31 ޖެނުއަރީ 2024
ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ގާނޫނީ ހިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ބާ ކައުންސިލްގެ ރައީސް އިސްމާއިލް ވިޝާމް އަވަހާރަވުމަކީ ރާއްޖޭގެ ގާނޫނީ ހިދުމަތުގެ ދާއިރާއަށް ލިބުނު ފޫނުބެއްދޭނެ އުނިކަމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމަށް މި ގެއްލުނީ ހިދުމަތްތެރި، ޒުވާން، ތައުލީމީ ދަރިއެއް ކަމަށެވެ.
ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ވިޝާމްގެ އާއިލާ އަށާއި ބާ ކައުންސިލްގެ ހުރިހާ ގާނޫނީ ވަކީލުންނަށް އިހުލާސްތެރިކަމާ އެކު ތައުޒިޔާ ދަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
އުމުރުން 39 އަހަރުގެ ވިޝާމް މިރޭ އަވަހާރަވީ ކުއްލި ގޮތަކަށެވެ.
ވިޝާމް އަވަހާރަވި ސަބަބެއް އަދި ނޭނގެ އެވެ. އޭނާ ދަންނަ ބައެއް މީހުން ބުނި ގޮތުގައި ފެނުނީ ގޭތެރޭގައި ވެއްޓިފައި އޮއްވަ އެވެ.
ވިޝާމް ވަނީ މީގެ ކުރިން އެސިސްޓެންޓް އެޓާނީ ޖެނެރަލްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
ވިޝާމް އަކީ ބޮޑެތި އެކި މައްސަލަތަކުގައި ވަކާލާތުކުރައްވާފައިވާ ރާއްޖޭގެ ތަޖުރިބާކާރު ވަކީލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. މެލޭޝިއާގެ އިސްލާމިކް ޔުނިވަސިޓީން 2008 ވަނަ އަހަރު މާސްޓާޒް ހާސިލްކުރެއްވުމަށް ފަހު ވިޝާމް 2009 ވަނަ އަހަރުން ފެށިގެން އަންނަނީ ގާނޫނީ މަސައްކަތް ކުރައްވަމުންނެވެ.
އޭނާ އަކީ 2011 ވަނަ އަަހަރުން ފެށިގެން ޗާޓާޑް އިންސްޓްޓިއުޓް އޮފް އާބިޓްރޭޓާސްގެ އެސޯސިއޭޓް މެންބަރެކެވެ.
ވިޝާމް ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ފެއްޓެވީ ސުއޫދު އެންޑް އަންވަރު ލޯ ފާމުންނެވެ. އޭގެ ފަހުން 2016 ވަނަ އަހަރު އަމިއްލަ ލޯ ފާމެއް އުފެއްދެވި އެވެ. އަދި އޭނާ ބިޒްނަސް އާއި ކޮމާޝަލް ލޯގެ ދަރިވަރުންނަށް ޕާޓް ޓައިމްކޮށް ކިޔަވައި ދެއްވި އެވެ.
ބާ ކައުންސިލްގެ ދެވަނަ ދައުރުގެ ރައީސްކަމަށް ވިޝާމް އިންތިހާބުކުރީ ޖޫން 11، 2022ގަ އެވެ.
ވެލާނާގެ އަބްދުލްމަޖީދު މާހިރު އަވަހަރާވެއްޖެ
ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވަން ފިޔަވަޅު އަޅާނަން
އަތަމާ އަބްދުއްލަތީފަކީ ނަމޫނާ ޝަހުސިއްޔަތެއް: ރައީސް
ސާޖިދާގެ ބައްޕަ މަގާމުގައި ހުންނެވި އަލީ އަވަހާރަވެއްޖެ
ޑރ. ރަމްޝާ އަވަހާރަވުމުން ރައީސްގެ ތައުޒިޔާ
އަބްދުﷲ ރަޝީދަށް އިންސާފު ނުލިބި އެތައް ދުވަހެއް!
ބާ ކައުންސިލްގެ ރައީސް ވިޝާމް އަވަހާރަވެއްޖެ
އާބަން ސެންޓަރުގެ ބޭނުމަކީ އެއްފަސްކުރުން: މިނިސްޓަރު
ޓޫރިސްޓުން ގެންނަ ދުންފަތުގެ ބާވަތުން ޑިއުޓީ ނުނަގާނެ
ހަތް އާބަން ސެންޓަރު ކަނޑައެޅީ މެނިފެސްޓޯގައިވާ ގޮތަށް