އެބައޮތް ތައިލެންޑަށް ވެސް ފޮނުވުން. އެކަމަކު އަނބުރާ އަންނަން ޖެހޭނެ،" ޝަހީމް ވިދާޅުވި އެވެ.
"ތައިލެންޑޭ މި ދެންނެވީ ތައިލެންޑުގައި ވެސް އެބަހުރި ވަރަށް ވަރުގަދަ އިސްލާމިކް ޔުނިވާސިޓީއެއް. އެއީ މިސްރާއި ސައުދީ އަރަބިއްޔާ އާއި މެލޭޝިއާ ތަންތަނުން އަޅުގަނޑުމެންނާ އެއްކޮށް ކިޔަވަން ތިއްބެވި ބައެއް ބޭފުޅުންނާއި އަޅުގަނޑުމެންނަށް ވުރެ ދޮށީ ޖީލުގެ ބޭފުޅުން ވެސް އެ ބޭފުޅުންގެ ގައުމަށް އެނބުރި ވަޑައިގެން އުފައްދަވާފައިވާ ތައުލީމީ މުއައްސަސާތައް އެބަހުރި."
އިސްލާމިކް މިނިސްޓްރީން މިއަދު އިފްތިތާހުކުރި އިމާމުން ތާޒާކުރުމުގެ ގައުމީ މަޝްރޫއުގެ ދަށުން މި އަހަރުގެ ރާއްޖޭގެ ހުރިހާ އިމާމުންނަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ހިންގަން ވަނީ ނިންމައިފަ އެވެ. އެ ޕްރޮގްރާމްގެ ފުރަތަމަ ބުރު އަންނަ މަހު ގއ. އަދި ގދ. އަތޮޅުގައި ބާއްވަން ވަނީ ތާވަލުކޮށްފަ އެވެ.
ހުރިހާ އިމާމުންނަށް ހާއްސަ ޕްރޮގްރާމް އަންނަމަހު ފަށަނީ
އިމާމުންނަށް މޮރޮކޯގައި އަރަބި ބަސް ކިޔެވުމުގެ ފުރުސަތު
އިމާމުން ތަމްރީނުކުރަން ބުރޫނާއީ އަށް ފޮނުވަނީ
ހުޅުމާލޭ ވަގުފް އިމާރާތުގެ ބިންގާ އަޅައިފި
ޒާތީ މައުލޫމާތެއް ހާމަވިނަމަ މާފަށް އެދެން: ޝަހީމް
ހުޅުމާލޭ ވަގްފް އިމާރާތުގެ މަސައްކަތް އާރްސީސީއަށް
ވަގުފް އިމާރާތްތައް ތަރައްގީކުރަން ބީއެމްއެލުން އެހީވަނީ
ބޮޑުގެ މިސްކިތް އެޅުމުގެ މަސައްކަތް ފަށައިފި
ވަގުފް އިމާރާތް އަޅަން އާރުސީސީއާ ހަވާލުކޮށްފި
ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ މީހުން ހޮވައިފި