Roadha Mihaaru
އެފްއޭއެމް ކޮންގްރެސްގެ އިޖުރާއަތްތައް ފުރިހަމަނުވޭ

އެފްއޭއެމުން ކޮންގްރެސް ބާއްވާނީ އިޖުރާއަތްތައް ފުރިހަމަނުކޮށް

08 ފެބުރުއަރީ 2024

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވާނީ އަސާސީ ގަވާއިދުގައި ބުނާ އިޖުރާއަތްތައް ފުރިހަމަނުކޮށްކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބާއްވާނީ އަސާސީ ގަވާއިދުގައި ބުނާ އިޖުރާއަތްތައް ފުރިހަމަނުކޮށްކަން "މިހާރު" އަށް އެނގިއްޖެ އެވެ.

މިއަދު ހެނދުނު ބާއްވާ ކޮންގްރެސް ކުރިން ބާއްވަން ހަމަޖައްސާފައި އޮތީ އޮންލައިންކޮށެވެ. އެކަމަކު 10 ކްލަބަކުން ވަނީ އޮންލައިންކޮށް ބާއްވާ ކޮންގްރެސްއެއްގައި ބައިވެރި ނުވާނެ ކަމަށް ބުނެފަ އެވެ.

އެފްއޭއެމުން އިއްޔެ ނެރުނު ބަޔާނުގައި ވެސް ބުނެފައި ވަނީ ކުރިން އޮންލައިންކޮށް ބާއްވަން ނިންމުމަށް ފަހު، އެ އެސޯސިއޭޝަނުގެ އެކްސްކޯއިން އެ ނިންމުން މުރާޖާކޮށް ފިޒިކަލް ކޮންގްރެސް އަކަށް ބަދަލު ކޮށްފައިވާ ކަމަށެވެ. އެގޮތަށް ނިންމީ ކްލަބްތަކުން އެގޮތަށް އެދިފައިވާތީ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ކޮންގްރެސް ބާއްވަނީ ޗަމްޕާ ސެންޓްރަލް ހޮޓަލުގަ އެވެ. އެކަމަކު ފިޒިކަލްކޮށް ކޮންގްރެސް ބާއްވަން ނިންމައި، ކްލަބްތަކަށް އެންގީ މީގެ ދެ ދުވަސް ކުރިންކަން "މިހާރު" އާ ވާހަކަ ދެއްކި ކްލަބެއްގެ އޮފިޝަލަކު ބުންޏެވެ.

އެފްއޭއެމްގެ އަސާސީ ގަވާއިދުގެ 29 ވަނަ މާއްދާގެ ތިންވަނަ ނަންބަރުގައި ބުނެފައި ވަނީ ކޮންގްރެސްގެ ހާއްސަ ޖަލްސާ ބާއްވާތަނާއި ތާރީހާއި އެޖެންޑާ ވެސް މަދުވެގެން ހަތް ދުވަސްތެރޭގައި މެންބަރު ކްލަބްތަކަށް އަންގަން ވާނެ ކަމަށެވެ.

ކޮންގްރެސް އޮބްޒާވް ކުރުމަށް އޭއެފްސީ ވަފުދެއް ވެސް ވަނީ ރާއްޖެ އައިސްފަ އެވެ.