Roadha Mihaaru
މެސީގެ ދޮށީ ދަރިފުޅު ތިއާގޯ ޔޫތު ޓީމުގައި ވިދުން ގަދަ

މެސީގެ ދޮށީ ދަރިފުޅު ތިއާގޯ، މަޔާމީގެ ޔޫތު ޓީމުގައި ވިދުން ގަދަ

31 ޖެނުއަރީ 2024

ފްލޮރިޑާ (ޖެނުއަރީ 31) - އިންޓަ މަޔާމީގެ ކެޕްޓަން ލިއޮނެލް މެސީގެ ދޮށީ ދަރިފުޅު ތިއާގޯ މެސީ، އެ ކްލަބްގެ 12 އަހަރުންދަށުގެ ޓީމުގައި ވިދަން ފަށައިފި އެވެ.

ފްލޮރިޑާ (ޖެނުއަރީ 31) - އިންޓަ މަޔާމީގެ ކެޕްޓަން ލިއޮނެލް މެސީގެ ދޮށީ ދަރިފުޅު ތިއާގޯ މެސީ، އެ ކްލަބްގެ 12 އަހަރުންދަށުގެ ޓީމުގައި ވިދަން ފަށައިފި އެވެ.

އުމުރުން 11 އަހަރުގެ ތިއާގޯ ވަނީ 12 އަހަރުންދަށުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ހަ މެޗުން 13 ލަނޑުޖަހައިފަ އެވެ. އަދި އިތުރު ހަތް ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނެވެ.

ބައެއް މީޑީއާތަކުން ސިފަ ކުރި ގޮތުގައި، ތިއާގޯގެ ގޯލް ޖެހުމުގެ ހުނަރާ އެކު ހީވަނީ އޭނާގެ ބައްޕަ ފަދައިން ޓީމު މޮޅުކޮށް ދިނުމުގެ ޒިންމާ އޭނާގެ ބޮޅުގައި އޮތް ކަމަށް ދެކިގެން ކުޅޭހެންނެވެ.

ތިއާގޯ މިހާތަނަށް ޖެހި 13 ލަނޑާ އެކު އޭނާ ވަނީ، މަޔާމގެ 12 އަހަރުންދަށުގެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާ އަށް ވުމަށް ފުރުސަތު ބޮޑުކޮށްފަ އެވެ.

ތިއާގޯގެ ހުނަރު ފެންނަ ވީޑިއޯތަކާ އެކު ބައެއް މީހުން ވަނީ، މެސީގެ ވާދަވެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ދޮށީ ދަރިފުޅު ރޮނާލްޑޯ ޖޫނިއާ އާއި ތިއާގޯއާ އަޅާ ކިޔައިފަ އެވެ.

އެކްސްގައި ކޮމެންޓް ކުރި މީހަކު ބުނީ ފުޓްބޯޅައިގެ އަންނަން އޮތް ޖީލުގައި ފެންނާނީ ރޮނާލްޑޯ ޖޫނިއާ އާއި ތިއާގޯގެ ވާދަވެރިކަން ކަމަށެވެ.