ހަތަރު އަހަރު ކުރިން އެފްއޭއެމުން ހަދަންޖެހޭ ކޮމިޓީތައް ނުހަދައި އޮތުމުން އެ ކޮމިޓީތައް އެކުލަވާލަން ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަންނަ ހަފުތާ ބުރާސްފަތިގައި ބާއްވަން އެ އެސޯސިއޭޝަނުން އިއުލާންކޮށްފި އެވެ.
ހަތަރު އަހަރު ކުރިން އެފްއޭއެމުން ހަދަންޖެހޭ ކޮމިޓީތައް ނުހަދައި އޮތުމުން އެ ކޮމިޓީތައް އެކުލަވާލަން ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް އަންނަ ހަފުތާ ބުރާސްފަތިގައި ބާއްވަން އެ އެސޯސިއޭޝަނުން އިއުލާންކޮށްފި އެވެ.
އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދެވަނަ ދައުރު ފެށީ، ޖުލައި 2020 ގައި ބޭއްވި ކޮންގްރެސް އަށް ފަހު އެވެ. އެގްޒެކެޓިވް ކޮމިޓީގެ އިތުރުން ހަތަރު އަހަރަށް އެކުލަވާލާ ކޮމިޓީތައް ވެސް އެ ކޮންގްރެސްގައި އުފައްދަން ޖެހެ އެވެ.
ނަމަވެސް އެފްއޭއެމުން އޮތީ، އެ އެސޯސިއޭޝަންގެ އަސާސީ ގަވާއިދުގައި ބުނާ ޖުޑިޝަލް ކޮމިޓީތައް އެކުލަވާނުލަ އެވެ.
ކޮމިޓީތައް އުފައްދާފައި ނެތް މައްސަލަ މިފަހުން ފެންމަތިވީ، އިއްޔެ ބާއްވާގޮތަށް ކުރިން ހަމަޖައްސާފައި އޮތް އިންތިހާބުގައި ވާދަކުރައްވަން ހުށަހެޅި އަހްމަދު ތޯރި (ޓޮމް) ގެ ކެންޑިޑެސީ ބާތިލު ކުރި މައްސަލަ އިސްތިއުނާފު ކުރަން އޭނާ އެފްއޭއެމަށް ހުށަހެޅުމުންނެވެ. އިސްތިއުނާފް ކޮމިޓީގެ އިތުރުން އެތިކްސް ކޮމިޓީ އާއި ޑިސިޕްލިނަރީ ކޮމިޓީ ވެސް އުފައްދާފައެއް ނުވެ އެވެ.
ކޮންގްރެސްގެ އެޖެންޑާ، އެފްއޭއެމްގެ މެންބަރު ކްލަބްތަކަށް މިހާރު ވަނީ ފޮނުވާފަ އެވެ. އެޖެންޑާގެ ހަތްވަނަ ނަންބަރުގައި ބުނެފައިވާ ގޮތުން ޖުޑިޝަލް ކޮމިޓީތަކުގެ ތެރޭގައި ހިމެނޭ ޑިސިޕްލިނަރީ ކޮމިޓީ އާއި އެޕީލްސް ކޮމީޓީތަކަށް މެންބަރުން އައްޔަން ކުރާނެ އެވެ. އަށްވަނަ ނަންބަރުގައި ބުނެފައި ވަނީ އިލެކްޓޯރަލް ކޮމިޓީ އަދި އިލެކްޓޯރަލް އެޕީލްސް ކޮމިޓީ އަށް މެންބަރުން އައްޔަން ކުރުން ހިމެނޭ ކަމަށެވެ.
އިލެކްޓޯރަލް ކޮމިޓީ ކުރިން އޮތީ އެކުލަވާލާފަ އެވެ. ނަމަވެސް އެ ކޮމިޓީ އަލުން އެކުލަވާލަން ނިންމީ، އެ ކޮމިޓީގެ ޗެއާޕާސަންގެ މަގާމުގައި ހުރި އަހްމަދު އަހްމީމު އިސްތިއުފާ ދީފައި ވުމުންނެވެ. އޭނާ އިސްތިއުފާ ދިނީ މިދިޔަ މަހު އިންތިހާބާ ގުޅޭ މައްސަލަތައް ފެންމަތިވެފައި ވަނިކޮށެވެ.
އެފްއޭއެމްގެ ކޮންގްރެސްއެއް އަންނަ މަހު
ފީފާއިން ކޮންގްރެސް ބަލައިނުގަންނާނެކަމުގެ އިޝާރާތް
އެފްއޭއެމް ކޮންގްރެސްގެ އިޖުރާއަތްތައް ފުރިހަމަނުވޭ
އެފްއޭއެމްގެ ކޮންގްރެސްގެ މުހިންމު ސެޝަން ސިއްރު
ކޮންގްރެސްގެ ދައުވަތު ވެލެންސިއާ އަށް ނުފޮނުވާ
އެފްއޭއެމް، މާލީ ތަނަވަސްކަމާ ދިމާއަށް!
ފީފާގެ ނިވަލުގައި އިންތިހާބު ކަށަވަރު ނުވާ ކްލަބްތަކެއް
ޓޮމްގެ އަމާޒު: ފުޓްބޯޅަ އެހެން ހަރުފަތަކަށް ގެންދިއުން
ޑިސިޕްލިނަރީ، އެޕީލްސް ކޮމިޓީ ހޮވުން މި މަހު 15ގައި
ފަހު 10 އަކާ ދިމާވާތީ ރާއްޖޭގެ މެޗު ފިލިޕީންސަށް